ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު--
ހަބަރު
14 Jun 2023 | 11:26
ކޮންމެ ތަނަކުން އައި މީހެއް ނަމަވެސް، ވެރިކަމަށް އައީމާ ބާރުތައް ދޫކުރަން އޮންނަނީ ދަތިވެފައި: ރައީސް ނަޝީދު

ރާއްޖޭގެ ވެރިކަމުގައި ތިބޭ މީހުންނަކީ، ކޮންމެ ތަނަކުން އައި ބަޔަކަށް ވީ ނަމަވެސް، އެމީހުންނަށް ލިބިފައިވާ ބާރުތައް ދޫކުރަން ވަރަށް ބޮޑަށް ދަތިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ދެ އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ލާ މަރުކަޒީ ނިޒާމަށް 10 އަހަރުވެފައިވީ ނަމަވެސް، އެ ނިޒާމް އަދި ފުރިހަމަ ނުވާކަމަށެވެ. އެގޮތުން އެ ނިޒާމްގެ ތެރެއިން ކައުންސިލްތަކަށް ބޭނުންވާ ކަންކަން އަދިވެސް ފުރިހަމަށް ކޮށްދެވިފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އަދި މަރުކަޒީ މާލޭގައި ތިބި މީހުން، ވެރިން، އަތުގައި އޮތް ބާރެއް ދޫކުރާކަށް ނޭދޭ. އެއީ އެއްވެސް އިރެއްގައި، މާލޭގައި ތިބި ބަޔަކު، ވެރިކަމުގައި ތިބޭ ބަޔަކު، އެއީ އަދި ކޮންމެ ތަނަކުން އައި ބަޔަކަށް ވީ ނަމަވެސް، އެ ބާރު ދޫކުރަން އޮންނަނީ ވަރަށް ބޮޑަށް ދަތިވެފައި. 

ރައީސް މުހައްމަދު ނަޝީދު 

ކަންމިހެން ހުރި ނަމަވެސް، ރައްޔިތުންނާއި ގާތުން ކުރާ ވެރިކަމާއި، ރައްޔިތުންނާއި ދުރުން ކުރާ ވެރިކަމަށް ބަލާއިރު, ފައިދާ ބޮޑީ ރައްޔިތުންނާއި ގާތުން ކުރާ ވެރިކަން ކަން ދުނިޔޭގެ ގިނަ ގައުމުތަކަށް ބަލާލުމުން އެނގިގެންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެގޮތުން، ކައުންސިލްތަކުގެ މަސައްކަތް، އެ ކައުންސިލަކުން ހިންގުމަކީ އެންމެ ފައިދާބޮޑު ގޮތް ކަމަށާ، ލާމަރުކަޒީ އުސޫލު ބުނާގޮތުން އެނޫން ގޮތަކަށް އެކަންކަން ކުރުން ނޫން ގޮތެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

މިއާއެކު ރައީސް ނަޝީދު ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ވެރިކަންކުރާ ޕާޓީ ދޫކޮށްލުމުގެ ސަބަބާއިމެދު އެމަނިކުފާނު ވިސްނެވި ކަމަށެވެ. އަދި އެއަށްފަހު ސަބަބު ދެނެގަތުމަށް ކުރި މަސައްކަތުން އެ ސިޓީގައި ސަރުކާރުން ހިންގާނެ ކަމަށް ބުނެފައިވާ މަޝްރޫއުތަކާއި އެ މަޝްރޫއު ތައް ކުރިއަށްދާ މިންވަރު ބެއްލެވި ކަމަށް ވިދާޅުވި އެވެ. އެގޮތުން ބެއްލެވި ބެއްލެވުމުން، އެ ސިޓީގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ 70 ޕްރޮޖެކްޓަށްވުރެ ގިނަ ޕްރޮޖެކްޓް ހުރިއިރު، އެއިން ގިނަ ޕްރޮޖެކްޓް ތައް ނިމިފައިވާ އިންސައްތަ ހުރީ 2 ނުވަތަ 3 އިއްސައްތައިގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވީ ރަށްރަށުގައި ހިންގުމަށް ކަނޑައަޅާ އެފަދަ ޕްރޮޖެކްޓްތައް ކުރިއަށް ނުދަނީ އެ ޕްރޮޖެކްޓް ތައް ހިންގުމުގެ ބާރު އެ ރަށެއްގެ ކައުންސިލަށް ނުދޭތީ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ