މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--
ހަބަރު
14 Jun 2023 | 12:33
އަލުން މަޖިލިސް ފަށައި އިރުކޮޅެއް ނުވަނީސް ނިޒާމު ގެއްލި، އަނެއްކާވެސް މެދުކަނޑާލައިފި!

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލުމަށްފަހު އަލުން ފަށައިގެންވެސް ކުރިއަށް ނުގެންދެވި, މަޖިލީހުގެ ނިޒާމް ގެއްލިގެން އަނެއްކާވެސް މެދު ކަނޑާލައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ފުރަތަމަ ފެށުމަށްފަހުވެސް މެދުކަނޑާލަން ޖެހުނީ، ޗޯރޭ އޭ ގޮވައި މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި، ބޭއަދަބީ ބަހުން އެއް މެންބަރެއް އަނެއް މެންބަރާއި މުޚާތަބު ކުރައްވައި، ގަޔަށް ބޮލަށް އަރާ ހިސާބަށް ދިޔުމުންނެވެ. 

އެގޮތުން، ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރު ވަނީ، ޖަލްސާ ކުރިއަށް ގެންދާނެ ގޮތަކާއި މެދު ހުރިހާ ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ކުރިއަށް ގެންދިޔުމަށް ޖަލްސާ މެދު ކަނޑާލައިފައެވެ. 

އެއަށްފަހު އަލުން ޖަލްސާ ފަށައި، ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ދެއްވައި މައްސަލަ ހުށަހަޅަން ފެށުމާއި އެކުގައި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި، ޖަލްސާގެ އެޖެންޑާ ސާފު ނުވާކަން ފާހަގަކުރައްވައި، ޖަލްސާ ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. 

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް، އެބަ އޮވޭ ލިޔެފައި، 54 ވަނަ މާއްދާގެ (ށ) ގައި، އަޅުގަނޑު ދަންނަވާލާނަން، ޖަލްސާގެ އެޖެންޑާގައި ހިމަނާނީ އެ ޖަލްސާއެއްގައި ނިންމުމަށްއެދި، ނުވަތަ ކުރުމަށްްއެދި, ހުށަހަޅާ ކަންކަމޭ. އަދި އެކަންކަން ސާފުކޮށް އެނގޭނޭ މިންވަރަކަށް ނޫނޭ މި އިނީ، 6.1 (ކޮމިޓީތައް އެކުލަވާލަން) އެޖެންޑާގައި ހިމަނާފައި. އެޖެންޑާ އަކީ ސާފުކޮށް އެގެން އޮތް އެއްޗެއް ނޫނޭ. އެހެންވީމާ އެ މާއްދާއިން އެ ޖެންޑާ ނުނަގައި ދެން މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތޭ. އެއީ ސާފު ނޫން ވީމާ." 

މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް 

އާޒިމްގެ ނިޒާމީ ނުކުތާ ރިޔާސަތުން ބަލައިނުގެންނެވުމާއި ގުޅިގެން އޭނާ އާއި އެނޫންވެސް މެންބަރުން މަޖިލީހުގެ ތަޅުމުގައި ހަޅޭލަވައި އަޑުގަދަކުރައްވަމުން ވަނީ ގޮސްފައެވެ. 

އަދި އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް އާޒިމް ނިޒާމީ ނުކުތާ ނަންގަވައި، ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް މަޖިލީހުގެ ތަޅުމުގައި ހުންނަވައި މެންބަރުން ކަންކަން ކުރައްވަމުންދާ ގޮތުގެ ވީޑިއޯ ކުރައްވައި، ޓީވީ ޗެނަލަށް ފޮނުވާ ކަމަށް ވިދާޅުވެ، އެކަމާއި ނުރުހުން ފާޅުކުރައްވާފައި ވެއެވެ. ނަމަވެސް ސަލީމް ވަނީ އެފަދައިން ކަން ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

އެއަށްފަހު ވެސް، ދާދިފަހުން އެމްޑީޕީން ކެނޑުނު އަމިއްލަ މެންބަރުންގެ ގޮތުގައި ތިއްބެވި މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، ކޮމިޓީތައް އެކުލަވާލުމާއި ގުޅިގެން އެފަރާތްތަކާއި އެއްވެސް މަޝްވަރާއެއް ނުކުރައްވައި، އެކަން އެޖެންޑާ ކުރައްވާފައިވާ ކަން ފާހަގަކުރައްވާފައެވެ. 

އެއާއެކު އަމިއްލަ މެންބަރުންނާއި އިދިކޮޅު މެންބަރުން ގޮނޑިންތެދުވެ، ރިޔާސަތުގެ ކުރިމަތީގައި ވަނީ އަޑުގަދަކުރައްވަން ފައްޓަވާފައެވެ. 

އޭގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވި، ޖަލްސާ ކުރިއަށް ގެންދާނެ ގޮތަކާއި މެދު ސިޔާސީ ޕާޓީތަކުގެ ވެރިންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ޖަލްސާވަނީ މެދުކަނޑާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.