ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: ހަފްތާ
ހަބަރު
14 Jun 2023 | 14:55
ރައީސް ޔާމިނުގެ އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ބާއްވަނީ

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމެ އިސްތިއުނާފު އަޑުއެހުމަށް ބުރާސްފަތި ދުވަހަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެދުވަހު ކުރިއަށް ގެންގޮސްފައި ވަނީ އެ މައްސަލައިގައި ދެން ދައުވާ ސާބިތުވި ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ ބައެވެ.

ބުރާސްފަތި ދުވަހު ހައިކޯޓުގައި އޮންނަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މެންދުރު 2:00 އަށެވެ. މާދަމާގެ އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާ އިސްތިއުނާފް ނުކުތާތަކަށް ފުރުސަތު ލިބިގެންދާނެ އެވެ.

މި މައްސަލައިގައި ރައީސް ޔާމިނުގެ ބައި ކުރިއަށް ގެންދިއުމަށް މި ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހު ވެސް އަޑުއެހުމެއް ތާވަލު ކުރެވުނެވެ.

އެހެން ނަމަވެސް، ދަށު ކޯޓުގައި އޮތް އެމަނިކުފާނުގެ ފުއްގިރި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހައި ކޯޓުން ވަނީ ދެ ދުވަހުވެސް އެ ކޯޓުގައި ތާވަލު ކުރެވުނު އިސްތިއުނާފީ އަޑުއެހުންތައް ކެންސަލްކޮށްފަ އެވެ.

އާރަށު އިސްތިއުނާފީ މައްސަލައަށް ހުރަސްއެޅޭ ގޮތަށް ދަށު ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިއުމަށް ވެސް ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެފަދައިން އެކަން ކުރުމަކީ އެމަނިކުފާނުގެ އިސްތިއުނާފީ ހައްގުތަކަށް ހުރަސްއެޅޭ ކަމެއްކަން ވެސް ގާނޫނީ ވަކީލުން ގެންދަވަނީ ފާހަގަކުރައްވަމުން ނެވެ.

މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ އާރަށު މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ނެވެ.

އާރަށު މުއާމަލާތާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި، ހައިކޯޓު މަރުހަލާއިން އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ގާނޫނީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.