ކަލާފާނު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ހަޔާރ އެޑިއުކޭޝަން މިނިސްޓްރީ
ހަބަރު
14 Jun 2023 | 14:58
ހަރުދަނާ ޒުވާނަކަށް ވުމަށްޓަކައި މަދަރަސީ ތައުލީމުގެ 12 އަހަރު މުހިއްމު: ހަޔާ އެޑިއުކޭޝަން މިނިސްޓަރ

ހަރުދަނާ ޒުވާނަކަށް ވުމަށްޓަކައި މަދަރަސީ ތައުލީމުގެ 12 އަހަރު މުހިއްމު ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކަލާފާނު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މަދަރަސީ ހަޔާތުގެ 10 އަހަރަށްވުރެ 12 އަހަރު ހުރިހާ ގޮތަކުން ވެސް މުހިއްމު ކަމަށެވެ. އަދި ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންކަމުގައި ވިއަސް އެ ދެއަހަރު ސްކޫލު މާހައުލުގައި ދަރިވަރު ހޭދަކުރުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ދަރިވަރަށް ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ދެ އަހަރުތެރޭގައި ދަރިވަރަށް އޭނަ ކިޔަވަން ބޭނުންވާ ދާއިރާއިން އިތުރަށް މައުލޫމާތު ލިބިގެންދާނެ. އޭނަ ހެދިބޮޑުވުމަށް އިތުރަށް ވަގުތު ލިބިގެންދާނެ. މީހުންނާއި މުއާމަލާތްކުރުމާއި އެ އުމުރުފުރާގައި އެ ދިމާވާ ކަންތައްތައް ތަޖުރިބާ ކުރުމާއި އެކަންތައްތައް ހެޔޮގޮތުގައި ކުރިއަށް ގެންދިއުމާއި މި ހުރިހާކަމެއްގެ ތަޖުރިބާ އަޅާލާ އޯގާތެރި ވެއްޓެއްގައި ލިބުން މުހިއްމު. ދަރިވަރުންނަށް އަމިއްލައަށް އުނގެނުމަށް މަޖުބޫރުކުރުވާ މުގައްރަރެއް އޭލެވެލް މުގައްރަރަކީ. " މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލާ ސްކޮލަޝިޕްގެ ފުރުސަތުތަކަށް ކުރިމަތިލެވޭނީ އޭލެވެލް އޮވެގެންކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ އޭލެވެލް އޮވެއްޖެނަމަ ދުނިޔޭގެ ކޮންމެ ޔުނިވާސިޓީއަކުން ކޮންމެ އެއްޗެއް ކިޔެވުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް އެންމެ ރަނގަޅަށް މަތީތައުލީމާއި މަސައްކަތުގެ ތައުލީމާއި ހުނަރު ދެވޭނެ ގޮތަކީ ކޮބައިތޯ ވިސްނާލުން މުހިއްމު ކަމަށާއި ދަރިންނަށް ހޯދައިދޭން ބޭނުންވާ ކާމިޔާބީއާ އެ ދަރިންގެ ގައިގައި އަށަގަންނަވަން ބޭނުންވާ ހުނަރުތަކަކީ ކޮބައިތޯ އަމިއްލަ ނަފްސާ އެބަ ސުވާލުކޮށްލަންޖެހޭ ކަމަށެވެ.

އަދި ކާމިޔާބު މީހަކަށްވުމަށްޓަކައި މައިގަނޑު ދެ ސިފައެއް ހުންނަން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ ކުރިއަށްދާން ބޭނުންވާ ރޮނގަކުން އެކަށީގެންވާ މިންވަރަށް ތައުލީމާއި ހުނަރު ލިބިފައި ހުރުމަކީ ވެސް ކާމިޔާބު މީހަކަށްވުމަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ.

"އެއް ސިފައަކީ ޖުމްލަގޮތެއްގައި ދަންނަވާނަމަ ރިވެތި އަޚުލާގުގެ ވެރިއަކަށްވުން. ދެވަނަ ސިފައަކީ އެމީހަކު ނޫނީ އެދަރިވަރަކު ވަޒީފާ އަދާކުރަން ބޭނުންވާ ދާއިރާއަކުން ތައުލީމާއި ތަމްރީނު އެންމެ ބޭނުންވާ މިންވަރަށް ހޯދުން. މިދެ ސިފަ ނެތި އަޅުގަނޑުގެ ނަޒަރުގައި ކާމިޔާބު މީހަކަށްވުމަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ. "މިނިސްޓަރ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ