ރާއްޖޭގައި ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ކުރާ ބައެއް
ހަބަރު
14 Jun 2023 | 16:20
ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުމުގެ ހުއްދަދީފި

ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުމުގެ ހުއްދަ ދީފިއެވެ.

މިހުއްދަ ދީފައިމިވަނީ މަސްވެރިކަމުގެ ޢާންމު ޤަވާއިދަށް ގެނައި ބަދަލުގެ ތެރެއިންނެވެ.

އެގޮތުން އަންގާރަ ދުވަހުން ފެށިގެން ޢަމަލު ކުރަން ފެށި އެ ޤަވާއިދާއެކު ވައިފުޅިއާއެކު ފީނައިގެން ހުއިފިލަނޑާ ނެގުން ހުއްދަވާނެއެވެ.

މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީ އިން ބުނެފައިވަނީ ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުމުގެ ހުއްދަ ދޭން ނިންމީ އެބާވަތުގެ މަސްވެރިކަން ކުރާ މީހުންގެ އެދުމުގެ މަތިން ކަމަށެވެ.

މަސްވެރިކަމާއި ގުޅޭ ޢާންމު ޤަވާއިދުގައި ވަނީ ޤައުމީ ގޮތުންނާއި ބައިނަލްއަގުވާމީގޮތުން ގަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓާއެކު ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތް ހިންގޭނެ ކަމަށެވެ. ރާއްޖޭގައި ކުރިންސުރެވެސް ހުއިފިލަނޑާ ނަގައި ކައްކާ ހިއްކައިގެން އެކްސްޕޯޓް ކުރެ އެވެ. ހުއިފިލަނޑާގެ މަސްވެރިކަން ކުރާ އާބާދީތަކެއް ރާއްޖޭގައި އޮވެއެވެ.

ހުއިފިލަނޑާ އާލާކޮށް ބޮޑުކޮށް އެ މާކެޓް ކުރުމަށް އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން 2016 ވަނަ އަހަރު ދެރަށެއްގައި ބޮޑު މަޝްރޫއެއް ވެސް ފެށިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.