ބްރަހީމް ޑިއާޒް، ބެލިންހަމް އަދި ފްރާން ގާސިއާ
ކުޅިވަރު
14 Jun 2023 | 18:49
ފްރާން ގާސިއާ އާއި ބްރަހީމް ޑިއާޒް އަށްފަހު ބެލިންހަމް ވެސް ރެއާލް މެޑްރިޑަށް!

މިއަހަރުގެ ޖަރުމަނު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޑޯޓްމަންޑްގެ އިގިރޭސި މިޑްފީލްޑަރު، ބެލިންހަމް ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބެލިންހަމް ރެއާލް މެޑްރިޑަށް ބަދަލުވީ 06 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 103 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. މިއެއްބަސްވުމުގެ ދަށުން 2029 ވަނަ އަހަރާއި ހަމައަށް އަހަރަކު 10 އަކާއި 12 މިލިއަން އާއި ދެމެދުގެ މުސާރައެއް ލިބޭއިރު، މި މުއްދަތުގައި ރެއާލް މެޑްރިޑްގައި އޭނާ ހޯދާ ކާމިޔާބީތަކާއި ދައްކާ ކުޅުމެއްގެ ސަބަބުން އިތުރު 30.9 މިލިއަން މި ޓްރާންސްފަރ ގައި ހިމަނާފައި ވެއެވެ.

ބެލިންހަމް ވަނީ މި ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެދިން 31 މެޗުގައި، އެކުލަބަށް 08 ލަނޑު ކާމިޔާބުކޮށްދިނީ އިތުރު ފަސް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. 

ބާމިންހަމް ސިޓީ އިން ޑޯޓްމަންޑަށް ބެލިންހަމް ބަދަލުވީ 2020 ވަނަ އަހަރު 25 މިލިއަން ޕައުންޑަށެވެ. ތިން އަހަރު ތެރޭގައި އޭނާ ވަނީ ޑޯޓްމަންޑަށް 130 މެޗު ކުޅެދީފައެވެ.

މީގެ އިތުރުން ބެލިންހަމް އިގިރޭސި ގައުމީ ޓީމަށް 24 މެޗު ކުޅެދީފައިވާއިރު، އޭނާ އަކީ 2022 ވަނަ އަހަރު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލާ ހަމައަށް އެޓީމު ގެންދިއުމުގައި އެންމެ އިސް  ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ. އަދި މިވަގުތު އިންގްލެންޑް ޓީމުގައި ޕްރިމިއަރ ލީގުން ބޭރުން ހިމެނިފައިވާ ހަމައެކަނި ކުޅުންތެރިޔަކީވެސް ބެލިންހަމްއެވެ.

ރެއާލް މެޑްރިޑްގެ އިތުރުން ޔޫރަޕުގެ ބޮޑެތި ހުރިހާ ކުލަބަކުން އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކުރިއިރު، މިއީ މިސީޒަން ނިމުނު ފަހުން ރެއާލް މެޑްރިޑުން ގެނައި ތިންވަނަ ކުޅުންތެރިއާއެވެ.

މިސީޒަން ނިމުމުން ރެއާލް މެޑްރިޑް ދޫކޮށް ތިން ކުޅުންތެރިއަކު ގޮސްފައިވާއިރު، އެޓީމުން ވަނީ އޭސީ މިލާނަށް ކުޅެމުންދިޔައިރު ބްރަހީމް ޑިއާޒްގެ އިތުރު ރަޔޯ ވަޔެކާނޯގެ ޑިފެންޑަރު ފްރާން ގާސިއާގެ ސޮއި ވެސް ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.