ލަނޑު ޖެހުމަށް ފަހު ވެލާވަރު ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
14 Jun 2023 | 19:40
ރިސޯޓް ލީގު 2023: ޝައިހާންގެ ހެޓްރިކާއެކު ވެލާވަރުން އިރުވެލި ކޮޅަށް 08 ލަނޑުޖަހައިފި!

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ދާލު ޒޯނުގެ ގްރޫޕް އޭގައި މިއަދު ހަވީރުގެ ކުޅެވުނު ދެވަނަ މެޗުގައި ވެލާވަރު އާއި އިރުވެލި ވާދަކުރި މެޗު 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ވެލަވަރު ކާމިޔާބުކޮށްދިނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ވެލާވަރު ޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މެޗު ފެށިގެން ދެވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝާއިން އެވެ. މިއީ އިރުވެލި މެދަށްވުރެ މެދުގޮނގާއި މައިން އަރިމަތީ ރޮނގުމަތިން އެޓީމަށް ލިބުނު ޖެހުމެއްގައި ޝައިހާން ކުރިއަށް ފޮނުވާލި ބޯޅައެއް އިރުވެލި ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ވެލާވަރުގެ ދެވަނަ ލަނޑު އޭގެ ދެމިނެޓު ފަހުން ކާމިޔާބުކޮށްދިނީ އިބްރާހިމް ފަޒީލްއެވެ. އަދި އޭގެ މިނެޓެއް ފަހުން ފާޒިލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޝައިހާން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން ވެލާވަރު ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ޝައިހާން އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ވެލާވަރު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގާއި ވެލާވަރުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ފަޒީލްއެވެ. މިއީ ދެވަނަ ހާފުގެ ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުގެ ޝާއިން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ މިނެޓެއް ފަހުން އެޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރިއާޝް އަހުމަދެވެ.

ވެލާވަރުގެ ހަތްވަނަ ލަނޑު ޝާއިން ކާމިޔާބުކޮށްދިންއިރު، މެޗުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި އެޓީމަށް ލިބުނު ދުރު ޕެނަލްޓީގައި ޝައިހާން ވަނީ އެޓީމުގެ 08 ވަނަ ލަނޑު ކާމިޔާބުކޮށްދީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 8-0 ގެ ނަތީޖާއަކުން ވެލާވަރު ކުރީގައި އޮވެގެންނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވެލާވަރުގެ ޖޯޒީ ނަންބަރު 07 އަހުމަދު ޝައިހާން އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.