ޒިވާ މޫސާ ޝަފީއު
ކުޅިވަރު
15 Jun 2023 | 09:18
ހިމްނާގެ 400މ ގައުމީ ޖޫނިއަރ ރެކޯޑް ޒިވާ މުގުރާލައިފި!

މި މަހުގެ 15-18 އަށް އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދާ އިންޑިއާގެ 62 ވަނަ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން އަންހެން ދުވުންތެރިޔާ ޒިވާ މޫސާ ޝަފީއު ގައުމީ ޖޫނިއަރ 400މ ދުވުމުގެ ރެކޯޑް މުގުރާލައިފިއެވެ.

މިއަދު ހެނދުނު ކުރިއަށް ދިޔަ 400މ ދުވުމުގެ ހިތް ހަތަރެއް ގައި ދުވެ ޒިވާ ރޭސް ނިންމީ 58.86 ސިކުންތުން ނެވެ. މި ހީޓުގައި ޖުމްލަ ހަތް އެތްލީޓުން ދުވިއިރު، ޒިވާ ރޭސް ނިންމީ ހަތް ވަނައަށެވެ.

ކުރިން 400މ ގައުމީ ޖޫނިއަރ ރެކޯޑް އޮންނަނީ އައިޝަތު ހިމްނާ ހަސަން އަތުގައެވެ. ހިމްނާ މި ރެކޯޑް ހަދާފައިވަނީ 2019 ވަނަ އަހަރު ބޭއްވުނު އޭޝިއަން ޔޫތް ޗެމްޕިއަންޝިޕްގައި 59.18 ސިކުންތުން ދުވެގެންނެވެ.

މި މުބާރާތުގައި ޒިވާގެ އިތުރުން ރާއްޖޭގެ ހަސަން ސާއިދު، އަހުމަދު ނަޖުދާން އަބްދުﷲ، ހުސެއިން ރިޒާ އިތުރުން ހުސެއިން ފަޒީލް ހާރޫން ވާދަކުރަމުން އަންނައިރު މިއަދު ހެނދުނު ކުރިއަށް ގެންދިޔަ 800މ ދުވުމުގައި ހިތް ތިނެއްގައި ހުސެއިން ރިޒާ ވަނީ ދުވެފައެވެ.

މި ހީޓުގައި 10 އެތްލީޓުން ބައިވެރިވިއިރު، ރިޒާ ރޭސް ނިންމީ 1:55.77 އިން ދުވެގެން ހީޓުގެ 9 ވަނައިގައެވެ.

އިންޑިއާގެ 62 ވަނަ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ފަސް ދުވުންތެރިންނަކީވެސް އަންނަ އޮގަސްޓް މަހު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވަމުން އަންނަ އެތުލެޓިކްސް ސްކޮޑުގައި ހިމެނޭ ދުވުންތެރިންނެވެ.

ރާއްޖޭގެ ގައުމީ އެތުލެޓިކްސް ސްކޮޑުގައި ހިމެނޭ ގިނަ ދުވުންތެރިން މިވަގުތު ތަމްރީން ހަދަމުން އަންނަނީ ރާއްޖެއިން ބޭރުގަ އެވެ. މިގޮތުން ހަތަރު ދުވުންތެރިއަކު ޖެމެއިކާގައި ތަމްރީން ހަދަމުން އަންނައިރު، އިންޑިއާގެ ބެންގަލޫރުގައިވެސް ގިނަ ދުވުންތެރިންތަކެއް އަންނަނީ ތަމްރީން ހަދަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.