މެލޭޝިޔާގެ ސެރުނާއީ ޙަލާލް އީކޮމާސްގެ އެކްސްޕާޓުންގެ ޓީމާއި އިސްލާމިކް މިނިސްޓަރާއި ބައްދަލު ކުރެއްވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
15 Jun 2023 | 16:02
ޙަލާލް ސެޓްފިކެޓް ދިނުމަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކަށް މެލޭޝިޔާގެ ތަޖުރިބާކާރުންގެ ފަންނީ އެހީދެނީ

ޙަލާލް ސެޓްފިކެޓް ދިނުމަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކަށް މެލޭޝިޔާއިން މިހާރު ރާއްޖެ އަށް ޒިޔާރަތްކުރަމުންދާ ތަޖުރިބާކާރުންގެ ފަންނީ އެހީދޭނެ ކަމަށް އެ ޓީމުން ހާމަކޮށްފިކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން މިކަން ހާމަ ކޮށްފައިވަނީ މެލޭޝިޔާއިން މިހާރު ރާއްޖެ އަށް ޒިޔާރަތް ކުރަމުންދާ މެލޭޝިއާގެ ސެރުނާއީ ޙަލާލް އީކޮމާސްގެ އެކްސްޕާޓުންގެ ޓީމާއި އިސްލާމިކް މިނިސްޓަރ ޑރ އަހްމަދު ޒާހިރާއި އެކު ބޭއްވެވި ބައްދަލުވުމުގެ ޚަބަރާއި އެކުއެވެ.

ސެރުނާއީ ޙަލާލް އީކޮމާސްއަކީ ޑިޖިޓަލް ޙަލާލް އެޝުއަރެންސް ސިސްޓަމެއް މެދުވެރިކޮށް، އެފަރާތްތަކަށް ޙަލާލް އިންޑަސްޓްރީ ކުރިއެރުވުމަށާއި އެކަމަށްބޭނުންވާ ފަންނީ އެހީފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ބައެއް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެއެވެ.

މިކަމާގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށާއި ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕްތައް ކުރިއަށްގެންދިޔުމަށް މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ތަޖުރިބާކާރުން  ރާއްޖޭގައި ޙަލާލް ސެޓްފިކެޓްގެ ޚިދުމަތްދިނުމަށް ވަމުންދާ ތައްޔާރީތަކަށް ފަންނީ ގޮތުން އެހީތެރިވެދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަ ކޮށްފައިވެއެވެ.

މި ޓީމާއި ބައްދަލުކުރައްވައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޒިޔާރަތްކޮށް، އެޓީމުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެފައިވެއެވެ.

ރާއްޖެއަކީ ގިނަ އަދަދެއްގެ ތަކެތި އިމްޕޯޓްކުރާ ޤައުމަކަށްވާއިރު ޙަލާލް ސެޓްފިކެޓް ލިބިފައިވާ ޤައުމުތަކާއި ތަކެތި، އެނގުމުގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖެއަށް އިމްޕޯޓްކުރާ އަދި ރާއްޖެއިން އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރާ ތަކެއްޗަކީ ޙަލާލް ސެޓްފިކެޓް ލިބިފައިވާ ތަކެއްޗަށްވުމަށް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިކަމަށް މިނިސްޓްރީ އިން ފާހަގަ ކުރައްވާފައި ވެއެވެ.

މި ޓީމުން މިނިސްޓަރާ ބައްދަލުކޮށް ދެއްކިވާހަކައިގައި ރާއްޖެއިން އެޓީމަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައި ވާކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އެކިއެކި މުއައްސަސާތަކާއިއެކު މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެ ޓީމުންވަނީ ފާހަގަކޮށްފައި ވާކަމަށް އެމިިނިސްޓްރީ އިން ބުނެފައިވެއެވެ.

މި ޓީމުން ރާއްޖޭގެ ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް، މިކަމަށްބޭނުންވާ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައި ވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ފަންނީ ގޮތުން އެކިއެކި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ. ސެރުނާއީ ޙަލާލް އީކޮމާސްއިން މި މަސައްކަތް ކުރަނީ އިސްލާމިކް ޑިވޮލަޕްމެންޓް ބޭންކްގެ އެހީތެރިކަމާއެކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.