ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Jun 2023 | 07:47
އާރަށު މައްސަލައިގެ އިސްތިއުނާފު އަވަސްކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފި!

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް މިހާރު އެ ކޯޓުގައި ފަށާފައިވާ މައްސަލަ އަވަސްކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި އެވެ.

އާރަށު މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމެއް އިއްޔެ ހައިކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ފުރުސަތެއް ހޯއްދަވާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފު އަވަސްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

"މިއީ ހަމަ އިސްތިއުނާފުގެ މައްސަލައަކަށް ވާތީއާއި އެކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް ތަންކޮޅެއް ވަގުތު ދިގުކޮށް ނަމަވެސް ތަންކޮޅެއް ފްރިކުއެންޓުކޮށް އަވަސް އަވަހަށް ގެންގޮސްދެއްވައިފިއްޔާ އަޅުގަނޑު ވަރަށް ޝުކުރުވެރިވާނަން"

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ދަށު ކޯޓުގައި މިހާރުވެސް އެމަނިކުފާނުގެ މައްސަލައެއް އޮތް އިރު އެ މައްސަލަ ވަރަށް ދިގުކޮށް ގެންދާ ކަމަށެވެ.

އެ މައްސަލައަކީ އެހާ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ކަމަށް ދައުލަތުން ވެސް ނުދެކޭއިރު، އަދި އެ މައްސަލަ މިހާރު ކުރިއަށް ގެންދާ ގޮތުން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފީ މައްސަލައަށް ހުރަސްއެޅި އެމަނިކުފާނުގެ އިސްތިއުނާފީ ހައްގުތަކަށް ހުރަސްއެޅިގެން ދާތީ، އެކަމަށް ރިއާޔަތްކޮށް ހައި ކޯޓުން، އެފަދައިން ނުވާނެ ފަދަ ގޮތަކަށް އަޑުއެހުންތައް ކުރިއަށް ގެންގޮސްދެއްވުމަށް ރައީސް ޔާމިން ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމީންގެ އިތުރުން އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަޙުމަދު ވެސް ވަނީ ހައި ކޯޓުގައި އޮތް އިސްތިއުނާފީ މައްސަލަ އަވަށްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ މައްސަލަ އަވަސްކުރުމަކީ ރައީސް ޔާމިނަށް އިންސާފު ހޯދުމަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ދަށު ކޯޓުގައި މިހާރު ކަންތައްތައް ކުރައްވަމުންދާ ގޮތަށް ބަލާއިރު، އަޅުގަނޑުމެން މުޅިން އެގްސޯސްޓު ވާ ގޮތަށް އެ ކަންތައް ކުރައްވަނީ. އަޅުގަނޑުމެންނަކީ ވެސް ވަރަށް ބޮޑު ހުވައެއް ކޮށްގެން މީހެއްގ ދިފާއުގައި މަސައްކަތްކުރާ ބަޔަކަށް ވާތީ އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު ފަނޑިޔާރު އަރިހުން އެދެން މި އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ގޮތަކަށް ތަރުތީބުކޮށްދެއްވުން"

ޑރ ޖަމީލު

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ ކަންކަމާއި ގުޅިގެން މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން އިސް ގާޒީ ވިދާޅުވީ އަންނަ ހަފްތާގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް