ސްޕެއިންގެ ކުޅުންތެރިން އިޓަލީ ބަލިކޮށް ފައިނަލްގެ ޖާގަ ހޯދުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
16 Jun 2023 | 03:13
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އިޓަލީ ބަލިކޮށް ސްޕެއިން ފައިނަލަށް!

ޔުއެފާ ނެޝަނަލް ލީގް ސެމީފައިނަލުގެ ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން އިޓަލީ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ސްޕެއިނުން ހޯދައިފި އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގެ ވަރަށް ކުރީކޮޅު ސްޕެއިން އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މި ލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ވިލަރެއާލްގެ ފޯވާޑް ޔެރެމީ ޕިނޯ އެވެ.

އިޓަލީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ފުރަތަަމަ ހާފުގެ 11 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ތަޖުރިބާކާރު ފޯވާޑް ސިރީ އިމޮބިލޭ އެވެ. މިއީ ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ.

ފުރަތަަމަ ހާފުގެ 21 ވަނަ މިނެޓުގައި އިޓަލީ އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ވެސް ހޯދިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ސްޕެއިން އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ހުސް ފުރުސަތުގައި މިކެއިލް މެރިނޯ ފޮނުވާލި ބާރު ހަމަލާ އިޓަލީގެ ކީއްޕަރު ވަނީ ދިފާއުކޮށްފައެވެ.

މީގެއިތުރުންވެސް މިހާފުގައި އެޓީމުގެ އަލްވާރޯ މޮރާޓާ އާއި ރޮޑްރީ އަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ދެވަނަ ހާފުގައި އިޓަލީ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ މިޑްފީލްޑަރު ޑޭވިޑޭ ފްރެޓެސީ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ސްޕެއިންގެ ގޯލްކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުން ސްޕެއިން މޮޅުވި ލަނޑު މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަަނަ ހާފްގައި 84 ވަނަ މިނެޓުގައި ކުޅެންއެރި ފޯވާޑް ޖޯސެލޫ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މިއީ ޔުއެފާ ނެޝަނަލް ލީގް ސެމީފައިނަލުގައި ޖެހިޖެހިގެން ސްޕެއިން އަތުން ބަލިވެ އިޓަލީ ކެޓި ދެވަނަ ފަހަރެވެ. މިއަހަރުގެ ޔުއެފާ ނެޝަނަލް ލީގް ފައިނަލުގައި ސްޕެއިން ވާދަކުރަންޖެހެނީ ސެމީފައިނަލްގެ ފުރަތަަމަ މެޗުގައި 4-2 ގެ ނަތީޖާއަކުން ނެދަލޭންޑްސް ބަލިކޮށް ފައިނަލްގެ ފުރަތަަމަ ޖާގަ ހޯދި ކްރޮއޭޝިޔާ އާއި ދެކޮޅަށެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:45 ގައެވެ. އަދި ހަމަ އެރޭ ރާއްޖޭ ގަޑިން އިރުއޮއްސި 18:00 މިނެޓުގައި ކުޅެވޭ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އިޓަލީ ނުކުންނާނީ ނެދަލޭންޑްސް އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.