ކެންދޫ ދާއިރާގެ މެމްބަރ ޢަލީ ހުސެއިން
ހަބަރު
16 Jun 2023 | 13:03
"ބޮޑުފިޔާ ޕޮލިޓިކްސް"ގެ ތެރޭގައި ތާށިވެފަ އޮންނަންޖެހޭ ބައެއްނޫން އަޅުގަނޑުމެންނަކީ: ޢަލީ ޙުސެއިން

ދިވެހިރާއްޖެއަކީ "ބޮޑުފިޔާ ޕޮލޮޓިކްސް"ގެ ތެރޭގައި ތާށިވެފަ އޮންނަންޖެހޭ ބައެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޢަލީ ހުސެއިން މިހެން ވިދާޅުވީ ރޭ ޖުމްހޫރީ ޕާޓީ އިން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އަކީ ހުސައިން ވަނީ, ރާއްޖޭ އާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމަށް އިދިކޮޅުން ކިޔަމުންދާ ފާޑުކިޔުންތަކަށް ސަރުކާރުން ދެމުންދާ ރައްދު ތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ރާއްޖެއަށް ބިހާއި ފިޔާ އެތެރެ ކުރަނީވެސް އިންޑިއާއިން ކަމަށްވާއިރު، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން އެކަންކަމަށް ހުރަސް އެޅޭނެކަމަށް ސަރުކާރުން ބުނާ ބުނުމަށް އޭނާ ވަނީ ފާޑުވިދާޅުވެފަ އެވެ. 

""މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ބޮޑުފިޔާ ބަސްތާއެއްގެ މެދުތެރޭގައި އަޅުގަނޑުމެން ވަނީ ތާށިވެފަ، ބޮޑުފިޔާ ޕޮލިޓިކްސްގެ ތެރޭގައި ތާށިވެފަ އޮންނަންޖެހޭ ބައެއްނޫން އަޅުގަނޑުމެންނަކީ، ހަޤީޤަތުގައި ދުނިޔޭގެ ބަޔަކަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ލިބިފައިވާ އެއް ބައެެއް ދިވެހިންނަކީ, ދިވެހިރާއްޖެއަށް ލިބިފައިވާ އިސްލާމް ދީނުގެ ފަހުގެ ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ހުސްނުވާ ރީތިކަން. މިތާކު ތެލެއް ނެތޭ، ވަރަށް ނިކަމެއްޗޭ ބޮޑު ފިޔާ ކޮޅެއް ނެތޭ ކާޑެއްވެސް ނުލިބެއޭ، ކޮން ވާހަކައެއް ތި ވިދާޅުވަނީ. ނުވަންޏާ ފައިބާ ވަޑައިގަންނަވާ."

ޢަލީ ހުސެއިން

މީގެ އިތުރުން ޢަލީ ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް އިން ކަނޑައަޅާނީ އެޤައުމެއްގެ ރައްޔިތުން ކަމަށެވެ. އަދި ޖެހިގެން އޮންނަ ޤައުމަކުން އަދި ދުނިޔޭގެ އެހެނަ އެއްވެސް ޤައުމަކުން ނޫން ކަމަށާއި، ހެޔޮ ކަމުން، ހެޔޮ ވާތީ ނުވަތަ ދީލަތިކަމާއި އެކީގައި ދޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ޢަލީ ވިދާޅުވިއެވެ.

"އެޤައުމެއްގެ އިން ކަނޑަ އަޅާނީ އެޤައުމެއްގެ ރައްޔިތުން، އެއިން ކަނޑައެޅުމަށްފަހު އެއިން ބެލެހެއްޓުމަކީ އެ ޤައުމެއްގެ ރައްޔިތުންގެ ވާޖިބެއް، އެއިން ކަށަވަރުކުރުމަށްޓަކައި އަޅުގަނޑުމެންނަށް މި ފެންނަނީ ލެެެއިން އަގުދައްކައިގެން އިން ހިފަހައްޓާފައި ވާ މަންޒަރު، ހަޤީޤަތުގައި ދިވެހިރާއްޖެއަކީ އަޅުގަނޑުމެންގެ އެތައް ޝަހީދެއްގެ ލެއިން ދިވެހި ދަރިންގެ ހިންމަތާ މިންނަތުން މިނިވަންކަން ފޯރިކޮށްދީފައިވާ ޤައުމެއް" ޢަލީ ހުސެއިން ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިފަހައްޓައި ދެެއްވާނެކަމަށް ޤާސިމް ވިދާޅުވެފައިވާކަމަށެވެ.

ރޭގެ ޖަލްސާގައި ޢަލީ ވިދާޅުވީ ރާއްޖެއަށް ލިބިފައި އޮތް އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ދީން ކަމަށެވެ. އަދި ޤާސިމް އިސްލާމްދީން ނޫން ދީނަކަށް ފުރުސަތުނުދެއްވާނެކަމަށް ވަޢުދު ވެ ވަޑައިގެންފައިވާ ކަަމަށް ޢަލީ ހުސެއިން ވިދާޅުވިއެވެ.

ޢަލީގެ ރޭގެ ވާހަކަގައި ސަރުކާރުގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.