ކައުބަތުﷲ ގެފުޅު-- ފޮޓޯ/ އިންޓަނެޓް
ހަބަރު
16 Jun 2023 | 13:46
ޙައްޖުމަހުގެ މަތިވެރި ދުވަސްތަކުގައި، ފިތުނަ ފަސާދަ އުފެއްދުމުން ދުރުހެލިވާން ޖެހޭ: ޚުތުބާ

ޙައްޖުމަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި, މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި ބާތިލު ވާހަކަ ދެއްކުމާއި އަދި ފިތުނަ އުފައްދައި، ފަސާދަ ކުރުންފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެތިބޭ ބަޔަކަށް ވުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރުވެއްޖެއެވެ. 

"ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ الله ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ހައްޖު މަސް ކަމަށާއި އަދި ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށެވެ. 

އެހެންކަމުން، ޙައްޖުމަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި މި ދުވަސްތަކުގައި ނުބައިކަންކަމާއި ދުރުހެލިވުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައިވެސް ޚުތުބާގައި ބުނެފައިވެއެވެ.

"ހެޔޮކަންކަމަކީ މީހާއަށް الله ގެ ރަޙްމަތާއި ނިޢުމަތްތައް ލިބުމުގެ ސަބަބެއްކަމުގައި ދަންނަން ޖެހެއެވެ. ހަމައެފަދައިން ފާފަތަކަށް އަރައިގަތުމަކީ الله ގެ ރަޙްމަތުން ދުރުކުރެވި ނިޢުމަތްތަކުން މަޙްރޫމު ވެދާނެ ސަބަބެއްކަމުގައި ހަނދާންކުރަން ޖެހެއެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ވުމާއެކު ޙައްޖުމަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި އަރާރުންވުމާއި މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި ބާތިލު ވާހަކަ ދެއްކުމާއި އަދި ފިތުނަ އުފައްދައި، ފަސާދަ ކުރުންފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެތިބޭ ބަޔަކަށް ވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި ހަމައެހެންމެ، މާތްالله ލޯބިވެ ވޮޑިގެންނުވާ އެއްވެސް އަމަލަކަށް އަރައިނުގަނެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. 

"އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިހްލާސްތެރި ތައުބާއަކުން ތައުބާވެ މި ދުވަސްތައް ފަށާށެވެ. ތައުބާވާ އަޅުންދެކެ މާތް ﷲ ލޯބިވެ ވޮޑިގަންނަވަ އެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

މިއާއެކު ޚުތުބާގައި ވަނީ، މި ދުވަސްތަކުގައި ކުރެވެން އޮތް އެންމެ ހެޔޮ އަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނޭކަން ފާހަގަކޮށް، މިމަހުގެ 9 ވަނަދުވަހުގެ ރޯދައިގެ ސަވާބާއި ދަރުމަށްއަށް އަލި އަޅުވާލާފައެވެ.

"ހާއްސަކޮށް ހައްޖު މަހުގެ ނުވަވަނަ ދުވަހުގެ ރޯދަގެ ސަވާބާއި ދަރުމަ މަތިވެރިވެގެންވެ އެވެ. ރަސޫލާ (ޞ) ގެ ހަދީޘް ބަސްފުޅެއްގައި ވަނީ އެދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަތައް ފުއްސަވާނެ ރޯދައެއް ކަމުގަ އެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.