ކަނޑިންމަ އާއި ވެލާވަރު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
16 Jun 2023 | 23:51
ރިސޯޓް ލީގު 2023: ފަސޭހަކަމާއި އެކު ވެލާވަރު ބަލިކޮށް ކަނޑިންމަ ގުރޫޕް އޭގެ އެއްވަނައަށް!

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ދާލު ޒޯނުގެ ގްރޫޕް އޭގައި މިއަދު ހަވީރުގެ ކުޅެވުނު ދެވަނަ މެޗުގައި ކަނޑިންމަ އާއި ވެލާވަރު ވާދަކުރި މެޗު 6-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކަނޑިންމަ އިން ގުރޫޕް އޭ ގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ކަނޑިންމަ އިން ފަސް ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަަމަ ލަނޑު ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަކްރަމް އަހުމަދެވެ. އަދި އޭގެ އަށް މިނެޓުފަހުން އަކްރަމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ކަނޑިންމަ އިން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަަމަ ހާފުގެ 14 ވަނަ މިނެޓުގައި އަބްދުލް މުގްސިތު ކާމިޔާބުކޮށްދިންއިރު ޖެހިގެންއައި މިނެޓުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުއާލިމް އުމަރު އެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަޔާޒުއެވެ.

މި މެޗުގައި ވެލާވަރުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝާއިން އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން ކަނޑިންމަ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެލާވަރުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ދިފާއީ ކުޅުމެއް ދެއްކި އިރު މި ހާފުގައި ކަނޑިންމަ އަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. މި ލަނޑު ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ޝާމިއުއެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-1 ގެ ނަތީޖާއަކުން ކަނޑިންމަ ކުރީގައި އޮވެގެންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކަނޑިންމަ ޓީމުގެ އަކްރަމް މުހައްމަދު އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށް ގުރޫޕް އޭގެ އެއްވަނައިގައި މިވަގުތު އޮތީ ކަނޑިންމަ އެވެ. ދެ މެޗުން ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ދެވަނައިގައި މިވަގުތު އޮތީ  ވޮއްމުލި އެވެ. ތިންވަނައިގައި ދެ މެޗުން ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ ވެލާވަރު އެވެ. އަދި ކުޅުނު ދެ މެޗުން ބަލިވެ ގުރޫޕްގެ ފުލުގައި އޮތީ އިރުވެލި އެވެ.

މިއަހަރުގެ ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ދާލު ޒޯނުގައި 07 ޓީމެއް ބައިވެރިވެފައި ވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ޓީމުތައް ދެގުރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭގައި 04 ޓީމު ހިމެނޭއިރު ގްރޫޕް ބީގައި ހިމެނެނީ 03 ޓީމެވެ. ގުރޫޕް އޭގެ އެއްވަނަ އަދި ދެވަނަ ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަލިބޭއިރު، ގްރޫޕް ބީ އިން ސެމީގެ އޮޓެމެޓިކް ޖާގައެއް ލިބޭނީ އެއްވަނަ ޓީމަށެވެ. އަދި ސެމީގެ ފަހު ޖާގަ ލިބޭނީ ގްރޫޕް ބީގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ޕްލޭއޮފް މެޗެއް ކުޅުމަށްފަހު އެ މެޗުން މޮޅުވާ ޓީމަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.