ޖިބްރޯލްޓާ އާއި ފްރާންސް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
17 Jun 2023 | 02:17
ފީފާ ރޭންކިންގެ 201 ވަނައިގައި އޮތް ޖިބްރޯލްޓާ އަތުން ފުރާންސްއަށް މުހިންމު ތިން ޕޮއިންޓް!

ޔުއެފާ ޔޫރޯ 2024 ކޮލިފައިންގައި މިރޭގެ ރަށުން ބޭރުގައި ޖިބްރޯލްޓާ އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕް ބީގެ އެއްވަނައިގައި ފުރާންސް އިން ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ފީފާ ރޭންކިންގެ ދެވަނައިގައި މިވަގުތު އޮތް ފްރާންސް އާއި 201 ވަނައިގައި އޮތް ޖިބްރޯލްޓާ ވާދަކުރި މި މެޗުގެ ވަރަށް ކުރީކޮޅު ފުރާންސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުނަގާފައެވެ.

މި ލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ. މިއީ އެޓީމު ކިންގްސްލީ ކޯމަން އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަަމަ ހާފުގައި ލީޑު ފުޅާކުރުމަށް ފްރާންސްގެ ކޯމަން އާއި ޗުއަމެނީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނު އިރު، 29 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރަކުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއްގައި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޗުއަމެނީ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގައި ފުރާންސް އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ. މިއީ  ޖިބްރޯލްޓާ ގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ފްރާންސަށް ދިން ޕެނަލްޓީއެކެވެ. މިލަނޑާއެކު ފުރަތަަމަ ހާފުގައި ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓުކުރީ ފްރާންސް އިންނެވެ. ނަމަވެސް މިހާފުގައި އެޓީމަށް ލަނޑު ޖަހާނެ މާގިނަ ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މި މެޗުގައި ފުރާންސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ޖިބްރޯލްޓާގެ ޑިފެންޑަރު އައިމަން މުއަލްހީ ގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކޮލިފައިންގ ގްރޫޕް ބީގެ އެއްވަނައިގައި ކުޅުނު ތިން މެޗުން ލިބުނު 09 ޕޮއިންޓާއެކު މިވަގުތު އޮތީ ފްރާންސް އެވެ. މިގުރޫޕްގެ ދެވަނަގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު 06 ޕޮއިންޓާއެކު ގްރީސް އެވެ. ތިންވަނައިގައި އޮތް ނެދަލޭންޑްސް ދެ މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 03 ޕޮއިންޓެވެ. މިގުރޫޕްގައި ދެން ހިމެނޭ ދެޓީމަކީ އަޔަލެންޑާއި ޖިބްރޯލްޓާއެވެ.

އަޔަލެންޑް ދެ މެޗު އަދި ޖިބްރޯލްޓާ ތިން މެޗު ކުޅެފައިވާއިރު މި ދެޓީމުންކުރެ ޓީމަކަށް އަދި އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.