ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރަމުންދާ ސަރަހައްދު -- ސަން ފޮޓޯ
ހަބަރު
17 Jun 2023 | 11:24
ތިލަމާލެ ބްރިޖް މަޝްރޫއުގެ އެފްކޮންސް މުވައްޒަފަކު ފަރުވާ ނުލިބިގެން ނިޔާވެއްޖެ

އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލު ކޮށްގެން ތަރައްގީ ކުރަމުންދާ ތިލަމާލެ ބްރިޖްގެ މަސައްކަތުގައި އުޅުނު މުވައްޒަފަކަށް ފަރުވާ ނުލިބިގެން ނިޔާ ވެއްޖެއެވެ.

އެގޮތުން މި މަޝްރޫއުގެ މަސައްކަތުގައި އުޅުއްވާ އޮފިޝަލަކު 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މީހާ ވަރަށް ބޮޑަށް ހުން އައިސްގެން ފަރުވާއަށް އެދުންތާ 10 ދުވަސް ވަފައިވާ ކަމަށެވެ.

އެހެންނަމަވެސް ފަރުވާއަށް އެދުމުންވެސް ފަރުވާ ނުލިބުމުން ހިފައްޓަމުން އައިސްފައިވަނީ ޕެނަޑޯލް ގުޅަ ކައިގެން ކަމަށެވެ.

މިހާލަތުގައި އުޅެމުން އައިސް މުވައްޒަފު މީހާ ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މި ހާދިސާގެ ސަބަބުން މަސައްކަތުގެ ސައިޓްގައި ހިތްހަމަ ނުޖެހި މުވައްޒަފުން ދަނީ އިހްތިޖާޖު ކުރަމުންނެވެ. އެގޮތުން ހިތްހަމަ ނުޖެހުމުގެ ތެރެއިން މަޝްރޫއުގެ މެނޭޖަރުގެ ބޯވެސް ފަޅާލައިފާވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން އައްޑޫގެ ސިޓީގެ މަގުތައް ތަރައްގީ ކުރުމުގައި މަސައްކަތްކުރި އެފްކޮންސް މުވައްޒަފުންނަށް މުސާރައާއި ކާނާއާއި ބޭސް ފަރުވާ ނުދިނުމުގެ މައްސަލަވެސް ފެންމަތި ވިއެވެ.

އަދި މިކަމުގެ ސަބަބުން މުވައްޒަފުން އިހްތިޖާޖު ކުރުމުން މި މުވައްޒަފުންނަށް އަނިޔާ ކުރާނެ ކަމަށް ބުނެ އިންޒާރު ދިނުމުން ފުލުހުންނާއި ހަމައަށް މުވައްޒަފުން ވަނީ މައްސަލަ ގެންގޮސްފައެވެ.

އެފޮކޮންސްގެ އިތުރުންވެސް ރާއްޖޭގެ އެތައް ތަރައްގީގެ މަޝްރޫއުތައް ހަވާލު ކޮށްފައިވާ އިންޑިއާ ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ނުދިނުމާއި ކާން ނުދިނުމާއި ބޭސް ފަރުވާ ނުލިބުމުގެ މައްސަލަތައް ދަނީ އިތުރު ވަމުންނެވެ.

އެގޮތުން އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ މުވައްޒަފުންވެސް ވަނީ މިކަމުގެ ސަބަބުން މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަން ކުރިމަތީގައި އިހްތިޖާޖު ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ