ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން
ހަބަރު
17 Jun 2023 | 14:26
ޢަރަބިއްޔާ ދަރިވަރުން މޫނުބުރުގާ މައްސަލަ ބެލޭނެ އިޚްތިސާސް އެބައޮތް ކަމަށް ސިވިލްކޯޓުން ބުނެފި

ޢަރަބިއްޔާ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުންގެ މައްސަލަ ބެލޭނެ އިޚްތިސާސް އެބަ އޮތް ކަމަށް ސިވިލްކޯޓުން ބުނެފިއެވެ.

ރޭ ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ހިންގާ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޢަރަބިއްޔާ ސްކޫލުގެ އަންހެން ކުދިން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާ ކުރި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ނިންމުމަށް ސަރުކާރާއި ޢަރަބިއްޔާގެ މެނޭޖުމަންޓުން ކުރަމުން އައި މަސައްކަތް ފޭލު ވެއްޖެކަމަށެވެ. އަދި އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިމައްސަލައަކީ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމަށް ޚާއްސަ ހަމަ އެކަނި ސްކޫލް އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުން މޫނު ނެގުމަށް އެޑިއުކޭޝަނުން އެންގި އެންގުން އެެ ސުކޫލުން ތަންފީޒު ކުރަން ފެށުމާއި ގުޅިގެން އެ ސުކޫލުގެ ދަރިވަރުންގެ ބެލެނިވެރިން ކޯޓަށް ހުށައެޅި މައްސަލައެކެވެ.

މިމައްސަލައިގައި ކޯޓުން ފުރަތަމަ ބުނެފައިވަނީ ޢަރަބިއްޔާ ސްކޫލުގެ ޔުނިފޯމް ކޯޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ. އަދި އެތަނުގައި ދަރިވަރުން މޫނު ބުރުގާ އެޅި ނަމަވެސް ތަޢުލީމު ފުރިހަމަ ކުރުމުގައި އެއްވެސް ދަތިތަކާއި ކުރިމަތިލާން ނުޖެހޭނެކަމާއި އެއްވެސް ހައްގަކުން މަހުރޫމްކޮށްފައި ނުވާކަން ހާމަވާކަމަށެވެ. އެހެންވެ، އެކަމަށް ރިއާޔަތް ކުރުމަށް ފަހު ބެލެނިވެރިން ހުށަހެޅި ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.

އަދި މީގެ އިތުރުން ޖުޑިޝަލް ރިވިއުގެ ދައުވާއެއް ކޯޓަށް ހުށަހެޅޭނީ ދައުލަތުގެ އިދާރާއަކުން އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން ނުވަތަ ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ސިދާ ގޮތެއްގައި އަސަރުކޮށްފައިވާ މީހަކަށް ކަމަށާ، އަދި ކޯޓަށް މައްސަލަ ހުށަހަޅާއިރު ހައިސިއްޔަތު ވެސް ސާފުވާން ޖެހޭކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.  

މައްސަލަ ހުށަހަޅާފައިވާއިރު، އެއީ މޫނު ބުރުގާ އެޅި ކުދިންގެ ފަރާތުންކަމަށް ބުނި ނަމަވެސް އެ ކުދިންނަކީ ކޮބައިކަމާއި އެ ކުދިން ތައުލީމު ހާސިލު ކުރަނީ ކޮން ގެރޭޑެއްގައިކަމަށް އެނގޭނެ އެއްވެސް މައުލޫމާތެއް ނެތްކަން ފާހަގަކޮށް ކޯޓުގެ ނިންމުމުގައި ބުނީ، އެ ސަބަބުތަކަށް ބަލާއިރު މިހާރު މި މަރުހަލާގައި ވަގުތީ އަމުރަށް އެދޭ ފަރާތަކަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްތު އޮތްކަން ބެލެވެން ނެތްކަމަށެވެ.

ކޯޓުގެ މި ނިންމުމާއި އެކު މި މައްސަލައިގައި ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް މައްސަލައިގައި ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން ވަކާލާތު ކުރެއްވި ރެހެންދި ޗެމްބާސްގެ އިސް ވަކީލާ އަލްއުސްތާޒާ ޢާއިޝާތު ޢާޒިމާ ޝުކޫރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.