އެމްޑީޕީ އިން އަންހެނުންގެ އަޑުގެ ނަމުގައި ކުރިއަށް ގެންދިޔަ މެނިފެސްޓޯ ވޯކްޝޮޕްގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް--
ހަބަރު
18 Jun 2023 | 14:21
ކެބިނެޓްގެ 33 ޕަސެންޓް ދެއްވުމުން އެނގިގެންދިޔައީ އަންހެނުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަން: ރޮޒެއިނާ

ކެބިނެޓްގެ 33 ޕަސެންޓް އަންހެނުންނަށް ދެއްވުމުން އެނގިގެންދިޔައީ އަންހެނުންނަށް ޚާއްސަ ސަމާލުކަމެއް ރައީސް ޞާލިޙް ދެއްވާނެކަން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ އިއްޔެ އެމްޑީޕީ އިން އަންހެނުންގެ އަޑުގެ ނަމުގައި ކުރިއަށް ގެންދިޔަ މެނިފެސްޓޯ ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުންނެވެ.

"މިފަސް އަހަރަކީ އަންހެނުންގެ އަޑު އެހުމުގަ މީގެކުރިއަށް ވުރެ ބޮޑަށް ސަރުކާރުން ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކުރި ފަސްއަހަރުގެ ގޮތުގައި ފާހަގަވޭ، އަޅުގަނޑުމެންނަށް އެކަން ފުރަތަމަވެސް ފާހަގަ ވެގެންދިޔައީ ރައީސުލް ޖުމަހޫރިއްޔާ ފުރަތަމަ  ކެބިނެޓް އެކުލަވާލެއްވި ހިސާބުންވެސް، އަލަށް ދިވެހި ރާއްޖޭގަ ކަނޑައެޅިގެން 33 ޕަސެންޓް އަންހެންބޭފުޅުންނަށް ކަނޑައެޅިގެން ދިޔަތަން ފެނިގެން ދިޔައީ، މިހިސާބުންވެސް އަޅުގަނޑުމެންނަށް އެނގުނު އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާއަކީ އަޅުގަނޑުމެން އަންހެނުންނަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކޮށްދެއްވާނެ ބޭފުޅެއްކަން" ރޮޒެއިނާގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

ރޮޒެއިނާގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ކެބިނެޓް އެކުލަވައި ލުމަށްފަހު ކަމަކަށް ފަހު ކަމެއް ނިންމަވަމުން ގެންދެވީ އަންހެނުންގެ ހިއްސާއާއި އެކުގައި ކަމަށެވެ.

މިއަދު ޓްވިޓަރ ގައި ވޯކްޝޮޕްގައި ކުރިއަށްގެންދިޔަ ޕްރެޒެންޓޭޝަންގެ މައުލޫމާތު ހިއްސާ ކުރައްވައި ކޮށްފައިވާ ޓްވީޓެއްގައި ރޮޒެއިނާ ވިދާޅުވެފައި ވަނީ  މިސަރުކާރު އައިރު ކޯޓުތަކުގައި ތިބި އަންހެން ފަނޑިޔާރުންގެ ޢަދަދަކީ 10 ކަމަށާއި މިއަދާއި ހަމައަށް އެޢަދަދު 26 އަށް އިތުރުކުރެވިފައި ވާކަމަށެވެ.

އަދި ޖުޑިޝަލް ދާއިރާގައި އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ ކަމަށް ރޮޒެއިނާ ވިދާޅުފައިވެއެވެ.

"އެމީހަކު ހުރި  ރަށަކުން ޝަރީޢަތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު މިވަނީ ތަނަވަސް ކޮށްދެވިފައި، ކޯޓަށް ހާޒިރުވާން ރަށްދޫކޮށް ފުރައިގެން ދާން ޖެހުމަކީ، ހާއްސަކޮށް އަންހެނުންނަށް، ވަރަށް ދަތިކަމެއް، މިއަދު އެތަކުލީފާއި ބުރަ އުފުލާކަށް ނުޖެހޭ" ރޮޒެއިނާ ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވެއެވެ.

އިއްޔެ ކުރިއަށްދިޔަ މެނިފެސްޓޯ ވޯކްޝޮޕްގައި ފަސްޓްލޭޑީ ފަޒްނާ އަޙްމަދުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ އިތުރުން އެމްޑީއޭ ގެ އަންހެނުންގެ ގޮފީގެ މެމްބަރުންވެސް މި ވޯކްޝޮޕްގައި ބައިވެރިވެފައިވެއެވެ.
މިއަދު އެމްޑީޕީގެ މެނިފެސްޓޯ ވޯކްޝޮޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޒުވާނުންނަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.