ސްޕެއިންގެ ކުޅުންތެރިން ޔުއެފާ ނެޝަނަލް ލީގް ޓްރޮފީ އާއެކު އުފާފާޅުކުރަނީ
ކުޅިވަރު
19 Jun 2023 | 03:42
ޔޫއެފާ ނެޝަނަލް ލީގް: ޕެނަލްޓީގައި ކްރޮއޭޝިޔާ ބަލިކޮށް ސްޕެއިން ޗެމްޕިއަން ހޯދައިފި!

ޔުއެފާ ނެޝަނަލް ލީގް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިޔާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން މިޑްފިލްޑަރ ގަވީ އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވެ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ފުރަތަަމަ ހާފުގައި ކްރޮއޭޝިޔާ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ  އިވާން ޕެރިސިކް އަށެވެ. ފުރަތަަމަ ހާފުގެ 31 ވަނަ މިނެޓުގައި ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ޕެރިސިކް ބޮލުން ފޮނުވާލި ބާރު ހަމަލާ ސްޕެއިންގެ ކީއްޕަރު އުނައި ސިމޯން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފަހުހާފުގެ 65 ވަނަ މިނެޓުގައި ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ކްރޮއޭޝިޔާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލާއި އަމާޒުނުވެ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މީގެ އިތުރުން ވެސް ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން ފޯވާޑް އަންސޫ ފާޓީ އަށް މެޗުގެ ލީޑު ނެގުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ. ކްރޮއޭޝިޔާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އެޓީމުގެ ޑިފެންޑަރަކު ވަނީ ބްލޮކް ކޮށްފައެވެ.

މިއާއެކު މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

ފައިނަލް މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިިން ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ސްޕެއިންގެ ފޯވާޑް ޑެނިއަލް އޯލްމޯ އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ހުސް ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ. މިއާއެކު މެޗުގެ 120 މިނެޓުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.

މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ސްޕެއިނުން ފޮނުވާލި ހަ ޕެނަލްޓީގެ ތެރެއިިން ފަސް ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ކްރޮއޭޝިޔާގެ ހަ ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. ކްރޮއޭޝިޔާގެ ލޮވްރޯ މާޖަރ އަދި ބްރޫނޯ ޕެޓްކޮވިޗް ފޮނުވާލި ޕެނަލްޓީތައް ސްޕޭންގެ ކީއްޕަރު އުނައި ސިމޯން ވަނީ ދިފާއުކޮށްފައެވެ.

ސްޕެއިންގެ ޓީމުން ނާކާމިޔާބު ވީ ޑިފެންޑަރު އެމެރިކް ލަޕޯޓް ފޮނުވާލި ޕެނަލްޓީ އެވެ.

ސްޕެއިން މި މުބާރާތް ކާމިޔާބު ކުރުމާއެކު އެޓީމު ވެގެންދިޔައީ ޔުއެފާ ނެޝަނަލް ލީގް ތައާރަފް ކުރި ފަހުން މި މުބާރާތް ކާމިޔާބު ކުރި ތިންވަނަ ޓީމަށެވެ. މީގެ ކުރިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ޕޯޗުގަލްގެ އިތުރުން ފްރާންސް އެވެ. މީގެ އިތުރުން ސްޕެއިން އަކީ އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވުނު މުބާރާތު ރަނަރަޕް ޓީމެވެ. އަދި މިއީ 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ފަހުން ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ސްޕެއިން އިން ހޯދި ފުރަތަަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.