ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިިން
ކުޅިވަރު
19 Jun 2023 | 04:52
ދިވެހިންގެ ހެޔޮދުއާ ވަނީ ގައުމީ ޓީމާއެކު!

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މި މަހުގެ 21 ވަނަ ދުވަހު އިންޑިޔާގެ ބެންގަލޫރުގައި ފަށާއިރު، ހުރިހާ ދިވެހިން ގެ އުންމީދަކީ އަދި ދުއާ އަކީ ވެސް ދިވެހިރާއްޖޭގެ ގައުމީ ޓީމަށް ފުރިހަމަ ކާމިޔާބީއެއް މިންވަރު ކުރެއްވުމެވެ.

ދިވެހިރާއްޖެއަކީ ސަރަހައްދީ ފުޓްބޯޅައިގެ ގަދަ ބާރެކެވެ. އެކަން ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތާރީހުން ފެންނަން އެބަހުއްޓެވެ. ނަމަވެސް މިފަހަރުގެ މުބާރާތަކީ މުޅިން ތަފާތު މުބާރާތެކެވެ. ފުރަތަަމަ ފަހަރަށް ސާފުގެ ބޭރުން ދެ ގައުމެއް މި މުބާރާތުގައި ވާދަކުރާތީ އެވެ. މީގެ ކުރިން މުބާރާތް ފެށުމުގެ ކުރިން އިންޑިޔާ އަކީ މުބާރަތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނަސް މިފަހަރު އެޓީމާއި މެދުވެސް ޔަގީންކަމެއް ނެތެވެ.

މުބާރާތުގައި ދައުވަތު ދީގެން ވާދަކުރާ ކުވައިތު އަދި ލުބުނާން އަކީ ފެންވަރުގެ ގޮތުންނާއި ރޭންކިންގައި ވެސް މިސަރަހައްދުގެ ޓީމުތަކަށް ވުރެ ކުރީގައި އުޅޭ ދެޓީމެވެ. މި ސަބަބަށްޓަކައި މި އަހަރުގެ މުބާރާތަށް މި ސަރަހައްދުގެ ޓީމުތަކުން ދުރާލައި ރޭވުންތެރިކަމާއެކު ތައްޔާރުވާން ފެށިއެވެ. ފީފާގެ ސަސްޕެންޝަނުން ސަލާމަތްވުމަށް ފަހު ޕާކިސްތާނުން ވަރުގަދަ ޓީމެއް އެކުލަވާލާފައިވާއިރު، އިންޑިޔާ، ނޭޕާލް، ބަންގްލަދޭޝް އަދި ބޫޓާން ވެސް ވަނީ މި މުބާރާތައް ތައްޔާރު ވުމުގެ ގޮތުން އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެފައެވެ.

ނަމަވެސް ރާއްޖޭގެ ގައުމީ ޓީމު މިއަހަރު ތެރޭގައި ވެސް ކުޅުނީ ބައިނަލްއަގުވާމީ އެންމެ މެޗެކެވެ. ރާއްޖޭގައި ޕާކިސްތާނާއި ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުން ދިވެހި ޓީމު މޮޅުވި މެޗު ފިޔަވައި އިތުރު މެޗެއް ނުކުޅެއެވެ. އަދި އެ މެޗަކީ ވެސް އެއްވެސް ވަރެއްގެ ފަރިތަކުރުން ތަކަކާއި ނުލައި ދިވެހި ޓީމު ކުޅުނު މެޗެކެވެ. 

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމު 10 ވަރަކަށް ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް ޖަޕާނުގައި ފުރިހަމަ ކުރިއެވެ. މިދަތުރުގައި ފުރުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެމުން އެފްއޭއެމް އިން ބުނެފައިވަނީ މި ދަތުރުގައި ޖަޕާނުގައި އެކުވެރިކަމުގެ ދެ މެޗެއް ވަރު ކުޅޭނެ ކަމަށެވެ. ނަމަވެސް ޖަޕާނު ދަތުރު ނިންމާލުމަށްފަހު ބެންގަލޫރަށް ދިވެހި ޓީމު ދިޔައީ އެއްވެސް މެޗެއް ނުކުޅެއެވެ.

މުބާރާތް ފެށެން ދެ ދުވަހަށް ވެފައިވާއިރު ކުޅުންތެރިން ތިބީ ވަރަށް ވެސް ޖޯޝާއި ފޯރީގައެވެ. ގައުމަށް ރީތިނަން ހޯދައިދިނުމަށް ކެތްމަދުވެފައެވެ. މިފަހަރުގެ ގައުމީ ޓީމުގައި ގިނައީ ޒުވާން ކުޅުންތެރިންނެވެ. އެކުޅުންތެރިންގެ ތަޖުރިބާ މަދެވެ. ނަމަވެސް އަޒުމް ވަރުގަދައެވެ. 

އެފްއޭއެމްގެ ދޯދިޔާ ކަމާއި ގާބިލްކަން ނެތުމަކީ އެކުޅުންތެރިންގެ މައްސަލައެއް ނޫނެވެ. ވީމާ މުބާރާތުގައި ކޮންމެ ނަތީޖާއެއް ނިކުތްކަމުގައި ވިޔަސް ކުޅުންތެރިންނާއި މެދު ސަޕޯޓަރުންގެ އެއްވެސް ޝަކުވާއެއްގެ ނެތެވެ. ސަބަބަކީ މިއީ ވެސް އެކުޅުންތެރިންނަށް ލިބިގެންދާނެ ރަގަޅު ތަޖުރިބާއެކެވެ.

ދިވެހިން މިތިބި ގައުމީ ޓީމާއި އެކުގައެވެ. ދިވެހިންގެ ދުއާ އަކީ ވެސް ގައުމީ ޓީމަށް ފުރިހަމަ ކާމިޔާބެއް މިންވަރު ކުރެއްވުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.