ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)-- ފޮޓޯ/ ހުވަދޫ ނިޔުސް
ހަބަރު
19 Jun 2023 | 09:06
މީގެ 18 އަހަރު ކުރިންވެސް، މިހާރުވެސް، ޕާޓީ އުފައްދަން ދަތި ކުރުވަނީ ރައީސުލްޖުމްހޫރިއްޔާ: ވަހީދު

މީގެ 18 އަހަރު ކުރިންވެސް އަދި މިހާރުވެސް، ޕާޓީ އުފައްދަން ދަތިވީ ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ އަދި ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ނިންމާފައެވެ. 

އެކަމާއި ގުޅިގެން މީގެ 18 އަހަރު ކުރިން އެމްޑީޕީ އުފައްދަން ކުރި މަސައްކަތުގެ ތެރެއިން އެޕާޓީގެ އިސް ފަރާތްތަށް މިނިސްޓްރީ އަކަށް ވަޑައިގެން ތިއްބެވި ފޮޓޯ އަކާއި، މިހާރު 'ދަ ޑިމޮކްރެޓްސް' އުފައްދަން ހުއްދަ ނުލިބިގެން އެޕާޓީގެ އިސް ފަރާތްތައް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ތިއްބެވި ފޮޓޯ ހިއްސާ ކުރައްވަމުން ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މީގެ 18 އަހަރު ކުރިންވެސް ޕާޓީ އުފައްދަން މިނިސްޓްރީއަކުން ހުއްދަ ހޯދަން އުނދަގޫވީވެސް ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު އޮތުމުން ކަމަށެވެ. 

އަދި މިހާރު މިނިވަން މުސްތަޤިއްލު އިލެކްޝަން ކޮމިޝަނުން ހުއްދަ ދޫކުރަން ދަތިކުރަނީވެސް ހަމަ ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒުން ކަމަށް ވައްޑެ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން ނެގި ވޯޓްގައި އެޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ވޯޓް ދިނީ ދެމެންބަރުން ކަމަށާއި، ދެމެންބަރަކު ވޯޓް ދިނީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފަ އެވެ. 

އަދި ޕާޓީ އުފެއްދުމުގެ ވޯޓު ނުދިން މެންބަރުން ބުނަމުން އަންނަނީ ހުއްދަ ދިނުމުގެ މުއްދަތަކީ 3 މަސް ދުވަސް ކަމަށާ، ބަލަންޖެހޭ އިތުރު ކަންކަން ހުރި ކަމަށް ކަމަށްވެސް ފުއާދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.