ޕީޖީ ޝަމީމް ބަންޑާރަ ނައިބު ރިއްފަތު އާއި އެކު ވޯކްޝޮޕެއްގައި. ފޮޓޯ: ޕީޖީ އޮފީސް
ހަބަރު
19 Jun 2023 | 18:28
ޕީޖީ މުވައްޒަފުން ތަޖުރިބާއަށް ހަތަރުދުވަހު އޮފީހަށް

ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ތަޖުރިބާއަކަށް ހަތަރު ދުވަހު އޮފީހަށް ނުކުންނަން ނިންމައިފިއެވެ.

ޕީޖީ މުވައްޒަފުން ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުންނަން މި ހަމަޖެއްސީ ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެ މަސައްކަތް ކުރުމުން ނެރެވޭ ނަތީޖާ ތަޖުރިބާ ކުރުމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިގޮތަށް ކަނޑައަޅުއްވައި ހަމަޖައްސަވާފައި ވަނީ އަންނަ ހަފްތާއިން ފެށިގެން އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ހަފްތާއަކު ހަތަރު ދުވަހު ޕީޖީ އޮފީހުގެ މުވައްޒަފުން އޮފީހަށް ނުކުމެ މަސައްކަތްކުރާ ގޮތަށެވެ.

މިގޮތަށް ހަމަޖެއްސިޔަސް ހަފްތާގެ ރަސްމީ ފަސް ދުވަހު ވެސް ޕީޖީ އޮފީހުންދޭ ޚިދްމަތްތައް މިހާރު ވެސް ލިބޭ އުސޫލުން ލިބެމުންދާނެ އެވެ.

އަލަށް މިކަނޑައެޅި އުސޫލުން މަސައްކަތްތައް ކުރިއަށް ދާއިރު ހަފްތާގެ ފަސް ދުވަހުގެ ތެރެއިން އެއް ދުވަހު މުވައްޒަފު އޮފީހަށް ނުކުމެ މަސައްކަތް ކުރަން ނުޖެހޭ ގޮތަށް ހަމަޖައްސާނެއެވެ.

މިގޮތަށް އޮފީހަށް ނުކުމެ މަސައްކަތް ނުކުރާ ދުވަސް އޮފީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭ ގޮތަށް މުވައްޒަފުންގެ މެދުގައި ބަހާލާނެއެވެ.

ގޭގައި މަސައްކަތްކުރާ ދުވަސްތަކުގައި ވެސް ޕްރޮސިކިއުޓަރުން ކޯޓަށް ދާން ޖެހުން ފަދަ، އޮފީހަށް ނުކުމެ މަސައްކަތްކުރަންޖެހޭ ފަދަ މަސައްކަތެއް އޮތް ނަމަ އޮފީހަށް ނުކުމެ މަސައްކަތް ކުރާނެ ކަމަށާއި، އެހެން ދިމާވާ ދުވަހަކު އޮފީހަށް ނުކުމެ އެ ކުރަން ޖެހުނު މަސައްކަތެއް ކުރުމުން މަސައްކަތް ފުރިހަމަވީ ކަމުގައި ބަލައި  ގަޑި ނުޖެހޭ ދުވަހެއް ގޮތުގައި ވެސް ބަލާނެއެވެ.

މި މުއްދަތުގައި މުވައްޒަފު ސަލާމް ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީއެއް ނެގިޔަސް ޖެހިގެން އަންނަ ހަފްތާގައި އާންމު އުސޫލުން ފަސް ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރަން ޖެހެއެވެ.

ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރުމުގެ ނަތީޖާ ތަޖުރިބާ ކުރުމުގެ މުއްދަތުގައި ހުރިހާ މުވައްޒަފުންގެ ވެސް ޕާފޯމަންސް ބަލަމުން ގެންދާނެ އެވެ. މަސައްކަތު ހަތަރު ދުވަހުގެ ގޮތުގައި ދާއިމީކޮށް ހަމަޖައްސާނީ ނަތީޖާ ރަނގަޅު ނަމަ އެވެ. އެހެން ނޫން ނަމަ ހަމަ އާންމު އުސޫލުން ހަފްތާއަކު ފަސް ދުވަހު ވެސް އޮފީހަށް ނުކުމެ މަސައްކަތްކުރަން ފަށާނެ އެވެ.

މިދިޔަ ރޯދަމަހު ވެސް ޕީޖީ އޮފީހުން މަސައްކަތްކުރީ ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެގެންނެވެ. އެ އޮފީހުން ބުނެފައިވަނީ އެއީ މިގޮތަށް މަސައްކަތްކުރުމުގެ ތަޖުރިބާގެ ފުރަތަމަ މަރުހަލާ ކަމަށާއި އެ ތަޖުރިބާގެ ނަތީޖާ ރަނގަޅު ކަމަށެވެ.

ކޮމެންޓް
އަހުމަދު
މައްސަލަތައް ސާބިތުވާވަރަށް ހެކި ނުލިބޭ ޒަމާނެއްގައި މުވައްޒަފުން ނެރެގެން ތެޅުވުމަކީ އެއްގޮތަކަށް ވެސް ބޭނުން ކަމެއް ނޫން. ހަފްތާއަކު 4 ދުވަސް ވެސް މާ ގިނަ.
19 Jun 2023
އަހުމަދު
މައްސަލަތައް ސާބިތުވާވަރަށް ހެކި ނުލިބޭ ޒަމާނެއްގައި މުވައްޒަފުން ނެރެގެން ތެޅުވުމަކީ އެއްގޮތަކަށް ވެސް ބޭނުން ކަމެއް ނޫން. މަހަކު އެއްފަހަރު ނެރެފަ ސާރވިސް އެލަވަންސް ބޮޑުކުރީމަ ރަނގަޅުވާނެ.
19 Jun 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.