އީސީގެ މެމްބަރު މުހައްމަދު އާސިފް (ކ) އަދި އަލީ ނަޝާތު (މ): ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އަދި ނުދޭން ވޯޓު ދެއްވީ އެ ދެ ބޭފުޅުން.-- ފޮޓޯ: މިހާރު
ހަބަރު
19 Jun 2023 | 18:28
ނަޝާތުއާއި އާސިފްގެ ވަކާލާތު ކުރުމުގެ ފަހަތުގައި ވަނީ ޒާތީ ތަޢައްސުބާއި ރައީސް ޞާލިޙްގެ ނުފޫޒު: ދަ ޑިމޮކްރެޓްސް


ދަ ޑިމޮކްރެޓްސްގެ މެންބަރޝިޕް ފޯމުތައް ފަށްފަށްކޮށް، ތަކުރާރުކޮށް ބަލާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޢަލީ ނަޝާތާއި، މުޙައްމަދު ޢާސިފް ކުރައްވާ ވަކާލާތުގެ ފަހަތުގައިވަނީ ޒާތީ ތަޢައްސުބާއި ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙްގެ ނުފޫޒު ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

ދަ ޑިމޮކްރެޓްސް އިން މިހެން ބުނެފައިވަނީ އެޕާޓީ އުފެއްދުމުގެ ހުއްދަ ނުދީ ދިގުދަންމާ މައްސަލައިގައި އެޕާޓީއިން ނެރުނު ނޫސްބަޔާނެއް ގައެވެ.

"ކަނޑައެޅި ބަޔާންކޮށްފައިވާ ހަމަތަކުގެ ބޭރުން، އިތުރު ޗެކްތަކާއި، ވެރިފިކޭޝަން ޕްރޮސެސްތައް އުފަންކޮށްގެން ދަ ޑިމޮކްރެޓްސްގެ މެންބަރޝިޕް ފޯމުތައް ފަށްފަށްކޮށް، ތަކުރާރުކޮށް ބަލާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޢަލީ ނަޝާތާއި، މުޙައްމަދު ޢާސިފް ކުރައްވާ ވަކާލާތުގެ ފަހަތުގައިވަނީ ޒާތީ ތަޢައްސުބު  އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސީދާ ނުފޫޒާއި ނަހަމަ ބާރު" އެ ޕާޓީގެ ނޫސްބަޔާނުގައި ވެއެވެ.

އެޕާޓީގެ ނޫސް ބަޔާނުގައި ބުނެފައިވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދީ ތިން މަސް ދުވަހަށް ދިގުދަންމާން އިލެކްޝަންސް ކޮމިޝަންގެ ދެމެންބަރުން ސަރުކާރާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތާމެދު ކަންބޮޑުވުން ފައުޅުކޮށް، އެކަން ކުށްވެރިކުރާކަމަށެވެ.

އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއި، މަންމަގެ ވަނަވަރު ހިމެނޭހެން މީގެކުރިން ސިޔާސީ ޕާޓީއެއް އުފެއްދުމުގައި ނެތްފަދަ އައު، ހަރުކަށި ޝަރުތުތަކެއް ފުރިހަމަކުރުމަށްފަހު ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނުގައި ޝަރުތުކުރާ 3000 މެންބަރުން ހަމަކޮށް އެޕާޓީއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ 1 ޖޫން 2023 ގައި ކަމަށެވެ.

އެފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް ރެންޑަމްކޮށް ހޮވި ފަރާތްތަކަށް ގުޅައިގެންނާއި، އިލެކްޝަންސް ކޮމިޝަންގެ ޑޭޓާބޭސްއާ އަޅާކިޔައިގެން އެކޮމިޝަންގެ މުވައްޒަފުން ކުރި މަސައްކަތް 18 ޖޫން 2023 ވީ އާދިއްތަ ދުވަހުގެ ނިޔަލަށް ފުރިހަމަކޮށް، ނިންމާފައި ވާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

މިއާއެކު އެފޯމުތަކުގެ ސައްޙަކަން "ޝައްކެއް ވަސްވާހެއް ނެތް މިންވަރަށް" ކަށަވަރުކުރެވިފައިވާ ކަމަށް ކޮމިޝަންގެ ރައީސް ފުއާދް ތައުފީޤް ވިދާޅުވެފައި ވާކަަމަށާއި، އިލެކްޝަންސް ކޮމިޝަންގެ އަމީން ޢާންމު ޙަސަން ޒަކަރިއްޔާވެސް ތަކުރާރުކޮށް މިކަން ފާހަގަކުރައްވާފައި ވާކަމަށް އެޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ ދިވެހި ރައްޔިތުންނަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއްކަމަށް ވީހިނދު، އަމުދުން ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅު ދިވެހި ރައްޔިތުންގެ ސިޔާސީ އުންމީދުތަކާއި މަސައްކަތްތަކާއި ޙައްޤުތަކާ ސީދާ ގުޅިފައިވާ ދަ ޑިމޮކްރެޓްސް އުފެއްދިޔަ ނުދީ ހިފަހައްޓަމުންދަނީ ކޮންމެ ގޮތަކުންވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚުދުމުޚްތާރު ވެރިކަން ދެމެހެއްޓުމަށް ޖަހާ މަރު ފައްޔެއް ކަމަށް އެނޫސްބަޔާނުގައި ބުނެފައިވެއެވެ.

"ދަ ޑިމޮކްރެޓްސް އިން ގޮވާލަނީ މިހިނދުން މިހިނދަށް މިޕާޓީ ރެޖިސްޓަރކުރުމަށް ބާއްވަން ޤާނޫނު ލާޒިމުކުރާ ޖަލްސާ ބޭއްވުމުގެ ހުއްދަ، އިތުރު ޢުޒުރާއި، ހާސަރާ ނުލާ އިލެކްޝަންސް ކޮމިޝަނުން ދިނުން" އެ ޕާޓީ އިން ނެރެފައިވާ ނޫސް ބަޔާނުގައި ވެއެވެ.

އަދި ސަރުކާރު ރުހުނަސް އަދި ނުރުހުނަސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިޕާޓީގެ ފަރާތުން ކެންޑިޑޭޓަކު ވާދަކޮށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަނިޔާވެރި ވައްކަމާއި ފަސާދައިގެ ވެރިކަން މާތް ޢަމުރާއި އިރާދަފުޅުން ނިމުމަކަށް ގެންނާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް އެ ބަޔާނުގައިވެއެވެ.

މިމައްސަލާގައި އެޕާޓީގެ މެމްބަރުން އިއްޔެ އީސީ އަށް ގޮސް އެތަނުގައި ގިނަ ވަގުތު ތަކެއް ވަނީ ހޭދަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.