ޙައްޖުދަތުރުގެ ލިޔުން ޢަޝްފާޤަށް ހަވާޅުކުރަނީ. ފޮޓޯ/ ސަޢުދީ އެމްބަސީ
ހަބަރު
19 Jun 2023 | 23:09
ސަޢޫދީ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންތެރޭގައި އަޝްފާޤް

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް ހިމެނިއްޖެއެވެ.

ކޮންމެ އަހަރަކުވެސް ސަޢުދީ ރަސްގެފާނުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުސަތު ހުޅުވައިލައެވެ.

މިއަހަރު ރާއްޖެއިން މިފުރުސަތު ލިބުނު 10 މީހުނަންނަށް އިއްޔެ ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އެލިޔުން އެމީހުންނާއި ހަވާލުކޮށްފައިވަނީ މާލޭގައި ހުންނަ ސަޢޫދީ އެމްބަސީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ކޮންމެ އަހަރަކުވެސް ސަޢުދީ ރަސްގެފާނުގެ ޚަރަދުފުޅުގައި ޙައްޖު ވުމަށް ދުނިޔޭގެ މުސްލިމުންނަށް ހުޅުވައިލައެވެ. މިއަހަރު 1300 މީހަކަށް އެފުރުސަތު ވަނީ ހުޅުވާލައިފައެވެ. މިއަހަރު މި ފުރުސަތުގެ ދަށުން 90 ޤައުމަކުން 1300 މީހަކު ޙައްޖުވުމަށް ސަޢުދީއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ސަޢުދީގެ ނޫހެއް ކަމަށްވާ ޢަރަބް ނިއުސްގައި ބުނެފައިވެއެވެ.

ސަޢުދީގެ އިސްލާމިކް މިނިސްޓަރ ޝައިޚް ޢަބްދުالله އާތިފް އާލް ޝެއިޚް ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގެ ދަށުން ޙައްޖަށް ދާ ހުރިހާ އެންމެންގެ ކަންކަން ބަލަހައްޓަވާނީ ސީދާ އެމަނިކުފާނު ކަމަށެވެ. އަދި މި ޕްރޮގްރާމަކީ މުސްލިމުންނަށް ޚިދްމަތް ކުރުމަށް ސަޢުދީ ރަސްގެފާނު ކުރިއަށްގެންދަވާ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

ސަޢޫދީ ސަރުކާރުން ބުނެފައިވަނީ ޙައްޖާޖީންނަށް ޚިދްމަތްކުރުމަށް ސަޢޫދީގެ ސަރުކާރު އޮތީ ތައްޔާރުވެގެން ކަމަށެވެ.

ކޮމެންޓް
ނިކަމެތި މީހާ
އަޅުގަނޑުމެން ކަހަލަ ދެރަ ނިކަމެތި މީހަކަށް މިހެންލިބޭ އެހީ އެއް ލިބޭނެ ނަމައޭ ހިތަށް އަރާ😔😢 މިފުރުސަތު ތައްވެސް މިލިބެނީ މި ދިވެހިރާއްޖޭގެ އެންމެ ގިނައިން ލާރިލިބޭ ބޭފުޅުންނަށް.
20 Jun 2023
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.