ބޫޓާން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
21 Jun 2023 | 06:02
ފުރަތަަމަ މެޗުގައި ދިވެހިރާއްޖެ ބޫޓާނާއި ދެކޮޅަށް!

މިއަހަރުގެ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު ގްރޫޕް ބީގެ ފުރަތަަމަ މެޗުގައި ބުރާސްފަތި ދުވަހު ދިވެހިރާއްޖޭ ނުކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ.

ވާދަވެރި މެޗެއްގައި ދިވެހިރާއްޖޭ އެންމެ ފުރަތަަމަ ބޫޓާން އާއި ދެކޮޅަށް ކުޅުނީ 1984 ވަނަ އަހަރު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވުނު ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައެވެ. އެމެޗު 1-0 ގެ ނަތީޖާއަކުން ދިވެހިރާއްޖެ ކާމިޔާބުކުރިއިރު، ފާއިތުވެދިޔަ 39 އަހަރުތެރޭގައި މިދެޓީމު ވަނީ 09 ފަހަރެއްގެ މަތިން ވާދަކޮށްފައެވެ.

ބޫޓާނާއި ދެކޮޅަށް ކުޅުނު 09 މެޗުން ވެސް ދިވެހިރާއްޖޭގެ މޮޅުވެފައިވާއިރު، ރާއްޖެއިން ވަނީ މިހާތަނަށް ކުޅުނު މެޗުތަކުގައި ބޫޓާން ކޮޅަށް 33 ލަނޑުޖަގާފައެވެ. އަދި ބޫޓާނަށް ދިވެހި ޓީމު ކޮޅަށް މިހާތަނަށް ކުޅުނު މެޗުތަކުގައި ޖެހިފައިވަނީ ޖުމްލަ 10 ލަނޑެވެ.

އެންމެ ތަފާތުބޮޑު ނަތީޖާއަކުން ދިވެހިރާއްޖެ ބޫޓާން އަތުން މޮޅުވެފައިވަނީ 2018 ވަނަ އަހަރު މާޗު މަހު މާލޭގައި ކުޅެވުނު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުގައި 7-0 ގެ ނަތީޖާއަކުންނެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިދެޓީމު ވާދަކުރި މެޗުގައި ރާއްޖެއިން ބޫޓާން ކޮޅަށް 8 ލަނޑު ޖެހިއެވެ. އަލީ އަޝްފާގު 4 ލަނޑު ޖެހި އެ މެޗު ނިމުނީ 8-2 ގެ ނަތީޖާއަކުންނެވެ.

މިއަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދުރާލައި ބޫޓާނުން ޕްރެކްޓިސް ފަށާފައިވާއިރު މިއަހަރުގެ މެއި މަހު އެޓީމުން ވަނީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. ފުރަތަަމަ މެޗުގައި ލާއޯސް އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ ނޭޕާލް އާއެކު ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

މީގެއިތުރުން މިއަހަރުގެ ސާފްޗެމްޕިއަންޝިޕް ބާއްވާ ގައުމު އިންޑިއާގެ މާހައުލަށް ބޭނުމުގެ ގޮތުން އެޓީމުން ވަނީ ޖޫން 14 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ ކަލްކަތާގައި ކޭމްޕްކޮއްފައެވެ. އަދި މުބާރާތް ބާއްވާ ބެންގަލޫރަށް އެޓީމު ދިޔައީ އިއްޔެގެ ވަގުތެއްގައެވެ.

ދިވެހިރާއްޖެ އިން ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މަހިބަދޫގެ އާއިއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައިވާއިރު، ބެންގަލޫރަށް ދިއުމުގެ ކުރިން ޖަޕާނުގައި ދިވެހި ޓީމުން ވަނީ 10 ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކޮށްފައެވެ. 

މީގެއިތުރުން ސާފްޗެމްޕިއަންޝިޕަށް ގައުމީ ސްކޮޑް އެކުލަވާލުމުގެ ކުރިން ދިވެހި ޓީމު ވަނީ ޕާކިސްތާނާއި ދެކޮޅަށް ރާއްޖޭގައި އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެމެޗު 1-0 ގެ ނަތީޖާއަކުން ދިވެހި ކާމިޔާބުކުރިއިރު، މިއީ 2023 ވަނަ އަހަރު ދިވެހި ޓީމު ކުޅުނު ވާދަވެރިކަމުގެ ހަމައެކަނި މެޗެވެ.

ޕްރެކްޓިސް އަކާއި ނުލައި ޕާކިސްތާނު އަތުން މޮޅުވެފައި އޮތުމުން މާބޮޑު ތައްޔާރީއަކާއި ނުލައި ވެސް ބޫޓާން އަތުން މޮޅުވެވިދާނެކަމަށް ދިވެހިން ގަބޫލުކުރެއެވެ. ނަމަވެސް ހަނދާނަށް އަންނަނީ 2015 ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންގައި ދިވެހިރާއްޖެ 4-0 ގެ ނަތީޖާއަކުން ކުރީގައި ވަނިކޮށް މެޗުގެ ފަހު 5 މިނެޓުތެރޭގައި ބޫޓާނުން ދިވެހިރާއްޖެ ކޮޅަށް ތިން ލަނޑު ކާމިޔާބުކުރި ހަނދާނެވެ.

ހަމަ ޔަގީނުން ވެސް މިއީ އަހަރެންގެ ފަހަރެކޭ ބުނާކަށް ނުކެރޭނެ އެވެ. ނަމަވެސް ހިތަށް އަރަނީ މިއީ ބޫޓާން އަތުން ދިވެހި ޓީމު ބަލިވާ ފަހަރަށް ނުވެދާނެބާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.