އިދިކޮޅު ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Jun 2023 | 12:51
މަޖިލީހުގައި މަރުތަޅު އެޅުވީ ރައީސް ޞާލިހު ރާވައިގެން: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ރާވައިގެންކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފި އެވެ. 

މިއަދަކީ އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހެއް ނަމަވެސް، މިއަދަށް ޖަލްސާއެއް އެޖެންޑާ ކޮށްފައެއް ނުވެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ގިނަ މެމްބަރުންތަކެއްގެ ސޮޔާއެކު މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއި ގުޅިގެން އެ ދެބޭފުޅުން ވެސް ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެފަ އެވެ. 

އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި އޮއްވާ އެކަން ނުބަލާ އިތުރު މަސައްކަތްތެއް ވެސް ނުކުރެވޭނެތީއާއެކު މަޖިލީހުގައި ވަނީ މަރުތަޅު އެޅުވިފައެވެ. 

އެމްޑީޕީން ބުނަމުންދަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި އޮތްއިރު، އޭގެ ތެރެއިން އެއްވެސް ބޭފުޅެއްގެ މައްސަލަ އަނބުރާ ނުނަންގަވާނެ ކަމަށެވެ. 

އެކަމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީސް ގޯތި ތެރޭގައި ހިމޭން އިހުތިޖާޖެއް ވެސް ކޮށްފަ އެވެ. އަދި އެކަމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ އޮތް ކަންބޮޑުވުންތައް މީޑިއާއާއި ވެސް ހިއްސާކޮށްފަ އެވެ. 

އިދިކޮޅު ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމު ވިދާޅުވީ މީގެ ކުރިންވެސް މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ފަހަރާ މަޖިލީހަށް ހުށައަޅާފައިވާ ކަމަށެވެ. 

އެހެން ނަމަވެސް އެ މައްސަލަތަކަކީ އެއްފަަހަރާ ކުރިއަށް ގެންދެވޭނެ މައްސަލަތަކަށް ނުވާތީ، އެކަމަށް ޙައްލު ހޯއްދަވައިގެން ކުރިއަށް ގެންގޮސްފައިވާކަން ޚުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. 

"މަޖިލީހުގައި މީގެކުރިން އުޅުއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަނޭޅޭނެކަން. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަކީ މީގެ ކުރިން ދެ ދައުރު މަޖިލީހުގައި މަސައްކަތްޕުޅު ކުރައްވާފައިވާ ބޭފުޅެއް، އޭގެ ކުރިންވެސް އުޅުއްވި ބޭފުޅެއް. އަދި ގާނޫނު އަސާސީ ހެދިއިރުގަޔާއި، މަޖިލީހުގެ ގަވައިދު ހެދިއިރުގައިވެސް މަޖިލީހުގައި އުޅުއްވި ބޭފުޅެއް. އެހެންވީމަ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މަޖިލީހުގެ ކަންކަން ހިނގާ ގޮތް"

މަޖިލީހުގެ މައިނޯރިޓީ ލީޑަރު ސަލީމު

އިދިކޮޅުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިއަދު ކޮންޓްރޯލު ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ވެއްދީ ފޯޅަވަހި މައްސަލައިގައި ސަރުކާރުގެ ބައެއް ވަޒީރުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން، އެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާ، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށައަޅަމުންދާ ދަނޑިވަޅެއްގައި ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވި އެވެ.

އެކަން ފާހަގަކުރައްވާ އާދަމް ޝަރީފު ވިދާޅުވީ މަޖިލީހުގައި މަރުތަޅު އެޅުވީ ރާވައިގެން ކަމަށާއި، ބޭނުމަކީ ފޯޅަވަހި މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށައަޅާފައިވާ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ނުގެންދެވޭގޮތަށް މަޖިލީސް ތަޅުއަޅުވާލުން ކަމަށެވެ. 

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު

"މަޖިލީސް ތަޅުއެޅުވުމަކީ ސަރުކާރުން ރާވައިގެން ގަސްދުގައި ކުރިކަމެއް"

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް 

އިދިކޮޅު ޕާލަމެންޓްރީ ގުރޫޕުން ވަނީ ރައްޔިތުންގެ އަޑުއަހާ، ޖަވާބުދާރީވުމުގެ ޤާބިލުކަން ސަރުކާރުގެ ނެތް ނަމަ، މަޖިލީހުގައި ތަޅުއަޅުވައިގެން ހުންނެވުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިސްތިއުފާދެއްވުމަށް ގޮވާލާފަ އެވެ. 

އަދި މިހާރުން މިހާރަށް މަޖިލީހުގައި ކުރަންހުރި މުހިންމު މަސައްކަތްތައް ކުރެވޭނެ ގޮތަށް ކަންކަން ފަހިކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.