ސްޓެލްކޯގެ އެމްޑީ އަޙްމަދު ޝަރީފް، ނައިބު ރައީސް ފައިސަލް ނަސީމް ސްޓޭޖުގައި/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Jun 2023 | 13:02
ޚިދުމަތް ދިނުމުގައި އެންމެ އިސްކަމެއް ދޭނީ އިހްލާސްތެރި ކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް: ޝަރީފް

ސްޓެލްކޯއިން ޚިދްމަތް ދިނުމުގައި އެންމެ އިސްކަމެއް ދޭނީ އިޚްލާސްތެރިކަމާއި އެކު ޚިދްމަތް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ސްޓެލްކޯއަށް 26 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"ރައްޔިތުންގެ ތެރެއިން ބައެއް މީހުން މިހާރު ވެސް ކުރަމުން އަންނަ ޝަކުވާއެއް ކަރަންޓް ބޭނުން ނުކުރާ ވަރާ ބަލާފައި ބިލު ބޮޑުވާ މައްސަލަ، ސްމާޓް މީޓަރު ލުމުން ޔަގީން ވެގެންދާނެ އެހެން ހުންނަ ކަންކަން، ސްމާޓް މީޓަރު ހަރުކުރުމުން ކޮންމެ ގެއަކަށް ވެސް އެ ގެއިން ބޭނުންކުރި ކަރަންޓްގެ މިންވަރު ބަލައިލެވޭނެ، އަދި، ކޮންމެ މަހެއްގައި ކަރަންޓް ބޭނުންކުރެވޭ ވަރާއި، މަހުން މަހަށް އިތުރުވާ ވަރާއި، އެ ނޫން ވެސް ތަފްސީލީ މައުލޫމާތު ބަލައިލެވޭނެ" ޝަރީފް ވިދާޅުވިއެވެ.

"ސްޓެލްކޯއިން ޚިދުމަތް ދިނުމުގައި އެންމެ އިސްކަމެއް ދޭނީ އިހްލާސްތެރި ކަމާ އެކު ޚިދުމަތް ފޯރުކޮށްދިނުމަށް" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ސްމާޓް މީޓަރު ހަރުކުރުމުން ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށެވެ.

ޝަރީފްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ސްޓެލްކޯގެ ތަސައްވުރަކީ އަބަދުވެސް ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ. އަދި މިކުންފުންޏަކީ ސަރުކާރުން ރައްޔިތުންނަށް ޚިދްމަތްދިނުމަށް އުފައްދަވާފައިވާ ކުންފުންޏެއް ކަމަށެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާވެ ކަރަންޓުގެ ހިދުމަތް ދިނުމަށް އުފެއްދި ކުންފުނި، މިހާރު އިތުރަށް ފުޅާވެ، ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްވެސް ދޭން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފެނާއި ނަރުދަމާގެ ހިދުމަތަކީ އަޅުގަނޑުމެންނަށް އާ ދެ ޚިދުމަތެއް، އެހެން ނަމަވެސް މިހާރު ފެނާއި ނަރުދަމާގެ ޚިދުމަތްދޭ އެހެން ކުންފުނިތަކާއި އެއްވަރުގެ ހުނަރުވެރި ޤާބިލް މުވައްޒަފުންތަކެއް އަޅުގަނޑުމެންނަށް ސްޓެލްކޯގައި އުފެއްދިފައި އެބަތިބި، މިއީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް" ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މުވައްޒަފުންގެ ކުރިއެރުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އެ ކުންފުނިން ހާއްސަ އިސްކަމެއްދޭ ކަމަށެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި ޝަރީފް ވިދާޅުވެފައިވަނީ ސްޓެލްކޯއަކީ އެ ކުންފުންޏާ ގުޅޭގޮތުން ވާހަކަ ނުދެއްކި މިކުންފުނިން ދޭ ޚިދުމަތުގައި ދެވަނަ އެއް ނެތްކަން ރައްޔިތުންނަށް އެނގެނެ ކަމަށެވެ. އަދި ސްޓެލްކޯއިން ދޭ ޚިދުމަތާއި އެއްވަރު ކުރެވޭނެ ޚިދުމަތެއް ދޭނެ ކުންފުންޏެއް އަދި ވުޖޫދަށް ނާންނަކަމަސް ވެސް އޭނާ ވިދާޅުވި އެވެ.

ރޭ ސްޓެލްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޖަލްސާ ޝަރަފުވެރިކޮށްދެއްވަފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް