Advertisement

ރިސޯޓެއްގެ ޕޫލެއްގައި ކުޑަކުއްޖަކު ނިޔާވެފައި އޮއްވައި ފެނިއްޖެ

20 Jun 2023 | 15:49

މާލެ އަތޮޅު ރިސޯޓެއްގެ ޕޫލެއްގެ ތެރޭގައި މަރުވެފައި އޮތް ކުޑަ ކުއްޖަކު ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ކ އަތޮޅު ރިސޯޓެއްގެ ޕޫލަކަށް އެރިއުޅުނު ކުއްޖަކު ގެބިގެން އިއްޔެ އޭޑީކޭ އަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ވާކަމަށް ގޮސްޕިޓަލުން މައުލޫމާތު ދީފައި ވާކަމަށެވެ.

 ނިޔާވެފައިވަނީ އިންޑިޔާގެ، އުމުރުން 8 އަހަރުގެ އަންހެން ކުއްޖެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހްޤީޤު ކުރަމުންދާކަމަށެވެ.

Advertisement

ކޮމެންޓް