އެމްޑީޕީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ސަންގު
ހަބަރު
21 Jun 2023 | 20:50
ހިތާމަވެރި ދުވަހެއް، ނަމަވެސް ނަޝީދު ވަކިވުމަކީ ކުރިއަށް ދިއުމަށް ފަހިވި މަގެއް: ފައްޔާޒު

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި، އެހެން ނަމަވެސް، އެމަނިކުފާނުގެ އެ ނިންމެވުމުގެ ސަބަބުން ޕާޓީ ހިންގުމަށް މަގުފަހިވެގެން ގޮސްފިކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އުފެއްދުމުގަޔާއި، އެ ޕާޓީ ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި އެ ޕާޓީގެ ޓިކެޓުގައި އެންމެ ފުރަތަމަ ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދު ވަނީ ކުއްލިގޮތަކަށް ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އަދި ނަޝީދު ވަނީ ޕާޓީން ވަކިވެވަޑައިގަތުމަށް އަތުން ސިޓީފުޅެއް ލިޔުއްވާ ހުށައަޅުއްވާފަ އެވެ. 

ރައީސް މުޙައްމަދު ނަޝީދުގެ އިސްތިއުފާ ސިޓީފުޅު 

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމާއި ގުޅޭގޮތުން ފައްޔާޒު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދަކީ (ނަޝީދު އިސްތިއުފާ ދެއްވި ދުވަހަކީ) ޚުދު އެމަނިކުފާނާއި އެމްޑީޕީއަށް ވެސް ވަރަށް ފުން ހިތާމައެއް ކުރިމަތިވި ދުވަހެއް ކަމަށެވެ. 

އެހެން ނަމަވެސް އެމަނިކުފާނުގެ އެ ނިންމުވުމާއެކު ޕާޓީ ހިންގުމަށް ފަހުފަހިވެގެން ގޮސްފައިވާކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

އެއާއެކު ފައްޔާޒުވަނީ އެމްޑީޕީގެ ކުރިއެރުމަށް ރައީސް ނަޝީދު ކޮށްދެއްވާފައިވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފަ އެވެ. 

ނަޝީދު ޕާޓީން ވަކިވެވަޑައިގެންފައިވަނީ އެމްޑީޕީގެ ދެ ރައީސުންގެ ދެމެދުގައި އުފެދުނު ވާދަވެރިކަން ބޮޑުވެ، ނަޝީދު ޕާޓީން އެކަހެރިކޮށްފައިވާކަމަށް ބުނެ އޭނާގެ ވަފާތެރިން ޕާޓީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ވަރަށް ފޯރީގައި މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގަ އެވެ. 

މީގެ ދެ ދުވަސްކުރިން ނަޝީދު ވަނީ އޭނާ އެމްޑީޕީން ވަކިވެވަޑައި ނުގަންނަވާނެ ކަމަށާއި، އެ ޕާޓީ އަނބުރާ ހޯއްދަވާނެކަމަށް ވިދާޅުވެފަ އެވެ. 

އެހެން ނަމަވެސް ހަމަ ކުއްލި ގޮތަކަށް އެމަނިކުފާނު އިސްތިއުފާދެއްވާފައިވާއިރު، ހަގީގަތުގައި ޕާޓީން ވަކިވެވަޑައިގެތް ސަބަބު އަދި ހާމަކުރައްވާފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.