އިލެކްޝަން ކޮމިޝަންގެ މެމްބަރުން. ފޮޓޯ: އީސީ
ހަބަރު
21 Jun 2023 | 21:01
ހުވައެއް ކުރައްވައި، މުސާރަ ނަންގަވަމުން، ޖަލްސާއަށް ނާދެވޭނެއޭ ނުބުނެވޭނެ؛ އޮތް އޮޕްޝަނަކީ އިސްތިއުފާ ދެއްވުން: ފުއާދު

ރިޔާސީ އިންތިޚާބަށް ދެމަހެއްހާ ދުވަހަށް ވެފައިވާއިރު އިންތިޚާބު ތަކާއި ބެހޭ ކޮމިޝަން އިލެކްޝަންސް ކޮމިޝަންގެ ޖަލްސާތައް މިވަނީ މެދުކެނޑިފައެވެ.

އީސީގެ ޖަލްސާތައް މެދު ކެނޑިފައިމިވަނީ އެ ކޮމިޝަންގެ މެމްބަރުން ކަމަށްވާ އަލީ ނަޝާތާއި މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ބައިވެރިވެޑައިގަންނަވާ ޖަލްސާތަކުގައި ބައިވެރި ނުވުމަށް ނިންމުމުންނެވެ.

މިކަމާއި ގުޅިގެން "ވޮއިސް" އާއި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ފުއާދު ވިދާޅުވީ މިކަން ހައްލުކުރެއްވުމަށް ޖަލްސާގައި ބައިވެރިވުމަކީ އެބޭފުޅުންގެ ވާޖިބެއްކަމާއި، މަގާމުގައި ތިއްބަވާ ކަމަށްވަންޏާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭނެކަން އެބޭފުޅުންނަށް ވިސްނައިދެއްވުމަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ދެން އެގޮތަކަށް މިވެނި މީހަކު ރައީސަކަށް ހުއްޓައި ތިމަންނަ ޖަލްސާގައި ބައިވެރިއެއްނުވާނަމޭ ކިޔާފައި ހުރެވޭނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން މިމަޤާމުގައި ހުންނަންޏަކާއެއް، އެހެން ނޫން އިސްތިއުފާ ދެއްވައިފައި ގޭގައި ހުންނެވިދާނެ ޖަލްސާއަށް ވަޑައިނުގެން، އެއީ ދެން އެބޭފުޅުންނަށް އޮންނާނެ އޮޕްޝަންއެއް" ވޮއިސް އާއި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިސްނައިދެއްވުމަށް ކުރައްވާ މަސައްކަތަށް ފަހުވެސް އެބޭފުޅުން މަސައްކަތަށްފަހު އެބޭފުޅުން ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގަންނަވައިފިނަމަ ކަންތައް ކުރައްވާނީ ކިހިނެއްތޯ ސުވާލު ކުރުމުން ފުއާދު ވިދާޅުވީ އެބޭފުޅާއަށް، އިންތިޚާބު ކުރިޔަށް ގެންދިޔުމަށްޓަކައި ކުރެވެން ހުރި މަސައްކަތް ތަކެއް ކުރަމުން ގެންދަވާނެ ކަމަށެވެ.

"ވަރަށް ހިތާމަވެރި ކަމެކޭ ވަރަށް ޒިންމާދާރު ކުޑަކަމެކޭ އަޅުގަނޑު ދަންނަވާނީ، އަދި އަމުދުން އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިގެން މެމްބަރު ކަމުގައި ތިއްބަވާފަ ކުރިމަތީގައި ރިޔާސީ އިންތިޚާބަށް ތިންމަސްދުވަހަށް ވުރެ ކުރު މުއްދަކަށް ވެފައި ހުއްޓައި ކުއްލިއަކަށް އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުރި މީހާ ރައީސަކަށް ހުއްޓައި ހުއްޓައި ތިމަންނަ ޖަލްސާއެއްގައި ބައިވެރިއެއް ނުވާނަމޭ ކިޔާފަ ހާޒިރުވެވަޑައިނުގަނެގެން އިލެކްޝަންސް ކޮމިޝަން ހުއްޓުމަށް އައުމަކީ ތުއްތުކުއްޖަކުވެސް ނުކުރާކަހަލަ ކަމެއް" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެބޭފުޅުން ކުރައްވާފައި ހުރި ހުވަޔާއިވެސް އެބޭފުޅުންޚިލާފުވެވަޑައިގަތީ ކަމަށެވެ. އަދި އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ތިއްބަވަން ބޭނުންފުޅުވާނަމަ އިސްތިއުފާ ދެއްވަނިކޮށް ދެން އެއޮންނަ އުސޫލުގެ މަތިން، ބަދަލުގައި އެހެން ބަޔަކު ހޮވައިގެން ކޮމިޝަނުން ކުރިއަށްދާނެ ކަމަށް އީސީގެ ރައީސް ފުއާދު ވިދާޅުވިއެވެ. އަދި ޖަލްސާއަށް ހާޒިރުވަޑައިނުގެން ގޭގައި ތިއްބެވުމަކީ އެބޭފުޅުންނަށް އޮތް އިޚްތިޔާރެއް ނޫން ކަމަށް ފުއާދު ވިދާޅުވިއެވެ.   

މީގެ މިކަމަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ބޮޑު ހުވައެއް ކުރައްވައިގެން ތިއްބަވާއިރު ކުރައްވަން ވަރަށް ޒިންމާދާރުކަން ކުޑަ އަދި ވަރަށް އަޚްލާޤީ ގޮތުންވެސް ދައްކަމެއް ކަމަށް ފުއާދު "ވޮއިސް" އާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.  

އީސީގެ މެމްބަރުން ކަމަށްވާ އަލީ ނަޝާތާއި މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު ފުއާދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ބައިވެރި ނުވުމަށް ނިންމެވީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ އެކަމުގެ ސަބަބު އެނގިލައްވަނީ އެބޭފުޅުން ނަށް ކަމަށެވެ.

 އެސުވާލަށް ޖަވާބު ދެއްވަމުން ފުއާދު އިތުރަށް ވިދާޅުވީ ފާޑުފާޑުގެ އެއްޗެހި ވިދާޅުވަނީ ޒިންމާދާރު ކަން ކުޑަވީމައި ކަމަށެވެ. އަދި ގޭތެރޭގައި މަސައްކަތް ކުރާއިރު "ތިތާންގަ މިވެނި ކުއްޖަކު ހުއްޓާ ތިމަންނާއެއް ނުދާނެ" ކަމަށް ބުނެވިދާނެ ކަމަށެވެ.  

އެކަމަކު އޮފީހެއްގައި އަދި ޚާއްސަކޮށް އިލެކްޝަންސް ކޮމިޝަންގައި، ރިޔާސީ އިންތިޚާބަށް ތިންމަސް ދުވަހަށް ވެފައި ވަނިކޮށް ރައީސަކަށް ހުންނަ މީހާ ބައިވެރިވާ ޖަލްސާއެއްގައި ބައިވެރިނުވާނަމޭ ބުނުމަކީ ވަރަށް ބަލައިނުގަނެވޭނެ ކަމެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

އީސީގެ ޖަލްސާއެއް ކުރިއަށް ގެންދެވޭނީ ކޮމިޝަންގެ ތިން ބޭފުޅަކު ޖަލްސާގައި ބައިވެރި ވެގެނެވެ. ނަމަވެސް ނަޝާތު، އާސިފް އަދި ޑރ ޒާހިރު ޖަލްސާތަކުގައި ބައިވެރި ނުވާނަމަ އީސީގެ ޖަލްސާތައް ކުރިއަކަށް ނުދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.