ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: އިންޓަނެޓް
ހަބަރު
22 Jun 2023 | 07:11
އާރަށު މައްސަލަ: ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތައް ހުށައަޅައިފި

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން ކުރި 11 އަހަރު ޖަލުހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.  

އިއްޔެގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހުށައަޅާ އިސްތިއުނާފީ ނުކުތާތައް ހުށައެޅުމެވެ. އެގޮތުން ޖުމްލަ 14 ނުކުތާތެއް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހައިކޯޓަށް ހުށައަޅާފަ އެވެ. 

ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައެޅި ނުކުތާތަކުގެ ތެރޭގައި ހިމެނެނީ؛

1. ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމުގެ މުއްދަތު ކްރިމިނަލް ކޯޓުން ނުގައިފައިވާ ގުޅޭގޮތުން ހުށައެޅި ނުކުތާ

2. އެކަށީގެންވާ ޝައްކެތް ނެތި ކުށުގެ ރުކުންތައް ދައުލަތުން ސާބިތުކޮށްފައި ނުވި ނަމަވެސް، ކުށްސާބިތުކޮށްދީފައިވާ ކަމަށް ބުނެ ހުށައެޅި ނުކުތާ

3. ކުށުގެ އުންސުރުތައް ނުބައިކޮށް މާނަކޮށް، ނުބައިކޮށް ތަތުބީގުކޮށް ކުށް ސާބިތުވާކަމަށް ބުނެ ހުށައަޅާފައިވާ ނުކުތާ

4. ސުޕްރިމް ކޯޓުގެ ބައެއް ގަޒިއްޔާތަކާއި، ހައިކޯޓުގެ ގަޒިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ކުށުގެ ބައިވެރިންނާއި، އަދާވާތްތެރިންގެ ހެކިބަސް ބަލައިގަތުމާއި ގުޅޭ އުސޫލުތަކާއި ޚިލާފަށް، އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ އިތުރުން އަހުމަދު ނާޒިމުގެ ހެކިބަސް ބަލައިގަނެ، ކުށް ސާބިތުކޮށްފައިވާ ކަމަށް ބުނެ ހުށައެޅި ނުކުތާ 

5. ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޚިލާފަށް ދައުލަތުން ހާމަކުރި ހެކިތައް ބަލައިގަނެ ކުށް ސާބިތުކުރުމުގައި އެ ހެކިތަކަށް ރިއާޔަތްކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ 

6. ދިފާއުން ހުށައަޅާ ހެކިންގެ ހެކިބަސް ނެގިފަހުން، އާ ހެކި ހުށައެޅުމަށް ދައުލަތަށް ފުރުސަތުދީ، ދިފާއުގެ ހެކިންނާއި ގުޅޭގޮތުން ސުވާލު އުފެއްދުމަށް ފުރުސަތު ދީފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ 

7. ޤާނޫނު ބަޔާންކުރުމާއި ނުލާ ދިފާއީ ބައެއް ހެކިންގެ ހެކިބަހަށް ބުރަދަން ނުދީ ބައެއް ހެކިން ދީފައިވަނީ ދޮގު ހެކި ކަމަށް ކަނޑައަޅާ ދިފާއުން ހެކި އުފައްދާފައިވާކަމަށް ބުނެ ނިންމާފައިވާ ނިންމުމާއި ގުޅިގެން ހުށައެޅި ނުކުތާ

8. ނާއީ އިޖުރާއަތުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ބ) ނުބައިކޮށް މާނަކޮށް ތަތުބީގުކޮށްފައިވާކަމަށާއި، ހަނު ހުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް މާނަކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ 

9. އެއްކުށެއްގެ އަމަލުން ފުރިހަމަވެގެންވާ އެހެން ކުށެއްގެ ދައުވާ ސާބިތުކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ

10. ދައުލަތުން ހުށައެޅި ބައެއް ހެކިތަކުގެ ޗެއިން އޮފް ކަސްޓަޑީ ބެލެހެއްޓިފައި ނެތްކަން ހާމަވާން އޮތް ނަމަވެސް ހެކިތަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭ ހެކިތަކެއް ބަލައިގެންފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ

11. ވ. އާރަށް ކުއްޔަށް ދޫކުރުމަށް ޓުއަރިޒަމް މިނިސްޓްރީއަށް ބަދަލުކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންފައި ނުވި ނަމަވެސް އެކަން ސާބިތުވާކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށައަޅާފައިވާ ނުކުތާ

12. ސުޕްރިމް ކޯޓުން ރައީސް ޔާމިނުގެ މައްސަލައިގައި ކުރިން ނިންމާފައިވާ ނިންމުމެއް ނުބައިކޮށް މާނަކޮށް ތަތުބީގުކޮށްފައިވާ ކަމަށް ބުނެ ހުށައެޅި ނުކުތާ 

13. ބައެއް ހެކިތައް ވަޒަންކުރުމުގައި ގާނޫނު ނުބައިކޮށް މާނަކޮށް އެ ހެކިތަކަށް ބުރަދަންދީ ރައީސް ޔާމިނުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށެއިޅު ނުކުތާ

14. ރައީސް ޔާމިނުގެ މައްޗަށް އާރަށު މައްސަލައިގައި އިއްވި ހުކުމާއި، ލިޔުމުގައި އޮތް ހުކުމުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ހުށައަޅާފައިވާ ނުކުތާ 

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާ ހުރިހާ ނުކުތާއެއް ވަނީ ހައިކޯޓަށް ހުށައަޅާފަ އެވެ. 

ދެން އޮންނާނީ އެ މައްސަލައިގައި ރައީސް ޔާމީން ހުށައަޅާފައިވާ ނުކުތާތަކާއި ގުޅިގެން ދައުލަތުން ޖަވާބުދާރީވުމެވެ. 

ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ އެ މައްސަލައިގެ އަޑުއެހުމެއް އީދު ބަންދުގެކުރިން މިއަދަށް ތާވަލުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. 

އެހެން ނަމަވެސް ފަނޑިޔާރު ނިންމެވީ މިހާރު އެ މައްސަލަ ކުރުއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އަދި ދެން އެންމެ އަވަހަށް އޮންނަ އަޑުއެހުމެއްގައި ދައުލަތަށް ޖަވާބުދާރީވާން ފުރުސަތުދީ މައްސަލައިގެ އަޑުއެހުންތައް ކުރުކޮށްލުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ކޯޓުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް