ޕާކިސްތާން ކޮޅަށް ލަނޑުޖެހުމަށް ފަހު ސުނިލް ޗެތުރީ އުފާފާޅުކުރަނީ
ކުޅިވަރު
21 Jun 2023 | 21:18
ސާފް ޗެމްޕިއަންޝިޕް2023: ޕާކިސްތާން 0-4 އިންޑިޔާ

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފްޗެމްޕިއަންޝިޕްގެ ކުޅުން މިއަދު ހަވީރު އިންޑިޔާގެ ބެންގަލޫރުގައި ފެށިއިރު، މުބާރާތުގެ ދެވަނަ މެޗުގައި އިންޑިއާ އާއި ޕާކިސްތާން ވާދަކުރި މެޗު 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އިންޑިޔާ އިން ކާމިޔާބުކޮށްފި އެވެ.

މިރޭގެ މެޗަށް ޕާކިސްތާނު ޓީމަށް އިންޑިއާއަށް އެތެރެވެވުނީ ރޭގެ ވަގުތެއްގައެވެ. އަދި ބެންގަލޫރަށް އާދެވުނީ މިއަދު ހެނދުނުގައެވެ. މިސަބަބާހުރެ މެޗު ފަސްކޮށްދިނުމަށް ޕާކިސްތާނުން އެދުނު ނަމަވެސް މުބާރާތް އިންތިޒާމްކުރާ ފަރާތުން ނިންމީ މެޗު ޝެޑިއުލް އާއެއްގޮތަށް ކުޅޭށެވެ. އެހެންކަމުން މިރޭގެ މެޗަށް ޕާކިސްތާނުން ނުކުތީ ދިގު ދަތުރަކަށްފަހު އެއްވެސް ވަރެއްގެ ރެސްޓެއް ނެތިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އިންޑިޔާ އިން މެޗު ޑޮމިނޭޓުކުރިއިރު، އެޓީމުން ވަނީ ފުރަތަަމަ ހާފުގެ 10 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީ އެވެ. މިއީ ޕާކިސްތާންގެ ކީއްޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އިންޑިޔާ އިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ވެސް ޗެތުރީ އެވެ. މިއީ ޕާކިސްތާންގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ. މިލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންޑިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އިންޑިޔާ އިން މެޗު ޑޮމިނޭޓުކުރިއިރު، މި މެޗުގައި އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 74 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކެޕްޓަން ސުނިލް ޗެތުރީ ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ޕާކިސްތާންގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ޗެތުރީއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ.

މިއީ ސާފު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ޗެތުރީ ކާމިޔާބުކުރި 21 ވަނަ ލަނޑެވެ. އަދި މިއީ އިންޑިޔާގެ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 90 ވަނަ ލަނޑެވެ.

މި މެޗުގައި އިންޑިއާ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފަހުހާފުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެންގަލޫރު އެފްސީގެ ފޯވާޑް އުދަންތާ ސިންގް އެވެ. މިއީ އިންޑިޔާގެ ފަހަތުން މަތިމަތިން ކުރިއަށް ކުޅުނު ބޯޅައެއް ޕާކިސްތާނުގެ ޕެނަލްޓީ އޭރިއާ ބޭރުން ކޮންޓްރޯލް ކުރުމަށް ފަހު ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން އިންޑިޔާ ކުރީގައި އޮވެގެންނެވެ.

މިރޭގެ މެޗަށް ޕާކިސްތާނު ޓީމަށް އިންޑިއާއަށް އެތެރެވެވުނީ ރޭގެ ވަގުތެއްގައެވެ. އަދި ބެންގަލޫރަށް އާދެވުނީ މިއަދު ހެނދުނުގައެވެ. މެޗު ފަސްކުރާނެ ވާހަކަތައް ކުރިން ދެއްކި ނަމަވެސް، ސާފުން ނިންމީ މެޗު ކުޅޭށެވެ. އެހެންކަމުން މިރޭގެ މެޗަށް ޕާކިސްތާނުން ނުކުތީ އެއްވެސްވަރެއްގެ ހަމަޖެހިލުމެއް ނެތި، ހަމަ ނިދިވެސް ނެތިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.