ނާއިޒް ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
22 Jun 2023 | 21:52
ފުރަތަަމަ މެޗުގައި ދިވެހިޓީމުގެ އަސްލުކުޅުން ނުދެއްކުނު ނަމަވެސް ފެށުން ރަނގަޅުކޮށްފި!

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފްޗެމްޕިއަންޝިޕް ގުރޫޕް ބީގެ ދެވަނަ މެޗުގައި ބޫޓާން އާއި ދެކޮޅަށް ދިވެހިޓީމު ކުޅުނު މެޗު ކީއްޕަރު ހުސެއިން ޝަރީފް ޝަރީފްގެ މޮޅު ކުޅުމާއެކު 2-0 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ފެށުން ދިވެހިޓީމުން ރަނގަޅުކޮށްފިއެވެ.

މިއަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދިވެހިޓީމު ވާދަވެރި މެޗެއް ކުޅެފައި ނެތުމުން މިރޭގެ މެޗުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން އެކަން ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ.

މިރޭގެ މެޗު ވަރަށް ކުރީކޮޅު ރާއްޖެއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ 6 މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު އެވެ. މިއީ ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ ހަމްޒާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ރާއްޖެއަށް ދިން ޕެނަލްޓީއެކެވެ.ރާއްޖޭގެ ލަނޑަށްފަހު ފުރަތަަމަ ހާފުގެ އެއްކޮށް ކަހަލަގޮތަކަށް މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ބޫޓާން އިންނެވެ. އެގޮތުން އެޓީމުން ގާތްގާތުގައި ރާއްޖޭގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި އިރު، ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ.

ރާއްޖޭގެ ފަހަތުންނާއި މެދުތެރެއިން ބޮޑެތި މިސްޓޭކްތައް ހަދަމުންދިޔައިރު، މިހާފުގައި ކުރިއަށް ކުޅުނު ބޯޅަތަކުގައި ގިނަ މިސް ޕާސްތަކެއް ފެނިގެންދިޔަ އެވެ. މި ހާފުގައި ރާއްޖެ ޓީމުން އެންމެ ރަގަޅަށް ކުޅުނީ ކީއްޕަރު ހުސެއިން ޝަރީފް އެވެ. އޭނާ ވަނީ މިހާފުގައި ބޫޓާނުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ބޫޓާން އިންނެވެ. ނަމަވެސް މިހާފުގައި ރާއްޖޭގެ ޓީމުން ބަދަލުތަކެއް ގެނެސް ޓީމުގެ އެޓޭކުތައް ކޮންމެ ވެސް ވަރަކަށް ރަގަޅުކުރިއެވެ. ނަމަވެސް މިހާފުގައި ވެސް ރާއްޖެ ޓީމުގެ ފަހަތާއި މެދުތެރެ ފެނުނީ ވަރަށް ޕުރެޝަރުގައި ކުޅެމުންދިޔަ ތަނެވެ. މުޅި މެޗުގައިވެސް ރާއްޖޭގެ ކުޅުންތެރިންނަށް ހަމަޖެހިލައިގެން ތިން ހަތަރު ޕާސް ޖަހާލާކަށް ބޫޓާނުން ފުރުސަތެއް ނުދެއެވެ.

މިހާފުގައި ވެސް ބޫޓާން އިން ރާއްޖެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާ އިރު، މެޗުގެ ފަހުކޮޅު އެޓީމުގެ ކުޅުންތެރިއަކު ރާއްޖޭގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް އަމާޒުވި ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި މެޗުގައި ރާއްޖެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނާއިޒު އެވެ. މިއީ އިބްރާހީމް އައިޝަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކީއްޕަރު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރާއްޖޭގެ ހަސަން ރާއިފް އަހުމަދު ގާތްގާތުގައި ކުރި ދެ ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މި ގުރޫޕްގައި މިއަދު ހަވީރު ބަންގްލަދޭޝް އާއި ލުބްނާ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލުބުނާން އެވެ. އަދި މުބާރާތުގެ ދެވަނަ މެޗުގައި އާދީއްތަ ދުވަހު ހަވީރު ދިވެހިރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.