ފޮޓޯ/ އިންޓާނެޓް
ހަބަރު
23 Jun 2023 | 13:51
ޢީދުގައި އުފާ ފާޅުކުރަންޖެހޭނީ އިސްލާމީ ހަމަތަކާއި، އަޚްލާގީ އިމުން ބޭރުނުވެ: ހުކުރު ޚުތުބާ

ޢީދު ދުވަހު އުފާ ކުރުމާއި އުފާ ފައުޅުކުރުމަކީ އިސްލާމްދީން ހުއްދަ ކުރައްވާފައިވާ ކަމެއް ނަމަވެސް، ޢީދު ކުޅިވަރުތައް ކުޅެ އުފާ ފައުޅުކުރަންޖެހޭނީ އިސްލާމީ ހަމަތަކާއި، އަޚްލާގީ އިމުން ބޭރު ނުވާގޮތަށް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

"އަރަފާތު ދުވަހުގެ މާތްކަން" މި މައުޟޫއަށް އަލިއަޅުވާލާފައިވާ މިއަދުގެ ޚުތުބާގައި ބުނީ، ހައްޖުގެ އަޅުކަމަށްފަހު އަންނަ އަޟުހާ ޢީދުގެ އުފާވެރި ދުވަސްތަކަކީ، ކެއިން ބުއިމާއި، ޒީނަތްތެރި ވުމާއި، ކުޅިވަރުކުޅެ އުފާ ފައުޅުކުރުމުގެ ދުވަސްތަކެއް ކަމަށެވެ. އެހެންނަމަވެސް އިސްލާމްދީނުގައި މިއިން ކޮންމެ މުނާސަބަތެއްވެސް ފާހަގަކުރެވެނީ މާތް الله އަށް ކުރެވޭ މަތިވެރި އަޅުކަމަކުން ކަމަށާއި އެއީ ޝުކުރުވެރިކަމާއެކު ކުރެވޭ ނަމާދެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން ޢީދު ނަމާދުގައި ކުދި، ބޮޑު، އަންހެން އަދި ފިރިހެނުންނާއި އެންމެން ކުރުން ސުންނަތްކަން ގަދަވެގެންވާ ނަމާދެއްކަމަށެވެ.

އަދި މީގެ އިތުރުން، ޢީދުގެ މި ދުވަސްތަކަކީ ގާތްތިމާގެ މީހުންނާއި، ރަހުމަތްތެރިންނަށް ޒިޔާރަތްކޮށް ތަހުނިޔާ ކިޔުމުގެ ދުވަސްތައް ކަމަށާއި، މިއީ އެކަކު އަނެކަކާއި ބައްދަލުކޮށް ހެޔޮ ދުއާކޮށް އުފާވެރިކަމުގެ ޝުޢޫރުތައް ފައުޅުކުރުމުގެ ދުވަސްތައް ކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މިއާއެކު މިއަދުގެ ޚުތުބާގައި ވަނީ ޢީދު ދުވަހު އުފާ ކުރުމާއި އުފާ ފައުޅުކުރުމަކީ އިސްލާމްދީން ހުއްދަ ކުރައްވާފައިވާ ކަމެއްކަން ފާހަގަކުރައްވައި، ޢީދު ކުޅިވަރުތައް ކުޅެ އުފާ ފައުޅުކުރަންޖެހޭނީ އިސްލާމީ ހަމަތަކާއި، އަޚްލާގީ އިމުން ބޭރު ނުވާގޮތަށްކަން ހަނދާންކޮށްދީފައެވެ. އަދި ހަމައެހެންމެ، ތިމާގެ އަމިއްލަ ނަފްސަށާއި، އެހެން މީހުންނަށްވެސް ގެއްލުމާއި އުނދަގޫ ނުވާގޮތަށް، އާއްމު މަސްލަހަތަށްޓަކައި ހެދިފައިވާ ގާނޫނާއި، ގަވާއިދު ތަކާއިވެސް ޚިލާފްނުވާގޮތަށް ޢީދު އުފާ ފައުޅުކުރުމަށް މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

"ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ހަމަކަށަވަރުން މާތް الله ކަންތައްތަކެއް ފަރުޟު ކުރައްވާފައިވެއެވެ. ފަހެ ތިޔަބައިމީހުން އެކަންތައްތަކާއިމެދު އިހުމާލު ނުވާހުށިކަމެވެ. އަދި އެކަލާނގެ އިންތަކެއް ކަނޑައަޅުއްވާފައިވެއެވެ. ފަހެ ތިޔަބައިމީހުން އެ އިންތައް ފަހަނައަޅައި ނުދާ ހުށިކަމެވެ. އަދި އެކަލާނގެ ކަންތައްތަކެއް ހަރާމް ކުރައްވާފައިވެއެވެ. އެ ކަންތައްތަކަށް ތިޔަބައިމީހުން އަރައި ނުގަންނަ ހުށިކަމެވެ. އަދި އެކަލާނގެ ހަނދުމަނެތިވޮޑިގަތުމަކާނުލައި ތިޔަބައިމީހުންނަށް ރަހުމަތެއްގެ ގޮތުން ކަންތައްތަކެއް ބަޔާން ނުކުރައްވައި ދޫކޮށްލާފައިވެެއެވެ. ތިޔަބައިމީހުން އެކަންކަން ހޯދަން ނޫޅޭށެވެ."" ހުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ޚުތުބާގައި އިތުރަށް ބުނީ، ޢަރަފާތު ދުވަހަކީ ހައްޖުގެ އެންމެ މުހިއްމު ރުކުން އަދާކުރާ ދުވަސް ކަމަށާއި، ޢަރަފާތު ދުވަހު ހައްޖުވެރިން ޢަރަފާތުގައި ތިބެ الله ގެ ރަޙްމަތާއި ދިންނެވުމަށް އެދި ދުއާކުރާނެ ކަމަށެވެ. އެގޮތުން މިދުވަހު ގިނަގިނައިން ފާފަ ފުއްސެވުން އެދި الله ގެ ހަޞްރަތުގައި ދުއާ ދެންނެވުމަށް އަންގާފައިވާ ކަމަށާއި، ޢަރަފާތު ދުވަހަކީ ދުއާ އިޖާބަކުރައްވާ ދުވަހެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.