ޗެލްސީގެ ޑިފެންޑަރު ސެޒާ އަޒްޕިލިކުއޭޓާ
ކުޅިވަރު
24 Jun 2023 | 01:35
ޗެލްސީގެ ޑިފެންޑަރު ސެޒާ އަޒްޕިލިކުއޭޓާ އިންޓަ މިލާނަށް!

ޗެލްސީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެކުލަބުގެ ލެޖެންޑް ސެޒާ އަޒްޕިލިކުއޭޓާ އެޓީމު ދޫކޮށް އިޓަލީގެ އިންޓަމިލާން ބަދަލުވުމަށް އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ޑިފެންޑަރަށް އިންޓަ މިލާނުން ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށަހަޅާފައިވާއި މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި މިހާރު އިންޓަ މިލާނާއި އެކު ސެޒާ އަޒްޕިލިކުއޭޓާ އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާއިރު، ޗެލްސީ އިން ވެސް ވަނީ އޭނާގެ ކޮންޓްރެކްޓުގައި ބާކީ އެއްއަހަރު އޮއްވައި އިންޓައަށް ދޫކޮށްލުމަށް އެއްބަސްވެފައެވެ.

ޗެލްސީ އިން އެއްބަސްވެފައިވާ ގޮތަށް ސެޒާ އަޒްޕިލިކުއޭޓާގެ އެއްބަސްވުން އުވާލުމާއެކު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މިލާނުގައި އޭނާގެ މެޑިކަލް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

2012 ވަނަ އަހަރު ފްރާންސްގެ މާސޭ އިން 7 މިލިއަން ޕައުންޑްގެ ޓްރާންސްފާ އެއްގައި ޗެލްސީއަށް ބަދަލުވި ސްޕެނިޝް ޑިފެންޑަރު 2022 ވަނަ އަހަރު އެކުލަބުގެ އެއްބަސްވުން އައު ކޮށްފައިވާއިރު، މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޗެލްސީ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސެޒާ އަޒްޕިލިކުއޭޓާ ވަނީ އެކުލަބުގައި އޭނ ހޭދަކުރި 12 އަހަރުގެ ތެރޭގައި ޗެލްސީއަށް 508 މެޗު ކުޅެދީ 17 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން އޭނާ ވަނީ އެކުލަބާއި އެކު ޔުއެފާ ޗެންޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް، ޔުއެފާ ޔޫރޮޕާ ލީގު ދެފަހަރު ޕްރެމިއާ ލީގު ދެ ފަހަރު، އެފްއޭކަޕް، ލީގު ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.