ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ތުރުކުމެނިސްތާން އާއި ދެކޮޅަށް 2022 ވަނަ އަހަރު ކުޅުނު މެޗުގެ ކުރިން
ކުޅިވަރު
24 Jun 2023 | 04:07
ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި އޭޝިއާގެ އެންމެ ކާމިޔާބު ޓީމު އީރާން އާއި ދިވެހިރާއްޖެ އެއް ގްރޫޕެއްގައި!

17 ވަނަ އޭއެފްސީ އޭޝިއަން ކަޕް ފުޓްސަލް މުބާރާތް ގެ ކޮލިފައިންގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި އެންމެ ފަހުގެ ރަނަރަޕް އިރާނާއި ދިވެހިރާއްޖެ އެއް ގުރޫޕެއްގައި ހިމެނިއްޖެއެވެ.

2024 ވަނަ އަހަރުގެ އޭޝިއަން ކަޕް ފުޓްސަލް މުބާރާތް ބާއްވާނެ ގައުމެއް އަދި ކަނޑައަޅާފައި ނުވާއިރު، މުބާރާތް ބޭއްވުމަށް މޮންގޯލިއާ، އިންޑޮނޭޝިޔާ، އުޒްބެކިސްތާނުގެ އިތުރުން އީރާނުން ވަނީ ފައިނަލް ބިޑް ހުށަހަޅާފައިވެ.

އޭޝިއަން ކަޕް ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި އޭޝިއާގެ 31 ގައުމަކުން ވާދަކުރާއިރު، ކޮލިފައިންގ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 8 ގުރޫޕަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި 7 ގުރޫޕެއްގައި 4 ޓީމު ހިމެނޭއިރު އަނެއް ގުރޫޕްގައި ހިމެނެނީ ތިން ޓީމެވެ.

ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތަށް ކޮލިފައިވާއިރު، ރާއްޖޭ ހިމެނުނީ ގުރޫޕް ސީގައެވެ. މިގުރޫޕްގައި ރާއްޖެއާއި އީރާނުގެ އިތުރުން ފެން ހިމެނެނީ ލެބަނަން އަދި ކިރިގިސްތާން އެވެ. އަދި މި މުބާރާތުގައި އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ފަސް ޓީމަކަށް 2024 ވަނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ ފީފާ ފުޓްސަލް ވޯލްޑްކަޕުން ފުރުސަތު ލިބިގެން ދާނެއެވެ.

އޭޝިއަން ކަޕް ފުޓްސަލް މުބާރާތް މިހާތަނަށް 16 ފަހަރެއްގެ މަތިން ބާއްވާފައިވާއިރު، މި މުބާރާތް މިހާތަނަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ދެ ގައުމަށެވެ. އެއީ އިރާން ގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ޖަޕާން އެވެ.

އީރާނުން މި މުބާރާތް ޖެހިޖެހިގެން 07 ފަހަރު ކާމިޔާބުކުރިއިރު، ޖުމްލަ 12 ފަހަރަށް ޗެމްޕިއަންކަން ހޯދާފައިވެއެވެ. އަދި މީގެ އިތުރުން މިހާތަނަށް ބޭއްވި އެއްވެސް މުބާރާތެއްގައި ގަދަ ހަތަރެއްގައި އެޓީމު ނުހިމެނި ނުދެއެވެ.

ޖަޕާނުން މި މުބާރާތުގެ ޗެމްޕިއަންކަން 4 ފަހަރަށް ހޯދާފައި ވާއިރު އެންމެ ފަހުން ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދީ ފައިނަލުގައި އީރާން ބަލިކުރުމަށްފަހުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.