ތުރުކިޔޭގައި ހަދާފައިވާ ކޮންޓެއިނާ ގެތައް--
ހަބަރު
24 Jun 2023 | 09:31
ތުރުކިޔޭ ބިންހެލުން: ދިވެހިންގެ އެހީގައި ހެދި ވަގުތީ 30 ގޭގެ މަސައްކަތް ނިންމާލައިފި

ތުރުކިޔޭ-ސީރިޔާއަށް ސިލްސިލާކޮށް އައި ބާރުގަދަ ބިންހެލުން ތަކުގައި ގެދޮރު ގެއްލުނު މީހުންނަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށް، ދިވެހިންގެ އެހީގައި، ހެދި 30 "ކޮންޓެއިނާ ހައުސް" ގެ މަސައްކަތް ނިންމާލައި، އެ ގެ ތަކަށް މީހުން ވަންނަން ފަށައިފި އެވެ. 

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބިންހެލުންތަކުގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 50,000 އަށް ވުރަ ގިނައިރު، ބިންހެލުމުގައި ފުރާނަ ސަލާމަތްވި ނަމަވެސް، ބޯހިޔަލެއް، ފެނެއް، ކަރަންޓެއް، ތެލެއް، ކާނެ އެއްޗެއް ނުލިބި ހާލުގައިޖެހުމުގެ ސަބަބުން އެތައް ބަޔަކު މަރުވެދާނެ ކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯ އިން މީގެ ކުރިން ވަނީ ދީފަ އެވެ. 

އެފަދަ ފަރާތްތަކަށް، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ތުރުކިޔޭ ސަރުކާރުން ކުރަމުން އަންނައިރު، ދިވެހިރާއްޖޭގައި ހުންނަށް ތުރުކިޔޭ ކޮންސިއުލޭޓް ގެ އެދުމުގެ މަތިން، އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން އެކަމުގައި ތުރުކިޔޭ ސަރުކާރަށް ދަނީ އެހީ ފޯރުކޮށްދެމުންނެވެ. 

އެކަމާއި ގުޅޭ އެންމެ ފަހުގެ އަދާހަމަ ދެއްވަމުން، އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު އަލީ (އަދީން) ވިދާޅުވީ، ތުރުކިޔޭ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖެހެންދެން، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދިވެހިންގެ އެހީގައި، 30 ކޮންޓެއިނާ ގެ އެޅުމަށް ސްޕޮންސާ ކޮށްފައިވާ ކަމަށެވެ. އަދި އެ 30 ގޭގެ ތެރެއިން ގިނަ ގެތަކަށް މިހާރު މީހުންވެސް ވަދެފައިވާކަން އަދީން ފާހަގަކުރެއްވިއެވެ. 

މިއާއެކު އަދީން ވިދާޅުވީ، ތުރުކިޔޭގެ އިތުރުން ބިންހެލުމުގައި ގެއްލުންވި ސީރިޔާގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އައިއޭސީން ފަށައި ކުރިއަށްދާ ކަމަށެވެ. 

ކޮންޓެއިނާ ގެތައް ހުންނަ ސަރަހައްދު--ފޮޓޯ/ އައިއޭސީ

"ސީރިޔާގެ ރައްޔިތުންނަށް ޚާއްސަކޮށް ދާއިމީ ބޯހިޔާވަހިކަން، ތުރުކިޔޭ ގެ މި ކޮންޓެއިނާ ހައުސް ވެސް މިއީ ވަގުތީ ބޯހިޔާވަހިކަން. އެހެން ނަމަވެސް، ދެތިން އަހަރު ރައްޔިތުންނަށް އޭގައި ތިބެވޭނެ. ސީރިޔާގައި، ދާއިމީ ބޯހިޔާވަހިކަމުގެ ގޮތުގައި 40 އެޕާޓްމަންޓް ގެ ބިލްޑިންގ ތަކެއް، ހަތަރު ބިލްޑިންގ އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އަދި ބައެއް އެޕާޓްމަންޓްތައް އެއްކޮށް ނިމި، ޢާއިލާތައް ވެސް ވަނީ ވަދެފައި." އަދީން ވިދާޅުވި އެވެ. 

އަދީން އިތުރަށް ވިދާޅުވީ، ކޮންޓެއިނާ ގެތައް ހުރި ވިލެޖަށް އައިއޭސީގެ ޗެއާމަން އަހުމަދު އިގްބާލް އާއި އޭނާ ޒިޔާރަތް ކޮށް، އެ ކޮންޓެއިނަރ ގެތައް މޮނިޓަރ ކޮށްފައިވާ ކަމަށެވެ. އެގޮތުން، ބެލި ބެލުމުން ބައެއް ކޮންޓެއިނާ ގެތަކުގައި ޝަވަރ ކާޓެއިން ނެތް ކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮންޓެއިނާ ގެތައް މޮނީޓަރ ކުރުމުގައި އައިއޭސީގެ ޓީމް--ފޮޓޯ/ އައިއޭސީ 

"އެހެންކަމުން އެ ހިސާބުގެ މޭޔަރ، ރިކުއެސްޓް ކުރީ އެކަމަށް އެހީވުމަށް. އެހެންވީމާ އައިއޭސީން ވަނީ ހުރިހާ ކޮންޓެއިނާ ގެތަކެއްގައި ޝަވަރ ކާޓެއިން ހަރުކުރުމަށް ސްޕޮންސަރ ކޮށްފައި. އެއީ 1000 ޝަވަރ ކާޓެއިން. މިއީ ދިވެހި ރައްޔިތުންގެ އެހީގައި ތުރުކިޔޭ ރައްޔިތުންނަށް ދެވުނު އެހީއެއް." އަދީން ވިދާޅުވި އެވެ.

އަދީން ވިދާޅުވީ، އަދިވެސް ބިންހެލުމާއި ގުޅިގެން ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތައް ތިބި ކަމަށާ، އެހެންކަމުން، އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، ދިރިއުޅުން އާރާސްތުކުރުމަށް ތުރުކިޔޭ އެމަޖެންސީ ރިލީފް ފަންޑުގެ އެހީގައި މަސައްކަތް ކުރައްވަމުންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.