ރިޔާސީ ކެނޑިޑޭޓުންގެ އެޕްލިކޭޝަންތައް ބަލައިގަންނާނީ ޖުލައި 23 ފެށިގެން:އީސީ
ރިޔާސީ ކެނޑިޑޭޓުންގެ އެޕްލިކޭޝަންތައް ބަލައިގަންނާނީ ޖުލައި 23 ފެށިގެން އޮގަސްޓު 7 ވަނަ ދުވަހާއި ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން މީޑިއާ އަށް ފޮނުއްވެވި މެސެޖެއްގައި ބުނެފައިވަނީ
ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން، އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް، އީސީ އިން ބަލައިގަންނާނީ، ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން، އޮގަސްޓް 7 ވާ ހޯމަދުވަހު ގެ ނިޔަލަށް ކަމަށެވެ.
މީގެ އިތުރުން އީސީ އިން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ގާނޫނަށް، (އެޕްލިކޭޝަން ބަލައިގަތުުގެ މުއްދަތަށް) ގެނައި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ މުހިންމު ތާރީޚުތައް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށްވެސް އެކޮމިޝަނުން ބުނެފައިވެއެވެ.
އަދި ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ވާ ބުދަދުވަހު ކަމަށް ވެސް އީސީ އިން ބުނެފައިވެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 9 ގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists