ސާޖިއޯ ބުސްކެޓްސް
ކުޅިވަރު
24 Jun 2023 | 09:26
ބުސްކެޓްސް ވެސް އިންޓަ މިއާމީއަށް!

ތަޖުރިބާކާރު މިޑްފިލްޑަރު ސާޖިއޯ ބުސްކެޓްސް، އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ބަދަލުވާން އެކުލަބާއިއެކު އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބާސެލޯނާއިން ސީނިއާ ކެރިއަރު ފެށި ބުސްކެޓްސްއަށް އެކުލަބުގެ ކެޕްޓަން ބޭންޑު ލިބުނީ 2021 ވަނަ އަހަރު އޭރުގެ ކެޕްޓަން ލަޔޮނަލް މެސީ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމާއި އެކު އެވެ. ބުސްކެޓްސް ވަނީ އޭނާ ބާސެލޯނާގައި ހޭދަކުރި 15 އަހަރުތެރޭގައި  އެކުލަބަށް ކުޅެދިން 722 މެޗުގައި 18 ލަނޑު ކާމިޔާބުކޮށްދިނީ، ބާސެލޯނާގެ ޖާޒީގައި 32 ތަށި ކާމިޔާބުކޮށްފައެވެ.

އުމުރުން 34 އަހަރުގެ ބުސްކެޓްސް ބާސެލޯނާ ދޫކޮށްލަން ނިންމީ އެކުލަބުގައި ކާމިޔާބު 15 އަހަރު ހޭދަކުރުމަށްފަހުއެވެ. އަދި ނިމިދިޔަ ސީޒަން ނިމުމާއެކު ބާސެލޯނާ ދޫކޮލުމަށް ނިންމާފައިވާ އެޓީމުގެ ކެޕްޓަން އިންޓަ މިއާމީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

އިންޓަ މިއާމީއަށް ބަދަލުވާން އޭނާ ނިންމިއިރު، ސައޫދީ ޕްރޯ ލީގުގެ ކުލަބުތަކުންވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތްކޮށްފައެވެ. އިންޓަ މިއާމީން ވަނީ އެކުލަބުގެ ޓުވިޓާ އެކައުންޓު މެދުވެރިކޮށް، ބުސްކެޓްސް އެ ކުލަބާއި ގުޅެން އުޅޭކަން އިއުލާންކޮށްފައެވެ. އެ ކުލަބުން އާންމުކޮށްފައިވާ ވީޑިއޯގައިވަނީ؛ މެސީ، ލުކާ މޮޑްރިޗް، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ފަދަ ފުޓްބޯޅައިގެ ލެޖެންޑުން ބުސްކެޓްސްއާއި ގުޅޭގޮތުން ބުނެފައިވާ ވާހަކަތަކެވެ.

އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ އިންޓަ މިއާމީއަށް ބަދަލުވާން ބުސްކެޓްސް ނިންމި މައިގަނޑު ސަބަބަކީ، ބާސެލޯނާގައި އެކީގައި ގިނަދުވަސްތަކެއް ވަންދެން ކުޅުނު ގާތް ރަހުމަތްތެރިއެއް ކަމަށްވާ ލިއޮނަލް މެސީއާ އެއް ޓީމަކަށް ކުޅުން ކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.