ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ޕްރެކްޓިހުގައި
ކުޅިވަރު
24 Jun 2023 | 13:33
ބޫޓާން މެޗުގައި ދެއްކި ކުޅުން ކުޅެގެން ދިވެހިޓީމަށް ބަންގްލަދޭޝް ބަލިކުރެވިދާނެތަ؟

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފްޗެމްޕިއަންޝިޕް 2023 ގެ ގުރޫޕް ބީގައި މާދަމާ ހަވީރު ދިވެހިރާއްޖެ އާއި ދެކޮޅަށް ބަންގްލަދޭޝް ކުޅޭ މެޗަކީ މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި ދެޓީމަށް ވެސް މޮޅުވުން މަޖުބޫރު މެޗެކެވެ.

މިގުރޫޕްގެ ފުރަތަަމަ މެޗުގައި ލުބުނާން އަތުން ފަހުވަގުތު 2-0 ގެ ނަތީޖާއަކުން ބަންގްލަދޭޝް ބަލިވިއިރު، މިގުރޫޕްގެ ދެވަނަ މެޗުގައި ދިވެހިޓީމު ވަނީ ބޫޓާން އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި މުބާރާތުގައި މި ދެޓީމުން ދެއްކި ކުޅުމަށް ބަލާއިރު، ލުބުނާން މެޗުގެ ފަހު 10 މިނެޓާއި ހަމައަށް ބަންގްލަދޭޝް އިން ވަނީ ރޭވުންތެރިކަމާއެކު ވާދަވެރި ކުޅުމެއް ދައްކައިދީފައެވެ. ފީފާ ރޭންކިންގައި މި ސަރަހައްދުގެ ގައުމުތަކަށް ވުރެ ކުރީގައި އުޅޭ ލެބަނަން އިން ބަންގްލަދޭޝް ކޮޅަށް ޖެހި ދެ ލަނޑަކީ އެޓީމުގެ ފަހަތުން ހެދުނު ދެ މިސްޓޭކެއްގެ ފައިދާ ނަގައި އެޓީމުން ކާމިޔާބުކުރި ދެލަނޑެވެ.

ރާއްޖެއާއި ބޫޓާން ވާދަކުރި މެޗުގައި ދިވެހި ޓީމުގެ ފަރާތުން މިއިން ދުވަހަކު ވެސް ނުފެންނަ ވަރުގެ ދަށް ކުޅުމެއް ފެނިގެންދިޔަ އިރު، ބޫޓާންގެ ފަރާތުން ފެނިގެންދިޔައީ އާދަޔާޚިލާފު މޮޅުކުޅުމެކެވެ.

2-0 ގެ ނަތީޖާއަކުން ދިވެހި ޓީމު މޮޅުވި ނަމަވެސް މި މެޗުގެ ތަފާތު ހިސާބުތަކަށް ބަލާލުމުން މި މެޗުން ދިވެހި ޓީމަށްވުރެން މޮޅު ކުލުމެއް ދައްކާފައިވަނީ ބޫޓާނުންނެވެ. އެގޮތުން މި މެޗުގައި ބޫޓާނުން ރާއްޖޭގެ ގޯލަށް 24 ހަމަލާއެއް ފޮނުވާލާފައި ވާއިރު ރާއްޖޭގެ ޓީމަށް ތަނަވަސްކުރެވިފައި ވަނީ 9 ފުރުސަތެވެ.

ކޮވިޑްގެ ސަބަބުން ދެ އަހަރެއްހާ ދުވަހު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެ އޮތުމަށްފަހު މި އަހަރު އަލުން ފުޓްބޯޅަ ކުޅެންފެށި ބޫޓާންގެ ޓީމާއި ދެކޮޅަށް ރާއްޖޭގެ ޓީމުން ދެއްކި ކުޅުން ދިފާއުކޮށް މެޗަށްފަހު ރާއްޖޭގެ ކޯޗު ވަނީ ވާހަކަ ދައްކާފަ އެވެ.

ނަމަވެސް ހަގީގަތަކީ އެމެޗުގައި ދިވެހިޓީމުގެ ފަރާތުން ޕޮޒިޓިވްކޮށް ފެނުނު ހަމައެކަނި ކަމަކީ ލިބުނު ދެ ފުރުސަތުގައި ލަނޑުޖެހުމުގެ އިތުރުން ގޯލްކީޕަރުގެ ފަރާތުން ފެނިގެންދިޔަ އުންމީދީ ކުޅުމެވެ. ބޫޓާނަށް ވުރެ ހުރިހާގޮތަކުން ވެސް މޮޅު ބަންގްލަދޭޝް އާއި ދެކޮޅަށް މާދަމާ ހަވީރު ކުޅޭ މެޗަށް ނުކުންނައިރު ދިވެހިޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވެސް އެއީއެވެ.

ރާއްޖެއާއި ބަންގްލަދޭޝްގެ ކުރިމަތިލުންތަކަށް ބަލާއިރު އެންމެ ފަހު މިދެޓީމު 2022 ވަނަ އަހަރު މާޗު 24 ވަނަ ދުވަހު ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދިވެހިޓީމެވެ. ނަމަވެސް 2021 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުނު މަހިންދުރަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް އިންޓަނޭޝަނަލް ފުޓްބޯޅަ ޓޯނަމެންޓްގައި އެޓީމު ވަނީ 18 އަހަރަށް ފަހު ފުރަތަަމަ ފަހަރަށް ރާއްޖެ މައްޗަށް ކުރި ހޯދާފައެވެ. އެ މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް ދިވެހި ކުޅުންތެރިންގެ އިންޑިވިޖުއަލް ހުނަރާއި ހިއްވަރުން ބަންގްލަދޭޝް އަކީ ދިވެހިޓީމަށް ބަލި ނުކުރެވޭނެ ވަރުގެ ޓީމެއް ނޫނެވެ. ސުވާލަކީ މާދަމާގެ މެޗުގައި ބޫޓާން މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ދިވެހިޓީމުގެ އަސްލު ފެންވަރު ބަންގްލަދޭޝް އާއި ދެކޮޅަށް ދެއްކިދާނެތޯއެވެ.

އަޅުގަނޑުމެން ހުރިހާ ދިވެހިންގެ ދުޢާ އަކީ ވެސް މާދަމާގެ މެޗުން ވެސް ދިވެހިޓީމަށް ފުރިހަމަ ކާމިޔާބެއް މިންވަރުކޮށްދެއްވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.