ވުހާން ލެބޯޓަރީ
ދުނިޔެ
24 Jun 2023 | 14:54
ކޮވިޑް ފެށުނީ ވުހާން ލެބުންކަމަށް ބެލެވޭނެ ހެއްކެއް ނެތް: އެމެރިކާ

ކޮވިޑް ފެށުނީ ވުހާންގެ ލެބުންކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިން ބުނެފިއެވެ.

އެމެރިކާއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ހިނގި ހާދިސާއަކުން ކޮވިޑް-19 ގެ ބަލިމަޑުކަން އުފެދުނު ކަމުގެ ސީދާ އެއްވެސް ހެއްކެއް އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ފެނިފައި ނުވާ ކަމަށެވެ 

ހަތަރު ސަފްޙާގެ މިރިޕޯޓުގައި  ބުނެފައިވަނީ ކޮވިޑް ފެށިގެންދިޔައީ ވުހާންގެ ލެބުން ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވަކަމަށެވެ. އަދި ކޮވިޑްގެ ފެށުމަކީ ކޮބައިކަން އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.

އޯޑީއެންއައިގެ ރިޕޯޓުގައި ބުނެފައި ވަނީ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ އާއި އެހެން އެޖެންސީއަކަށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަސްލު ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި ދެ ހައިޕޮތެސިސް ވެސް ބަރޯސާވަނީ މުހިންމު ހީތަކެއްގެ މައްޗަށް ކަމަށް ވާތީ ދެބަސްވާ ރިޕޯޓިންތަކާ އެކު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ވޫހާން އިންސްޓިޓިއުޓް (ޑަބްލިއުއައިވީ) ގައި ކޮރޯނާވައިރަހާ ބެހޭ ގޮތުން ބޮޑެތި މަސައްކަތްތަކެއް ކުރި ނަމަވެސް، ބަލި ފެތުރެން މެދުވެރިވި ކަމަށް ބެލެވޭ ވަކި ހާދިސާއެއްގެ ހެއްކެއް އެ އެޖެންސީތަކަށް ފެނިފައި ނުވާ ކަމަށެވެ.

"ޕެންޑެމިކްގެ ކުރިން ޑަބްލިއުއައިވީގެ ރިސާޗް ހޯލްޑިންގްސްގައި ސާސްކޯވް-2 ނުވަތަ ގާތް ޕްރޮޖެނިޓަރެއް ހިމެނޭ ކަމުގެ އެއްވެސް އިޝާރާތެއް އަދި ކޮވިޑް ޕެންޑެމިކްގެ ކުރިން ޑަބްލިއުއައިވީގެ މުވައްޒަފުންގެ މެދުގައި ދިރާސާތަކާ ގުޅުންހުރި ވަކި ހާދިސާއެއް ހިނގާފައިވާ ކަމުގެ ސީދާ އެއްވެސް ހެއްކެއް އަދި ވެސް ނެތް ކަމަށް ރިޕޯޓުގައިވެއެވެ.

މި ރިޕޯޓާއި ގުޅިގެން ދުނިޔޭގެ ޗައިނާއަށް ކުރަމުން ދިޔަ ތުހުމަތުތަކަށް ލުޔުއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.