ރުބެން ނެވޭސް
ކުޅިވަރު
24 Jun 2023 | 16:37
ބާސެލޯނާގެ ހުށަހެޅުމަށް ނޫނެކޭ ބުނެ ރުބެން ނެވޭސް ވެސް ސައުދީ ލީގަށް!

ޕްރިމިއާ ލީގުގެ ވުލްވްސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރ ރުބެން ނެވޭސް ސައުދީ ލީގުގެ އަލް ހިލާލް އަށް ވިއްކާލަން އެ ކުލަބުން ނިންމައިފިއެވެ.

މިދިޔަ ސީޒަންގައި ވުލްވްސްގެ ކެޕްޓަންކަން ކުރި އުމުރުން 26، އަހަރުގެ ނެވޭސް އަލް ހިލާލް އަށް ވިއްކާލަން އެ ކުލަބުން ނިންމާފައި ވަނީ ކްލަބުގެ ރެކޯޑް ފީއަކަށެވެ. މީޑީއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ނެވޭސް އަލް ހިލާލަށް ވިއްކާލަނީ 47 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ.

ސައުދީ ލީގުގެ ޓީމްތަކުން އަންނަނީ ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ކުޅުންތެރިންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާ އާއި ޗެލްސީގެ އެންގޯލޯ ކާންޓޭ ވަނީ ސައުދީ ލީގުގެ އަލް އިއްތިހާދަށް ބަދަލުވެފައެވެ. ނެވޭސް މިއީ ޔޫރަޕްގެ ބޮޑެތި ލީގުގެ ޓީމްތަކުން ސައުދީ ލީގަށް މި ޓްރާންސްފާ މާކެޓްގައި ބަދަލުވި ތިންވަނަ ކުޅުންތެރިޔާއެވެ. މިވަގުތު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅެމުން އަންނަނީ ސައުދީ ލީގުގައެވެ.

ނެވޭސް ސައުދީ ލީގަށް ބަދަލުވާން ނިންމާފައި މިވަނީ ވުލްވްސްއާއި އެކު ހަދާފައިވާ އެއްބަސް ވުމުގައި ބާކީ އެއް އަހަރު އޮއްވައެވެ. ނެވޭސް ވުލްވްސްއާއި ގުޅުނީ 2017 ވަނަ އަހަރު ޕޯޗުގަލްގެ ޕޯޓޯއިންނެވެ. އޭނާ ވަނީ ވުލްވްސްއަށް 253 މެޗު ކުޅެދީ 30 ލަނޑު ޖަހާފައެވެ.

ނެވޭސް އަލް ހިލާލަށް ބަދަލުވާން ނިންމީ އޭނާގެ ސޮއި ހޯދުމަށް ސްޕެއިންގެ ބާސެލޯނާގެ އިތުރުން ޔޫރަޕުގެ ބޮޑު ބައެއް ކުލަބުތަކުން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.