އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު: ފޮޓޯ / ސަން
ހަބަރު
25 Jun 2023 | 10:13
"އިލެކްޝަންސް ކޮމިޝަންގެ ވާޖިބު އަދާކުރުމަށް ނުކުޅެދިއްޖެ؛ މިއީ މެންބަރުންނަށްވެސް ހުތުރެއް"

އިލެކްޝަންސް ކޮމިޝަންގެ ވާޖިބު އަދާކުރުމަށް އެ ކޮމިޝަން ނުކުޅެދިފައިވާ ކަމަށާ، އެއީ ކޮމިޝަންގެ ރައީސްގެ އިތުރުން މެންބަރުންނަށްވެސް ހުރި ހުތުރެއް ކަމުގައި، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީ މެންބަރުން އެ ޕާޓީން ކެނޑި އައު ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ލައި، 3000 އަށްވުރެ ގިނަ މެންބަރުންގެ ސޮއި ހޯދުމަށްފަހު ރެޖިސްޓާރ ކުރުމަށް، ވެސް ވަނީ ހުށަހަޅާފައެވެ.

އަދި އެ ޕާޓީއަށް ހުއްދަ ދިނުމަށް ފާއިތުވި ހަފްތާގައި ބޭއްވި ޖަލްސާގައި، ހުއްދަ ދިނުމަށް ފާސްނުވީ ދެ މެމްބަރަކު އެކަމަށް ދެކޮޅު ހެއްދެވުމުންކަމަށް ފުއާދު ތައުފީގް ވަނީ ކުރިން ވިދާޅުވެފައެވެ. އަދި އެ ދެ މެމްބަރުންނަކީ އެކޮމިޝަނުގެ މެމްބަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފް ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.

ފުއާދު އެފަދައިން ވިދާޅުވުމާއި ގުޅިގެން، ނަޝާތުއާއި އާސިފް ވަނީ، ފުއާދު ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައި ކޮމިޝަންގެ ޖަލްސާ ތަކުގައި ބައިވެރިވާން ދެކޮޅު ހައްދަވާފައެވެ.

ކޮމިޝަނުގެ އެއް މެމްބަރު މިވަގުތު ހައްޖުގެ އަޅުކަމުގައި މައްކާގައި ހުންނެވުމުން ކޮމިޝަނުގެ އެ ދެ މެމްބަރުން ޖަލްސާތަކުގައި ބައިވެރިވުމަށް ދެކޮޅު ހައްދެވުމުން ދަ ޑިމޮކްރެޓްސް ރެޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަވެ އެކަމަށް ދޭންޖެހޭ ހުއްދަ ދިނުމަށް އެޖެންޑާކޮށްފައިވާ ޖަލްސާވެސް ކޯރަމް ހަމަ ނުވެގެން ވަނީ ނުބޭއްވިފައެވެ.  

އެކަމާއި ގުޅިގެން "ސީއެންއެމް" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފުއާދު ވަނީ، ޑިމޮކްރެޓްސް ރެޖިސްޓާރ ކުރުމަށް ޗެކް ކުރަންޖެހޭ ހުރިހާ ކަމެއް ޗެކް ކޮށް ނިމިފައިވާ ކަމަށެވެ. އެހެން ނަމަވެސް, ދެ މެންބަރުން ޖަލްސާގައި ބައިވެރިވާން ދެކޮޅު ހައްދަވާތީ ޖަލްސާތައް ނުބޭއްވި، ކޮމިޝަންގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ކޮމިޝަންގެ ހުރިހާ މެންބަރުންނަށްވެސް ހުރި ހުތުރެއް ކަމަށް ވިދާޅުވި އެވެ. 

އާދީއްތަ ދުވަހާއި ހަމައަށް އަޅުގަނޑުމެން ކުރަންވީ ޗެކްތަކެއް އޮތީ ކޮށް ނިމިފައި، އަދި އިތުރަށް އެކަމަކު، އެހެން ބޭފުޅުން ބޭނުންވީ އިތުރު ޗެކެއް ކުރަން. އެ ޗެކުވެސް ކޮށް މިހާރު މިވަނީ ނިމިފައި. އެކަމަކުވެސް މި ޖަލްސާ އަށް ބައެއް ބޭފުޅުން ވަޑައިނުގަތުމުގެ ސަބަބުން މިވަނީ، މިދިޔަ ބުދަ ދުވަހުވެސް ޖަލްސާ ނުބޭއްވިފައި، އެ ޕާޓީއަށް ހުއްދަ ނުދެވިފައި. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ވެއްޓުމެއް. އިލެކްޝަންސް ކޮމިޝަންގެ ވާޖިބު އަދާކުރުމަށް އަޅުގަނޑުމެން މިވަނީ ނުކުޅެދިފައި. އެއީ އަޅުގަނޑަށްވެސް ލިބޭ ހުތުރެއް. އަނެއްކާ ކޮމިޝަންގެ ކޮންމެ މެންބަރަކަށް ވެސް ލިބޭ ހުތުރެއް. 

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު 

އީސީގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެކޮމިޝަނުގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވާތީ އެ ކޮމިޝަން މިހާރު ވަނީ "މަރުތަޅު" އެޅުވިފައެވެ. އެކަމާއި ގުޅިގެން ދަ ޑިމޮކްރެޓްސް މެންބަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އީސީގެ ދެ މެމްބަރުން ކަމަށްވާ އާސިފާއި ނަޝާތު މަސައްކަތް ކުރައްވަނީ ސަރުކާރާއި ގުޅިގެން ދަ ޑިމޮކްރެޓްސް ރެޖިސްޓްރީވިޔަ ނުދިނުމަށްކަމަށްވެސް ޑިމޮކްރެޓްސްއިން ތުހުމަތު ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.