މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله-- ފޮޓޯ/ މަޖިލިސް
25 Jun 2023 | 12:02
ރައީސް ޔާމީނާއި ޚިލާފަށް، ރައީސް ޞާލިހު މަޖިލީހަށް ބާރު ފޯރުވަނީ މަޑުން ހުންނަވައިގެން: އީވާ

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަޖިލީހަށް ނުފޫޒު ފޯރުއްވީ ގަދަ ބާރުން ކަމަށާ، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެކަން ކުރައްވަމުން ގެންދަވަނީ މަޑުން ހުންނަވައިގެން ކަމަށް، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން ގެނެސްދިން އިލްމީ ބަހުސް ޕްރޮގްރާމް ގައި، "ޑިމޮކްރަސީ- ރާއްޖެއަށް ހެޔޮވަރު ނުކުރެވުނު ލިބާހެއް؟" މައުލޫއަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީން ކަމަށެވެ. އަދި އެ ގާނޫނު ތަސްދީގު ކުރެވުނު ފަހުން ހަތަރު ވެރިކަން ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ހަތަރު ވެރިންވެސް ޑިމޮކްރަސީ މާނަކުރައްވަމުން ދިޔައީ ވަރަށް ތަފާތު ގޮތަކަށް ކަން އީވާ ފާހަގަކުރެއްވި އެވެ. 

މިއާއެކު އީވާ ވިދާޅުވީ، ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ތިން ދައުރެއްގައި، އެކިއެކި ރޯލުގައި މަޖިލީހުގެ މެންބަރުކަން އޭނާ އަދާކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން، ސަރުކާރު ހިންގާ ޕާޓީގެ މައިނޯރިޓީ ގެ މެންބަރު ކަމާއި، ސަރުކާރުގެ ސުޕާމެޖޯރިޓީ އޮތް މަޖިލީހެއްގައި އިދިކޮޅު މެންބަރެއްގެ ގޮތުގަޔާއި، އަދި ސަރުކާރު ހިންގާ ޕާޓީގެ ސުޕަރ މެޖޯރިޓީ މެންބަރެއްގެ ގޮތުގައި ވެސް މަޖިލީހުގައި މަސައްކަތް ކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ. 

އީވާ ވިދާޅުވީ، ޑިމޮކްރަސީ އަކީ، ރައްޔިތުންގެ އަތަށް ވޯޓު ކަރުދާސް ކޮޅެއް ދީފައި، ވޯޓުލުމުގެ ހައްގު ދިނުން އެކަނި ނޫން ކަމަށާ، އޭގ އިތުރުންވެސް ވަށައިގެންވާ ގިނަ ކަންކަން އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. 

އޭގެ މިސާލެއްގެ ގޮތުން އީވާ ނެންގެވީ މަޖިލީހުގެ ބާރުތަކާއި ސަރުކާރުގެ ނުފޫޒުން މަޖިލީސް އެއްކިބާ ކުރުމެވެ. އެގޮތުން، ސަރުކާރުގެ ނުފޫޒު މަޖިލީހަށް ނުފޯރުވުމަކީ ޑިމޮކްރަސީގައި ހިމެނޭ ކަމެއް ނަމަވެސް އެކަން އެގޮތަށް ވާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

ދެން މިހާރު، މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުންނެއް ނުތިބޭ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިހަކަށް ދުވަހުވެސް ވިދާޅުވެއްޖެ، ތިމަންނަގެ ފުރިހަމަ ކޮންޓްރޯލް މަޖިލީހުގައި އޮވެއޭ. ދެން އަދު ރައްޔިތުންގެ މަޖިލީސް މިހާރު މަސައްކަތް ކުރާ ގޮތުންވެސް އަޅުގަނޑުމެންނަށް އެނގޭ، ސަރުކާރުގެ، އެމްޑީޕީގެ ފުލް މެޖޯރިޓީއެއް އޮތީމަކަން އަޅުގަނޑުމެންނަށް އެބަ އެނގޭ، މަޖިލީހުގެ އެންމެ ބޮޑު އެއް ބާރު، ސަރުކާރު ޖަވާބުދާރީ ކުރުވުން، ޗެކްސް އެންޑް ބެލެންސް، އެއް ގޮތަކަށްވެސް ހިނގާ ތަނެއް އަޅުގަނޑަކަަށް ނުފެނޭ. 

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله

އެގޮތުން އީވާ ވަނީ މަޖިލީހުގެ ސަރުކާރު ޖަވާބުދާރީ ކުރުވާ ކޮމިޓީން މިވީ 4 އަހަރު ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވި ތޯ ސުވާލު ކުރައްވާފައެވެ. އަދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، އެފަދަ މުވައްސަސާތަކަށް ނުފޫޒް ފޯރުވާތޯ ނުވަތަ ނޫންތޯވެސް ސުވާލު ކުރައްވާފައެވެ. 

އެހެންކަމުން، ތިންބާރު ވަކިވެގެން، ވެރިކަން ހިންގާތަން މިހާތަނަށް ފެނިފައި ނުވާ ކަމަށްވެސް އީވާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން 'ފެންނަމުންދަނީ ފުލް އެބިޔުސް' ކަމަށްވެސް އީވާ ވިދާޅުވި އެވެ. 

މިއާއެކު އީވާ ވަނީ، ބާރުގެ ބޭނުން ކުރުމުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުވެސް ތަފާތު ކަން ފާހަގަކުރައްވައި އެ ދެބޭފުޅުން މަޖިލީހަށް ނުފޫޒް ފޯރުވި ގޮތް ކިޔައި ދެއްވާފައެވެ. 

ނުފޫޒާއި، ބާރާއި ޚުދުމުޚުތާރުކަން ދައްކާނެ ތަފާތު ގޮތްތައް ހުރޭ. ރައީސް ޔާމީންގެ 5 އަހަރުގައި ވަރަށް ގަދަ ބާރުން ފެނުނު. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ފެންނަނީ ކިތަންމެ މަޑުމައިތިރި ކަމާއި އެކީގައި ވިޔަސް، ކިތަންމެ ކެތްތެރި ކަމާއި އެކީގައި ވިޔަސް، ހަމަ އެ ޚުދު މުޚުތާރު ކަމެއް އަޅުގަނޑުމެންނަށް މި ފެންނަނީ ނަތީޖާއެއްގެ ގޮތުން. 

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله

އެހެންކަމުން އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ވަކި ބާރެއްގެ ގޮތުގައި ހިނގަމުންދާތަން މި ވެރިކަމުގައިވެސް ނުފެންނަ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.