އިލްޔާސް ލަބީބް--
ހަބަރު
25 Jun 2023 | 12:31
ރައީސް ޞާލިޙްގެ ލޮލަށް ނިންޖެއްނާދޭ ދަ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ފެށިފަހުން: އިލްޔާސް

ދަ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ފެށިފަހުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ގެ ލޮލަށް ނިދި ނާންނަކަމަށް  ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރަގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ ޖޫން 22 ގައި ބޭއްވި ދަ ޑިމޮކްރެޓްސް ގެ ހަރުގެ ޖަލްސާއެއްގައެވެ.  

"އެމްޑީޕީ ތެރޭގަ ތިބި އެމްޑީޕީ ކުރާ ވައްކަމާއި، ކޮރަޕްޝަނާއި ފަސާދަޔާއި، ޑިމޮކްރަޓިކް ހަމަތަކުގެ އުސޫލުން ވަޒީފާގެ ބިރުދެއްކުމާއި ވަޒީފާއަށް ނުހައްޤުން މީހުން ވެއްދުމާއި، ކުންފުނިތައް މެދުވެރިކޮށް މުޅި ދައުލަތް ދަވާލުމާއި، މިކަހަލަ ހުރިހާ ކަމަކާއި ދެކޮޅު އެންމެން ބުނީ އަޅުގަނޑުމެން ދަ ޑިމޮކްރެޓްސް އުފައްދަނީއޭ، ސިއްސައިގެން ދިޔައީ، އެފަހުން ލޮލަށް ނިންޖެއް ނާދޭ، އިބްރާހިމް މުޙައްމަދު ޞާލިޙް ލޮލަސް ނިންޖެއް ނާދޭ" އިލްޔާސް ލަބީބްގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.

އިލްޔާސް ވިދާޅުވީ މިނިސްޓަރ ޝާހިދަށް އެމެރިކާގައި ނުހުރެވޭ ކަމަށާއި، ފޮރިން މިނިސްޓްރީގައިވެސް ނުހުރެވޭ ކަމަށެވެ. އަދި ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތަށް ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު ހުރަސްއަޅުއްވާ ކަމަށް ދޭހަވާ ގޮތަށް އިލްޔާސް ވަނީ ވާހަކަ ދައްކަވައިފައެވެ.

"އިބްރާހިމް މުޙައްމަދު ޞާލިޙް ބިރުން މިއުޅެނީ މިޕާޓީ އިން އެބޭފުޅާޔާއި ވާދަކުރާނެ ކެނޑިޑޭޓަކު ނުކުމެދާނެތީ" އިލްޔާސް ލަބީބް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އިލްޔާސް ވިދާޅުވީ އެޕާޓީއިން ކެނޑިޑޭޓަކު  ރައީސް ޞާލިޙާއި ވާދަ ކުރުމަށް ނުކުމެދާނެތީ އެޕާޓީ އުފެއްދިޔަ ނުދިނުމަށް ރައީސް ޞާލިޙް މަސައްކަތް ތަކެއް ކުރައްވާ ކަމަށެވެ.

އެގޮތުން މަޑުމަޑުން ހުންނަވައިގެން މީހުންނަށް ގުޅުއްވައިގެން ގެންނަވައި ބައްދަލު ކުރައްވާ ކަމަށާއި، އެއީ ރައީސް ޞާލިޙް ކަންކަން އޮޕަރޭޓް ކުރައްވާ ގޮތް ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އަދި ތަންތަނަށް އަރައި މާބޮޑަށް މީހުންނާއި ވާހަކަދެއްކުމެއް ރައީސް ޞާލިޙްގެ ނޯންނާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. މީގެ އިތުރުން އިލްޔާސް ވިދާޅުވީ ޑިމޮރެޓްސް އުފެއްދުމުގެ މަސައްކަތަށް ހުރަސް އަޅުއްވަނީ ޝާހިދު މެދުވެރި ކުރައްވައިގެން ކަމަށެވެ.

އެގޮތުން މިނިސްޓަރ ޝާހިދު މެދުވެރި ކުރައްވައިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރ މުހައްމަދު އާސިފް އަށް ބިރުދައްކަވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ އާސިފަކީ މިނިސްޓަރ ޝާހިދުގެ ޅިޔަނު ކަމަށާއި އާސިފްގެ ދަރިފުޅު ހުންނަނީ ޝާހިދު ދެއްވެވި ވަޒީފާއެއްގައި ރާއްޖެއިން ބޭރުގައި އެމްބަސީއެއް ގައި ކަމަށެވެ.

"ދެން ކިހިނެއްވާނީ، އާސިފަކީ ޝާހިދުގެ ދަރިފުޅު، ޅިޔަނުގެ ދަރިފުޅު ހުރީ ޝާހިދުގެ ވަޒީފާގައި އެމްބަސީގައި، ދެން ކިހިނެއް ޝާހިދު ވިދާޅުވާ ގޮތަކަށް ނޫން އެހެން ގޮތަކަށް މިކަން ކުރާނީ، ޝާހިދު ވިދާޅުވަނީ އެއީ އިބްރާހިމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވެގެންނޭ، އިބްރާހިމް މުޙައްމަދު ޞާލިޙް ބިރުގަންނަނީ ތިމަންނަޔާ މިޕާޓީން ކެނޑީޑޭޓަކު ނުކުމެ ވާދަކޮށްފަނެތީ، އިބްރާހިމް މުޙައްމަދު ޞާލިޙް ކިތަންމެ ބިރެއް ދެއްކިޔަސް، ޝާހިދު ކިތަންމެ ބިރެއް ދެއްކިޔަސް، އާސިފު އާއި ނަޝާތު އެތާ ބައްދަލުމަށް އަޔަސް ނަޔަސް މިޕާޓީ އުފެއްދޭނެ، އެކަމެއް ނުހުއްޓުވޭނެ" އިލްޔާސް ލަބީބް ވިދާޅުވިއެވެ.

އިލްޔާސް މިފަދައިން ވާހަކަ ދައްކަވައިފައިވާއިރު އީސީގެ ޖަލްސާތައް މިހާރު ވަނި ކުރިއަށް ނުގެންދެވި ހުއްޓައިލައިފައެވެ.

އީސީގެ ތިން މެމްބަރުން ކަމަށްވާ އަލީ ނަޝާތާއި މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު ވަނީ އެކޮމިޝަންގެ ރައީސް ފުއާދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ބައިވެރިނުވުމަށް ނިންމައިފައެވެ.

އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވަނީ ފަސް މެމްބަރެކެވެ. އެ ކޮމިޝަނުގެ ޖަލްސާއެއް ބޭއްވެނީ ޖަލްސާގައި ތިން މެމްބަރުން ހަމަވެގެނެވެ. އެހެން ކަމުން މިތިން މެމްބަރުން ބައިވެރި ނުވާނަމަ އީސީގެ  އެއްވެސް ޖަލްސާއެއް ކުރިއަކަށް ނުގެންދެވޭނެއެވެ.

އީސީގެ ޖަލްސާތައް ކުރިއަށް ނުގެންދެވިވާތީ އަލަށް އުފައްދާ ރަޖިސްޓަރ ކުރުމަަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް ރެޖިސްޓްރީ ކުރުން އޮތީ ހުއްޓިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.