ޖާބިރް އެމްޑީޕީއަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު މީޑީއާ ތަކާއި ރައީސް ވާހަކަދައްކަވަނީ. ފޮޓޯ: ދެން
ހަބަރު
25 Jun 2023 | 18:01
ޖާބިރު އަޅުގަނޑުމެންނާއި ގުޅުވަޑައިގެންނެވީ ވަރަށް ރަނގަޅު ވަގުތެއްގައި: ރައީސް ޞާލިޙް

ޖާބިރު އެމްޑީޕީ އާއި ގުޅުވަޑައިގަތް މިވަގުތަކީ ވަރަށް ރަނގަޅު ވަގުތެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު އެމްޑީޕީ އަށް ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެ ރަސްމިއްޔާތު ނިންމަވައި މީޑީއާ ތަކާއި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

""ޚާއްސަކޮށް މިއަދުގެ ޒުވާނުން ދެކޭ ގޮތުގައި، ޖާބިރަކީ އެމީހުންގެ ލީޑަރ އެއް، މިއީ ވަރަށް ރަނގަޅު ވަގުތެއް ޖާބިރު އަޅުގަނޑުމެންނާއި ގުޅުވަޑައިގަތް" ރައީސް ޞާލިޙްގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ މިއީ އެމްޑީޕީ އަށާއި އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށާއި އަދި ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގައި ޖާބިރުގެ ދައުރު ހިއްސާ އެމަނިކުފާނަށް ކުރިއަށް އޮތް ތަނުގައި ވަރަށްބޮޑަށް ލިބިގެންދާނެ ކަމާއިމެދަކު ޝައްކެއް ނުކުރައްވާ ކަމަށާއި، އަދި އެއީ އިންތިޚާބު ކާމިޔާބު ކުރުމަށްލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައިރުގަވެސް އަބްދުﷲ ޖާބިރަކީ ހުރިހާ ގޮތަކުން ވަރަށް ބޮޑަށް އެހީތެރިކަން ދެއްވި ބޭފުޅެއް، އަދި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު ހޭދަ ކުރި ދުވަސްވަރު އަޅުގަނޑުމެން ދެމީހުންއެކީގައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާނެ. އޭގެ ތަޖުރިބާގައި އަޅުގަނޑަށް ކެރޭ މިއަދުވެސް ދަންނަވަން ޖާބިރުގެ އެފޯރީގައި އެޖޯޝާއި އެކީގައި ނުކުމެވަޑައިގަތީމަ ވަރަށް ބޮޑު ކާމިޔާބެއް ވަރަށް ގިނަ ބައެއްގެ ލިބިގެންދާނެ އަޅުގަނޑުމެންނަށް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވީ މިއަދުއެވެ. ކުރިންވެސް ޖާބިރު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއެވެ. އެމްޑީޕީ އިން ވަކިވެވަޑައިގެން ޑީއާރްޕީ ހިންގެވުމަށް ވެސް ހުންނެވިއެވެ. ޑީއާރްޕީ ވަނީ މިހާރު އުވާލެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.