ހަމްޒާ ބަންގްލަދޭޝް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
25 Jun 2023 | 17:00
ރާއްޖޭގެ ބަލިކޮށް ސެމީ ފައިނަލުގެ އުންމީދު ބަންގްލަދޭޝް އިން ދަމަހައްޓައިފި

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފްޗެމްޕިއަންޝިޕް 2023 ގައި މިއަދު ހަވީރު ކުޅެވުނު ގްރޫޕް ބީގެ މެޗުގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ބަންގްލަދޭޝް ކާމިޔާބުކޮށްފި އެވެ.

މިއީ 1985 ވަނަ އަހަރު ސާފު ގޭމްސްގައި 8-0 ގެ ނަތީޖާއަކުން ދިވެހިރާއްޖެ އަތުން މޮޅުވިފަހުން ފާއިތުވެދިޔަ 37 އަހަރުތެރޭގައި ދިވެހިރާއްޖެ އަތުން ބަންގްލަދޭޝަށް ހޯދުނު އެންމެ ތަފާތުބޮޑު ނަތީޖާއެވެ.

މެޗު ފެށިގެން ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ދިވެހި ޓީމުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު އެވެ. މިއީ އަލީ ފާސިރު ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފުގެ ބޮޑުބައިގައި ރާއްޖެ ލީޑުގައި އޮވެގެން ކުޅުނު މި މެޗުގައި ބަންގްލަދޭޝް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަަމަ ހާފުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ރާކިބު ހުސެއިން އެވެ. މިއީ އަރިމަތިން އެޓީމުގެ ކުޅުންތެރިއަކު ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮދިން ބޯޅައެއްގައި ޓޮޕޫ ބާމަން ބޮލުން ޖައްސާލި ބޯޅައެއް ރާއްޖޭގެ ގޯލް އޭރިޔާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ބަންގުލަދޭޝް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރު އިރު، ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ޕްރެޝަރު ގައި ކުޅެމުންދިޔަ ތަނެވެ. ފަސޭހަ ޕާސްތަކެއް ތަކުރާރުކޮށް ގެއްލުވާލަމުންދިޔައިރު، ޓީމުގެ މަސައްކަތުގެ ރޭޓު ވެސް ފެނުނީ ބަންގްލަދޭޝްގެ ގެ ކުޅުންތެރިންނަށް ވުރެ މާބޮޑަށް ވެސް ދަށްކޮށެވެ.

ބަންގްލަދޭޝް އިން މި މެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދީ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައެވެ. މިއީ އެޓީމަށް ލިބުނު ކޯނަރަކުން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ކީއްޕަރު ހުސެއިން ޝަރީފަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެޓީމުގެ ތާރިގު ކާޒީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ބަންގްލަދޭޝް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 90 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޝެކް މޮރްސަލިން އެވެ. 

މެޗުގެ ދެވަނަ ހާފުގައި ރާއްޖެ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ހަމްޒާއަށެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާ ބޭރުން ލިބުނު ފުރުސަތުގައި ހަމްޒާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

މިމެޗުގެ ނަތީޖާއެކު މިގުރޫޕްގައި ބަންގްލަދޭޝް، ދިވެހިރާއްޖޭ އަދި ލުބުނާން މިއިން ކޮންމެ ޓީމަކަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މި ގުރޫޕްގައި މިރޭ ކުޅޭ ބޫޓާން އަދި ލުބުނާން ވާދަކުރާ މެޗުން ލުބުނާން މޮޅުވެއްޖެނަމަ އެޓީމަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެގެން ދާނެއެވެ.

މި މެޗުން ރާއްޖެ ބަލިވުމުން މިހާރު މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށްޓަކައި ރާއްޖެއަށް އޮތް ހަމައެކަނި ފުރުސަތަކީ ގްރޫޕްގެ ފަހު މެޗުގައި ލުބުނާން ބަލިކުރުމެވެ. ނަމަވެސް މުބާރާތުގައި ދެޓީމުން ދައްކާފައިވާ ކުޅުމަށް ބަލާއިރު މިއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.