ރާއްޖޭގެ ގައުމީ ޓީމު ކޯޗު
ކުޅިވަރު
25 Jun 2023 | 17:49
ބަންގްލަދޭޝް އަތުން ބަލިވި މެޗަށްފަހު ރާއްޖޭގެ ކޯޗު މީޑިއާއަށް ފިލައިފި!

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިއަދު ހަވީރު ބަންގްލަދޭޝް އަތުން ބަލިވި މެޗަށްފަހު އޮތް ނިއުސް ކޮންފަރެންސް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ހާޒިރުނުވެ މީޑިއާއަށް ފިލައިފިއެވެ.

މިއަދުގެ މެޗަކީ 2003 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވުނު ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެޓީމު ރާއްޖޭގެ އަތުން މޮޅުވިފަހުން މި މުބާރާތުގެ މެޗެއްގައި ރާއްޖެ އަތުން ބަންގްލަދޭޝަ ހޯދި ފުރަތަަމަ މޮޅެވެ.

މީގެ އިތުރުން މިއީ 1985 ވަނަ އަހަރު ސާފް ގޭމްސްގައި ރާއްޖެ އަތުން 8-0 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ފައިތުވެދިޔަ 37 އަހަރު ތެރޭގައި މިދެޓީމު ވާދަކުރި 12 މެޗުގެ ތެރެއިިން އެޓީމަށް ރާއްޖެ ކޮޅަށް ތިން ލަނޑު ކާމިޔާބުކުރެވުނު ފުރަތަަމަ ފަހަރެވެ. އަދި މި 12 މެޗުގެ ތެރެއިިން 6 މެޗުން ދިވެހި ޓީމު މޮޅުވެފައިވާއިރު ތިން މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި ބަންގްލަދޭޝަށް ރާއްޖެ ވަކިކުރެވިފައިވަނީ ތިން މެޗުންނެވެ. އޭގެ ތެރޭގައި 2003 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެޓީމު މޮޅުވި މެޗުވެސް ހިމެނެއެވެ.

މި މުބާރާތުގައި މިހާތަނަށް ކުޅެވުނު ދެމެޗުގައިވެސް ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ދަށް ކުޅުމަށް ގިނަބައެއްގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައިވާއިރު، ފުރަތަަމަ މެޗުގައި ބޫޓާން އާއި ދެކޮޅަށް ކުޅުނު ކުޅުން ދިފާއުކޮށް މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ވާހަކަދައްކާފައެވެ. ނަމަވެސް މިއަދުގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ރާއްޖޭގެ ކޯޗު ވަނީ ބޮއިކޮޓް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.