ޕޯސްޓަރ-- ޖަމިއްޔާތުލް ގަލަމް
ހަބަރު
26 Jun 2023 | 21:10
ގިނަ އިނާމްތަކާއި އެކު ދަނގެތީ ޖަމިއްޔަތުލް ޤަލަމުން ބާއްވާ ޢީދު ހަރަކާތްތަކުގައި މިފަހަރު ޝިފާއު އާއި ހަމީދު!

ގިނަ އިނާމްތަކާއި ފައިސާގެ އިނާމްތައް ލިބޭ ގޮތަށް، އދ. ދަނގެތީ ޖަމިއްޔަތުލް ޤަލަމްގެ ފަރާތުން އެ ރަށުގައި ބާއްވާ ޢީދުގެ ހަރަކާތްތަކުގައި މިފަހަރު، ޓީވީ ޕްރެޒެންޓަރު އަހުމަދު ހަމީދު އާދަމް އާއި، މޫސާ ޝިފާއު ބައިވެރިވާނެ ކަމަށް އެ ޖަމްއިއްޔާއިން ބުނެފިއެވެ. 

ދީނީ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ޢީދު ފާހަގަކޮށް އެންމެން އެ އުފަލުގައި ބައިވެރިކުރުވުމުގެ މަގުސަދުގައި ދަނގެތީ ޖަމިއްޔަތުލް ޤަލަމުން އިސްނަގައިގެން އެ ރަށު، މަސައްކަތްތެރިންގެ ޖަމިއްޔާއާއި، ޖަމިއްޔަތުލް އަންވާރާއި، ސްޓެލްކޯ އާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ދަނގެތީ ޔޫތު ސެންޓަރާއި ފުލުހުންނާއި ގުޅިގެން މި ޢީދުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކް އެވެ. އަދި މެޖޯ ސްޕޮންސަރުންގެ ތެރޭގައި، ކޮންޕަސް ބީޗް އެންޑް ބިސްޓްރޯ ކެފޭ އާއި، އެޓޯލް ރެސިޑެންސް ގެސްޓް ހައުސް އާއި، އެންދެރި އެކްސްޕްރެސް، މާހިޔާ، ދިރާގު، ސްޓެލްކޯ, އާސްމާން ޕޮއިންޓް އަދި ޖަމިއްޔަތުއް ސަލަފް ހިމެނެއެވެ.

މީގެ އިތުރުން ގިނަ ކޯ ސްޕޮންސަރުންގެ އެހީއާއި އެކު ކުރިއަށް ގެންދާ ޢީދު ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އިވެންޓަކަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހު ހެނދުނު އުޟުހިޔާ ކަތިލުން ކަމަށް ޖަމިއްޔަތުލް ގަލަމްގެ ރައީސް އައްޝައިޚް އަހުމަދު ފަޒާދު 'ވޮއިސް' އަށް މައުލޫމާތު ދެއްވައެވެ.

ދަނގެތީ ގައި ތިބި ޢާއިލާ ތަކުގެ ތެރެއިން އުޟުހިޔާ ކަތިލަން ބޭނުންވާ ފަރާތްތަކަށް އެކަން މަގުފަހި ކޮށްދިނުމުގެ ގޮތުން އެކަން ކުރަން ބޭނުންވާ ފަރާތްތަކުން އުޟުހިޔާގެ ގޮތުގައި ކަތިލާ ބަކަރީގެ އަގު ދެއްކުމުން އެއްވެސް ފީ އަކާއި ނުލައި، އެ އުޟުހިޔާ ގެނެސްދީ، އެ ބަލަހައްޓައި، ކަތިލައި އަދި އޭގެ ބެހެނިވެރިންނަށް އެ ބެހުމުގެ ކަންތައް ގަލަމް ޖަމިއްޔާއިން އަންނަނީ ކޮށްދެމުންނެވެ. 

އުޟުހިޔާ ކަތިލުމުގެ އިވެންޓަށްފަހު އެ ދުވަހު ހަވީރު، ކުދި ބޮޑު އެންމެނަށް ބައިވެރިވެވޭހެން، ޢާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފަޒާދު ވިދާޅުވި އެވެ. މިއީ ދަނގެތީގެ އިތުރުން ދަނގެތީގައި އެވަގުތު ތިބި ކުދި ބޮޑު އެންމެހައި ރައްޔިތުންނަށް ހުޅުވާލެވިގެން ދެ ދުވަހަށް ބަހާލައިގެން ކުރިއަށްދާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ. މި ހަރަކާތުގެ ތެރެއިން އެކި އުމުރުފުރައިގެ ގްރޭޑް ތަކަށް ކުޅިވަރުތައް ކުރިއަށް ގެންދާއިރު، ސްޓޯލް ތަކުގައިވެސް ތަފާތު ކުޅިވަރު ހަރާކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ސްޓޯލް ތަކުން ބައިވެރިންނަށް ހަދިޔާ ލިބިގެންދާއިރު، ގްރޭޑް ކުޅިވަރުތަކުން އެއްވަނައަށްދާ ޓީމްތަކަށްވެސް އަގުހުރި އިނާމްތައް ވަނީ ދެވިފައެވެ. މީގެ އިތުރުން، މި ހަވީރުގެ ތެރެއިން ސްޓޭޖް އައިޓަމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ފަޒާދު ވިދާޅުވި އެވެ. 

ޢާއިލީ ހަވީރަށް ޒިޔާރަތްކުރާ ހުރިހާ ކުދިންނާއި މީހުންގެ މެދުގައި ގުރުއަތުން ނެގޭ ވަކި ފަރާތަކަށް މިފަހަރުވެސް އަގުހުރި އިނާމްތައް ލިބޭނެ ކަމަށް ފަޒާދު ވިދާޅުވިއެވެ. 

ފަޒާދު އިތުރަށް ވިދާޅުވީ ދެވަނަ ދުވަހު ބާއްވާ އާއިލީ ހަވީރާއި އެކު އިސްރަށްވެހިންގެ ހަވީރެއް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ހަވީރުގެ ތެރެއިން އިސްރަށްވެހިން ރަށަށްކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ހަދިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އާއިލީ ހަވީރުގެ އިތުރުން ކަނބަލުންނަށް ހާއްސަ ކެއްކުމުގެ މުބާރާތަކާއި، ފިރިހެނުންނަށް ޚާއްސަކޮށްގެން ވާދެމުމުގެ މުބާރާތެއް ކުރީ އަހަރާ އެއްގޮތަށް ބޭއްވާނެ ކަމަށް ގަލަމް ޖަމިއްޔާއިން ބުނެއެވެ. އަދި ހަމައެހެންމެ، މަސްރޭހެއްވެސް އީދު ހަރަކާތްތަކުގެ ތެރެއިން ބޭއްވިގެންދާއިރު، އެއިން ކޮންމެ މުބާރާތެއްގައި ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަން ފަޒާދު ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން، މި އަހަރުވެސް ބޮޑުމަސް ޝޯ އެއް ކުރިއަށް ދާނެ ކަމަށް ފަޒާދު މައުލޫމާތު ދެއްވައެވެ. 

ޖަމިއްޔަތުލް ޤަލަމްގެ މިފަހަރުގެ ޢީދު ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ ބާބަކިޔު އިވެންޓްއަކުންނެވެ. މިއީ ދަނގެތީގައި އެވަގުތު ތިބި ހުރިހާ ފަރާތަކަށް ހާއްސަކޮށްގެން ބޭއްވޭ އިވެންޓެއް ކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.  

މިދިޔަ އަހަރުވެސް ދަނގެތީގައި އަޟުހާ ޢީދުގެ ހަރަކާތްތައް ވަރަށް ކުލަގަދަކޮށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ހަމީދުގެ އިތުރުން ޢަލީ ރަމީޒު އާއި ޝެއިޚް މުޖުތަބާ ހަމީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ