އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް--
ހަބަރު
26 Jun 2023 | 10:00
މިއަދު އެމްޑީޕީ މިވަނީ ޅަފަތުން އަރައިގެންފައި, އަމިއްލަ ފައިމައްޗަށް ތެދުވަން މި ލިބުނީ މުހިންމު ވަގުތަކު: ފައްޔާޒު

އެމްޑީޕީ މިހާރު ޅަފަތުގެ ދައުރުން އަރައިގެންފައިވާ ކަމަށާ، އަމިއްލަ ފައިމައްޗަށް ތެދުވަން އެ ޕާޓީއަށް ފުރުސަތު ލިބިފައިމިވަނީ ވަރަށް މުހިންމު ދަނޑިވަޅެއްގައި ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަށް 18 އަހަރު ފުރުމާއި ގުޅިގެން ފައްޔާޟް ދެއްވި ޚިތާބުގައި ވަނީ، އެމްޑީޕީ އުފެދުނު އިރު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންކަން އޮތް ގޮތަށް އަލިއަޅުއްވާލައްވާފައެވެ. 

” އަބަދުވެސް ރާއްޖޭގައި އޮތީ މަތިން ތިރިއަށް ހިނގާ ވެރިކަމުގެ ނިޒާމެއް، ވާދަވެރި ސިޔާސީ ވިސްނުމެއް އޮތުމަކީ އޭރު އެންމެ ބޮޑު ކުށް އެއީ އެންމެ މީހަކު މުޅި އުމުރު ވެރިކަމުގައި ހުރުމަކަށް ހުރަހެއް ނެތް ދުވަސްވަރު، މިނިވަން މުއައްސަސާތަކާ އިންސާނީ ގަދަރާ ކަރާމާތުގައި އެއްވެސް އަގެއް ނެތި އިންތިހާ ދަރަޖައިގެ ބޭ އިންސާފާ ލާއިންސާނީ އަނިޔާ ދިނުމަކީ އޭރު ދައުލަތުގެ ހައިބަތު” 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް

ފައްޔާޒު ވިދާޅުވީ، އެފަދަ ކަންކަމާއި ދެކޮޅަށް، އެތައް ޒަމާނެއް ވަންދެން ދިވެހިން ހިފަހައްޓައިގެން ތިބި އިހްސާސްތަކާއި، ޝުއޫރު ބޭރަށް ފަޅައިގެން ދިޔަ ވަގުތެއް ދިވެހިރާއްޖެއަށްވެސް އައި ކަމަށެވެ. އަދި  “އެމްޑީޕީ” އަކީ ދިވެހިން ހަށި ފޮޅާލައި މިނިވަންވެގަތުމުގެ އޮއިވަރު އޮބި ނޯވެގެން އުފެދުނު ނަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވީ އެމްޑީޕީ ހައްގުގައި އެތަކެއް ބައެއް އެތަށް ގުރުބާނީއެއްވެފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ޝުކުރު ކުރުން ހައްގު ކަމުގައިވެސް ވިދާޅުވި އެވެ.

މިއާއެކު އޭނާ ވިދާޅުވީ, ދޫނުދީ ކުރި މަސައްކަތުން އެ ޕާޓީއަށް 2008 ވަނަ އަހަރު ވެރިކަން ލިބުނު ނަމަވެސް ތިން އަހަރު ފަހުން އަނެއްކާވެސް މަގުމަތި ވީ ކަމަށާއި އަލުން އަނެއްކާވެސް ހަތް އަހަރު މަގުތައް މަތީ ގަނަތެޅެން ޖެހުނު ކަމަށެވެ. އަދި އެފަދަ އެތަކެއް މަސައްކަތުން ދިވެހިރާއްޖެ އަނެއްކާވެސް "ސަލާމަތުގެ އައްސޭރިއަށް" ގެންދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

”އެތައް އަހަރަކުން ނުވެ ދިގުލީ އެތައް ތަކުލީފެއްގެ އަގު 2018ގައި އެމްޑީޕީ އުފެއްދި ސަރުކާރުން ދިވެހި ރައްޔިތުންނަށް ލިބެން ފަށައިފި، އަސާސީ ހިދުމަތްތަކާ އިގްތިސާދީ ފުރުސަތު ހުޅުވިގެންދާ ކިތަންމެ މަޝްރޫއެއް މި ފަސް އަހަރު ގެނެވިއްޖެ ސަބަބަކީ އެމްޑީޕީގެ ލޮބުވެތި މެންވަރުން ކުރި މަސައްކަތް” 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް

ފައްޔާޒު ވިދާޅުވީ، މިއަދު އެމްޑީޕީ އައިސްފައިވާ ހިސާބަަށް އައި ދަތުރަކީ ފަސޭހަ ދަތުރެއް ނޫން ކަމަށެވެ. އެގޮތުން، އެ ޕާޓީގެ އެތެރޭގައި އުފެދުނު ގޮންޖެހުންތަކުން އުފެދުނު ތަކުލީފު ތަކަކަކީ، ސިޔާސީ ޕާޓީއަކުން ތަހައްމަލް ކުރާނެ އެންމެ އުނދަގޫ މަރުހަލާ ކަމަށާ، އެހެންނަމަވެސް، ކެތްތެރިކަމާއިއެކު ކުރި މަސައްކަތުން، އެކަމުންވެސް އަރައި ގަނެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ތަޖުރިބާ އަކީ ކުރިއަށް އޮތްތަނުގައި ކާމިޔާބީ އަށް ހުޅުވުނު އައު ދޮރެއް ކަމަށްވެސް ވިދާޅުވި އެވެ. 

މިއަދަކީ އެމްޑީޕީ ޅަފަތުން އަރައިގަތް ދުވަސް. 18 އަހަރުވުމަކީ ތަޞައްރުފް ފުދުން. އަމިއްލަ ފައިމައްޗަށް ތެދުވެ ދެކޮޅު ހޯދާ ބަލާލުމަށް އެމްޑީޕީއަށް ފުރުސަތު މި ލިބުނީ ވަރަށް މުހިންމު ދަނޑިވަޅެއްގައި. މިއަދު އެމްޑީޕީ މެންބަރުން ކުރަން އޮތް ކަމަކީ އެކީއެކަށް ނުކުމެ، މި ޕާޓީއަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައި ދިނުމަށް މަސައްކަތް ކުރުން. ފާއިތުވި ފަސް އަހަރު ހޯދުނު ކާމިޔާބީ ޒަމާންތަކަކަށް ދެމެހެއްޓޭނެ ގޮތަކީ އެކީ. ހިނގަމުން، ނިންމަމުންދާ މަޝްރޫއުތައް ދެމެހެއްޓެނިވި ކުރެވޭނެ ހަމައެކަނި ގޮތަކީވެސް އެއީ. 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް

ފައްޔާޒު ވާހަކަ ނިންމަވާ ލެއްވީ މިހާރު ހޯދެމުންދާ ކާމިޔާބީތައް ދޫކޮށް، ނިމިގޮސްފައިވާ އަނިޔާވެރި މާޒީއަށް ދިޔުމަށް އެމްޑީޕީން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ، އެ ޕާޓީއަށް ކާމިޔާބީ ލިބުމަށް އެދި ދުޢާ ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.